ކ. މާލެ
|
22 ނޮވެންބަރ 2023 | ބުދަ 11:10
ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގް
ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގް
މަޖިލިސް
ޚަރަދު ކުޑަކުރުން
ޚަރަދު ކުޑަކޮށްގެން މަސައްކަތް ކުރުމަށް އިދާރާތަކަށް ފިނޭންސް މިނިސްޓަރު އިލްތިމާސްކުރައްވައިފި
ޚަރަދު ކުޑަކުރަން މައިގަނޑު 3 ކަމެއް ބަޖެޓުގައި ހިމަނާފައިވޭ
ޖުމްލަ 458 މަޝްރޫއަކަށް 1.5 ބިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވޭ

ވީއެންމެ ބޮޑަކަށް ޚަރަދު ކުޑަކޮށްގެން މަސައްކަތް ކުރަމުން ދިއުމަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގް އިލްތިމާސްކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި ބަޖެޓް ބަހުސް ފެށުމުގެ ކުރިން މަޖިލީހުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ ޚަރަދު ކުޑަކުރަން މައިގަނޑު 3 ކަމެއް ބަޖެޓުގައި ހިމަނާފައިވާ ކަމަށެވެ. އެގޮތުން ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނެވިކަން ކަށަވަރުކުރުމަށް ދައުލަތުގެ ޚަރަދާއި ފައިނޭންސް ހޯދަންޖެހޭ މިންވަރު ކުޑަކުރަންޖެހޭ އިރު، ޚަރަދު ކުޑަކުރުމާއި ގުޅޭ ފިޔަވަޅުތައް ތަންފީޒުކުރުމަކީ މުހިންމު ކަމެއް ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

Advertisement

މިނިސްޓަރު ވިދާޅުވީ ބަޖެޓުގައި ޚަރަދުކުޑަކުރުމަށް ހުށަހެޅިފައިވާ ކަންކަމަކީ އިންޑައިރެކްޓް ބައެއް ސަބްސިޑީތައް ސަރުކާރުގެ އެހީތެރިކަމަށް އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ޚާއްސަ ކުރެވޭ ގޮތަށް ޑައިރެކްޓް ސަބްސިޑީއަަކަށް ބަދަލުކުރެއްވުން ކަމަށެވެ. މީގެ އިތުރުން އާސަންދައިގެ ނިޒާމް މުރާޖާކޮށް ހަރުދަނާ ކުރުމާއި، ސަރުކާރުގެ ވެލްފެއަރ ނިޒާމް ހަރުދަނާކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ސިޔާސަތުތައް އެކުލަވާލާފައިވަނީ އައިއެމްއެފް ވޯލްޑް ބޭންކް ފަދަ މާލީ އިދާރާތަކުގެ ފަންނީ އެހީތެރިކަމާއެކު ތައްޔާރުކުރެވުނު ދިރާސާތަކުގެ އަލީގައި. އަދި އަންނަ އަހަރު ޖުލައިމަހުގައި މި ކަންކަން ތަންފީޒުކުރުމަށް ކަމާއިގުޅޭ މުއައްސަސާތަކަށް މިހާރުވެސް ދަނީ ކުރަމުން. ދައުލަތުން އެކަށީގެންވާ ގޮތެއްގައި ޚަރަދުތައް ކުޑަކުރެވެން އަންނަނީ މި ސިޔާސަތުތައް ބަދަލުކުރެވިގެން.
ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގް

މިނިސްޓަރު ވިދާޅުވީ ސިޔާސަތުތަކަށް ބަދަލު ނުގެނެސް ބަޖެޓްރީ ކޮންޓްރޯލުން އެކަނި އެކަށީގެންވާ މިންވަރަށް ސޭވިންގ ނުގެނެވޭނެކަމަށެވެ.

އަދި ސަރުކާރު ބަދަލުވި މަރުހަލާފައި އެކުލަވާލާފައިވާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އެންމެހާ ވައުދުތަކާއި ސިޔާސަތުތައް ހިމެނިފައި ނުވާ ކަމަށާއި ސަރުކާރުގެ ފުރަތަމަ އަހަރު އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދީގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޖުމްލަ 458 މަޝްރޫއަކަށް 1.5 ބިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވާނެ ކަމަށް ވެސް ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް