ކ. މާލެ
|
8 ސެޕްޓެންބަރ 2023 | ހުކުރު 14:33
ބިއޯންޑް އެއަރލައިން
ބިއޯންޑް އެއަރލައިން
ސީ.އެން.އެން
ބިއޯންޑް އެއަރލައިން
ބިއޯންޑް އިން ދިވެހިންނަށް ވަޒީފާގެ ފުރުސަތު
 
މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކަށް ބިއޯންޑްގެ ވެބްސައިޓް މެދުވެރިކޮށް ވަޒީފާއަށް ކުރިމަތިލެވޭނެ

ދުނިޔޭގެ ފުރަތަމަ ލީޝަރ އެއަރލައިން، ބިއޯންޑް އިން ދިވެހިން ނަށް ހާއްސަކޮށްގެން ވަޒީފާގެ ފުރުސަތުތަކެއް އިއުލާންކޮށްފިއެވެ.

އެ ކުންފުނިން އިއުލާންކޮށްފައިވަނީ ޕައިލެޓުންނާއި ކެބިން ކްރޫއިންނާއި ގްރައުންޑް ސްޓާފުންގެ މަޤާމަށް ދިވެހިން ހޯދުމަށެވެ. މި އިއުލާނުގައި މި މަޤާމުތަކަށް ބޭނުންވަނީ ކިތައް ދިވެހިން ކަމެއް އެ ކުންފުނިން ހާމަކޮށްފައެއް ނުވެއެވެ.

މި މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކަށް ބިއޯންޑް ގެ ވެބްސައިޓް މެދުވެރިކޮށް ވަޒީފާއަށް ކުރިމަތިލެވޭނެއެވެ.

މި އިއުލާނާ ގުޅިގެން ބިއޯންޑް އެއަރލައިންގެ ސީއީއޯ، ޓޭރޯ ޓަސްކިލާ ވިދާޅުވީ ދިވެހިންގެ ގާބިލްކަމާއިމެދު ޝައްކު ނުކުރައްވާ ކަމަށެވެ. އަދި، ދިވެހިންނަށް ހުޅުވިގެން މިދާ ފުރުސަތުތަކާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ވެސް ޓޭރޯ ޓަސްކިލާ ވިދާޅުވިއެވެ.

ބިއޯންޑް އިން ވަނީ ރާއްޖޭގެ ރިތިކަމާއި ފަތުރުވެރިކަމުގެ ސިނާއަތުގައި ކުރިއަރަމުންދާ މިންވަރު ފާހަގަކޮށްފައެވެ. ބިއޯންޑް އިން ބުނެފައިވަނީ، ރާއްޖޭގެ ފަތުރުވެރިކަމަށް އަންނަ ކުރިއެރުންތަކާއި ގުޅިގެން ރާއްޖޭގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުދިނުން މުހިއްމު ކަމަށެވެ.

ރާއްޖެއަށް ދަތުރުތައް ފެށުމަށް މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ވަނީ ދާދި ފަހުން އެއަރ އޮޕަރޭޝަން ސެޓްފިކެޓް (އޭ.އޯ.ސީ) އެ ކުންފުންޏަށް ދީފައެވެ.

ބިއޯންޑް އަކީ ރާއްޖޭގެ ސިމްޑީ ގްރޫޕް އަދި ދުބާއީ ބޭސްޑް އެއަރބޭސް ކުންފުނި ގުޅިގެން ތައާރަފުކޮށްފައިވާ ދުނިޔޭގެ ފުރަތަމަ ލަގްޒަރީ އެއަރލައިނެކެވެ. އެގޮތުން ބިއޯންޑް ގެ އޮފީހެއް މާލޭގައި ވެސް ހުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
33%
33%
0%
0%
0%
33%
ކޮމެންޓް