ކ. މާލެ
|
22 ނޮވެންބަރ 2023 | ބުދަ 09:04
ބިއޯންޑް އިން ސަޢޫދީގެ ރިޔާދުން ރާއްޖެއަށް ދަތުރުތައް ފެށުން
ބިއޯންޑް އިން ސަޢޫދީގެ ރިޔާދުން ރާއްޖެއަށް ދަތުރުތައް ފެށުން
ބިއޯންޑް
ބިއޯންޑް އެއަރލައިން
ބިއޯންޑް އިން 3 މަންޒިލަކުން ރާއްޖެއަށް ދަތުރުތައް ފަށައިފި
 
ސަޢޫދީ އާއި ޖަރުމަނާއި ސްވިޒަލެންޑުގެ އެންމެ މަގުބޫލު މަންޒިލްތަކުން ރާއްޖެއަށް ބިއޯންޑުން ކުރާނީ ސީދާ ދަތުރުތައް
 
ދުބާއީ އާއި މިލާނުން އަންނަ އަހަރުގެ ބަހާރު މޫސުމުގެ ތެރޭގައި ރާއްޖެއަށް ދަތުރުތައް ފަށާނެ
 
ބިއޯންޑުގެ އެންމެ ފުރަތަމަ ބޯޓަކީ އެއަރބަސް އޭ319 މަރުކާގެ ބޯޓެއް

ސިމްޑީ އާއި ދުބާއީގެ އެރޭބިކްސް ކުންފުނި ގުޅިގެން އުފައްދާފައިވާ ދުނިޔޭގެ ފުރަތަމަ ލަގްޒަރީ އެއާލައިން, ބިއޯންޑް އިން ތިން މަންޒިލަކުން ރާއްޖެއަށް ދަތުރުތައް ފަށައިފިއެވެ.

އެ އެއާލައިނުން ވަނީ ސަޢޫދީގެ ރިޔާދު އާއި ޖަރުމަނުގެ މިޔުނިކް އާއި ސްވިޒަލެންޑުގެ ޒޫރިކް އިން ރާއްޖެއަށް ދަތުރުތައް ފަށައިފައެވެ. ބިއޯންޑްގެ މި ފުރަތަމަ ދަތުރުތައް ވަރަށް ކާމިޔާބު ކަމަށް އެ އެއާލައިނުން ބުނެއެވެ.

ބިއޯންޑްގެ ސީއީއޯ އަދި ޗެއާމަން ޓެރޯ ޓަސްކިލާ ވިދާޅުވީ ރިޔާދާއި މިޔުނިކާއި ޒޫރިކް އިން ރާއްޖެއަށް ކުރި ފުރަތަމަ ދަތުރުން ވެސް އެ އެއާލައިނުން ފޯރުކޮށްދޭ ފުރިހަމަ ލަގްޒަރީ ޚިދުމަތް ތަޖުރިބާ ކުރެވިފައިވާނެ ކަމަށެވެ. އަދި ދިވެހި ސަރުކާރާއި ސިވިލް އޭވިއޭޝަން އޮތޯރިޓީ އާއި ސިމްޑީ ގްރީޕުން މި އެއާލައިން ރާއްޖޭގައި ތައާރަފު ކުރުމަށް ފޯރުކޮށްދިން އެހީތެރިކަމަށް އޭނާ ޝުކުރު އަދާ ކުރެއްވިއެވެ.

ސަޢޫދީ އާއި ޖަރުމަނާއި ސްވިޒަލެންޑުގެ އެންމެ މަގުބޫލު މަންޒިލްތަކުން ރާއްޖެއަށް ބިއޯންޑުން ކުރާނީ ސީދާ ދަތުރުތަކެވެ. މި ދަތުރުތަކުގައި ހުރިހާ ފަސިންޖަރުންނަށްވެސް ޕްރިމިއަމް އެކްސްޕީރިއަންސް ލިިބޭނެކަމުގެ ޔަގީންކަން އެ އެއާލައިނުން ދެއެވެ.

ބިއޯންޑުން މިވަގުތު ތިން މަންޒިލަކުން ރާއްޖެއަށް ދަތުރު ފެށި ނަމަވެސް ދުބާއީ އާއި މިލާނުން އަންނަ އަހަރުގެ ބަހާރު މޫސުމުގެ ތެރޭގައި ރާއްޖެއަށް ދަތުރުތައް ފަށާނެ ކަމަށް އެ އެއާލައިނުން ވަނީ ބުނެފައެވެ.

ބިއޯންޑުގެ އެންމެ ފުރަތަމަ ބޯޓަކީ އެއަރބަސް އޭ319 މަރުކާގެ ބޯޓެކެވެ. ލަގްޒަރީ ޚިދުމަތް ފޯރުކޮށްދޭ މި ބޯޓުގައި 44 އަހަރު ފަސިންޖަރުންނަށް އެއްފަހަރާ ދަތުރު ކުރެވޭނެއެވެ. އެ އެއާލައިނުން ކުރާ ދަތުރުތަކުގައި ޕްރައިވެޓް ޖެޓެއްގެ އިހުސާސް ކުރެވޭނެ ކަމުގެ ޔަގީންކަން ބިއޯންޑުން އަރުވައެވެ.

މި އެއާލައިނުގެ ސަބަބުން ޔޫރަޕާއި މެދުއިރުމައްޗާއި އޭޝިއާ ޕެސިފިކް އިން ގިނަ އަދަދެއްގެ ފަތުރުވެރިންނާ ރާއްޖެއާ ގުޅާލެވޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
100%
0%
0%
ކޮމެންޓް