ކ. މާލެ
|
20 ނޮވެންބަރ 2023 | ހޯމަ 14:35
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
އެޓާނީ ޖެނެރަލްގެ އޮފީހުގެ ބިލު
އެޓާނީ ޖެނެރަލްގެ އޮފީހުގެ ބިލު މަޖިލީހަށް ތައާރަފްކޮށްފި
ބަންޑާރަނައިބަށް ލިބިގެންވާ ބާރުތައް ކަނޑައެޅުމަށް ބިލުން އެހީތެރިވެދޭ
ބަންޑާރަނައިބުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ސާފުކޮށް ބަޔާންކުރުމާއި ބަންޑާރަނައިބުގެ ދައުރު ކަނޑައެޅުމަކީ މި ބިލްގެ މަޤްސަދެއް
މި ބިލުގައި ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުންގެ ވަޒީފާގެ ހަމަތަކާއި އުސޫލުތައްވަނީ ހިމަނާފަ

ބަންޑާރަނައިބުގެ މަގާމަށް އައްޔަންކުރެވޭ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކާއި، ކަނޑައެޅޭ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ހިމެނޭހެން ގާނޫނީ އޮނިގަނޑު އެކުލަވާލުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.

ހޯމަ ދުވަހު ތައާރަފްކުރި ބިލް، ސަރުކާރުގެ ފަރާތުން އެ ބިލު ހުށަހަޅުއްވާފައި ވަނީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމްއެވެ.

Advertisement

މި ބިލުގެ މަޤްސަަދަކީ ގާނޫނުގެ ވެރިކަން ނަގަހައްޓައި ހިމާޔަތްކޮށް ކުރިއެރުވުމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްޔިތުންގެ މަންފާ އާއި އާންމު މިނިވަންކަން ދިފާއުކުރުމަށް ބަންޑާރަނައިބުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރުމަށްޓަކައި ބަންޑާރަނައިބަށް ލިބިގެންވާ ބާރުތައް ކަނޑައެޅުމެވެ. އަދި ބަންޑާރަނައިބުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި ހަމައެކަނި ގާނޫނުއަސާސީއަށާއި ގާނޫނަށް ތަބާވުން ކަށަވަރުކުރުމަކީ ބިލްގެ މަޤްސަދެކެވެ. ހަމައެހެންމެ އެއިން ކަމެއްގައި އިތުރު އެއްވެސް ފަރާތެއްގެ ބާރެއް ނުވަތަ ނުފޫޒެއް ބަންޑާރަނައިބުގެ މައްޗަށް ނުހިންގޭނެކަން ކަށަވަރުކުރުމަށްޓަކައި ބަންޑާރަނައިބުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ސާފުކޮށް ބަޔާންކުރުމާއި ބަންޑާރަނައިބުގެ ދައުރު ކަނޑައެޅުމަކީ މި ބިލްގެ މަޤްސަދެކެވެ.

މި ބިލުގައި ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުންގެ ވަޒީފާގެ ހަމަތަކާއި އުސޫލުތައްވަނީ ހިމަނާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް