Advertisement
ކ. މާލެ
|
28 އޯގަސްޓް 2024 | ބުދަ 18:50
20 ވަނަ ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
20 ވަނަ ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
މަޖިލިސް ޖަލްސާތައް
ދައުރުން ބޭރުގައި ޖަލްސާތައް ބާއްވަން މިތިބީ ތައްޔާރަށް: މަޖިލީހުގެ ރައީސް
މަޖިލީހުގެ ތަނަވަސް އަގުލަބިއްޔަތެއް ސަރުކާރަށް ރައްޔިތުން ދީފައިވަނީ ސަރުކާރު ހިންގުމަށް
މަޖިލީހުގެ ތެރެއިން ކުރަންޖެހޭ ކަންތައްތައް ކުރާނެ
ސަރުކާރުން ތައްޔާރުވިހާ އަވަހަށް މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދާނެ

ރައްޔިތުންގެ މަޖިލިސް ޗުއްޓީގައި އޮތަސް ސަރުކާރަށް މުހިންމު ކަމެއް ދިމާވާ ހާލަތުގައި ދައުރުން ބޭރުގައި ޖަލްސާތައް ބާއްވަން ތައްޔާރަށް ތިބި ކަމަށް މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއަރޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ވަރަށް ބޮޑު ތަނަވަސް އަގުލަބިއްޔަތެއް މިއަދުގެ ސަރުކާރަށް ރައްޔިތުން ދީފައިވަނީ ސަރުކާރުން ހިންގުމަށް ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ ސަރުކާރު ހިންގަން ބޭނުންވާ ހުރިހާ ކަމެއް އަދި މަޖިލީހުގެ ތެރެއިން ކުރަންޖެހޭ ކަންތައްތައް ކުރާނެ ކަމަށެވެ.

Advertisement

ސަރުކާރަށް މުހިންމު ކަމެއް ދިމާވެއްޖެނަމަ ދައުރުން ބޭރުގައި ޖަލްސާ ބޭއްވުމަށް އޮތީ ތައްޔާރަށްކަން ފާހަގަކުރައްވައި އަބްދުއްރަހީމް ވިދާޅުވީ ސަރުކާރުން ތައްޔާރުވިހާ އަވަހަށް މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދާނެ ކަމަށެވެ.

މީގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ ސަރުކާރަށް އާމްދަނީ ހޯދުމަށް އަދި ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް މަޖިލީހުން މަސައްކަތް ކުރާނެ ކަމަށެވެ.

އެހެންވީމަ މަޖިލިސް ޗުއްޓީގައި އޮތަސް ސަރުކާރަށް މުހިންމު ކަމެއް ދިމާވެއްޖެއްޔާ މަޖިލިސް ދައުރުގައި ޖަލްސާ ބާއްވައިގެން އެކަމެއް ކޮށްދޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން އޮތީ ތައްޔާރުވެގެން. އިރާދަކުރެއްވިއްޔާ ސަރުކާރުން ތައްޔާރުވިހާ އަވަހަށް ރައްޔިތުން މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދާނަން. ސަރުކާރަށް އާމްދަނީ ހޯދުމަށްޓަކައި ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ބޭނުންވާ ކަންކަން ކުރުމުގައި ރައްޔިތުންގެ މަޖިލިސް އެއްވެސް ގޮތަކަށް ނޯންނާނެ ދައުރު ނިމެންދެން
މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއަރޕާސަން އަބްދުއްރަހީމް އަބްދުﷲ

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ މަސައްކަތުގެ 83 އިންސައްތަ ނިންމުމަށް ފަހު، 20 ވަނަ މަޖިލީހުގެ ފުރަތަމަ ދައުރު ޗުއްޓީއަށް ގޮސްފައިވަނީ 22 އޯގަސްޓް 2024 ގައެވެ. މަޖިލީހުން ހިއްސާކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން މަޖިލީހަށް 23 ބިލެއް ހުށަހެޅި އޭގެ ތެރެއިން 11 ބިލެއްގެ މަސައްކަތް ނިންމާފައިވެއެވެ.

މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ޖުމްލަ 200 ބިލެއް ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް