ކ. މާލެ
|
13 ސެޕްޓެންބަރ 2024 | ހުކުރު 16:03
ރައީސް ޑރ މުޙައްމަދު މުއިއްޒު
ރައީސް ޑރ މުޙައްމަދު މުއިއްޒު
ރާއްޖެއެމްވީ
މަގޭ ރިޕޯޓް
ސަރުކާރުން މަޖިލިސް ކޮންޓްރޯލް ކުރުން - ހުދުމުހުތާރު ވެރިކަމެއްގެ ފެށުން
ދިވެހިރާއްޖޭގެ ޑިމޮކްރަސީގެ އެންމެ މުހިންމު އެއް ތަނބުކަމުގައިވާ ރައްޔިތުންގެ މަޖިލިސް، ސަރުކާރުގެ ބާރުގެ ދަށަށް ގެނައުމަކީ ޤައުމުގެ މުސްތަޤުބަލަށް ނުރައްކާތެރި ބިރެކެވެ. މިއީ ހަމައެކަނި ވެރިކަން ހިންގާ ފަރާތުގެ ބާރު އިތުރުކުރުމަށް އެޅޭ ފިޔަވަޅެއް ނޫނެވެ. މިއީ ޙަޤީޤަތުގައި ހުދުމުހުތާރު ވެރިކަމެއްގެ ފެށުމެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުން، ދައުލަތުގެ ތިން ބާރު ވަކިވެފައިވާ ނިޒާމެއް ޤާއިމުކުރެވިފައިވީ ނަމަވެސް، ފަހަކަށް އައިސް ސަރުކާރުން ރައްޔިތުންގެ މަޖިލިސް ކޮންޓްރޯލް ކުރަމުންދާކަމުގެ ކަންބޮޑުވުން ވަނީ ފާޅުކުރެވިފައެވެ. މިކަމަކީ ހުދުމުހުތާރު ވެރިކަމެއްގެ ފެށުމެއްކަމަށް ގިނަ ފަރާތްތަކުން ދެކެއެވެ. މިކަމުގެ ކަންބޮޑުވުން އިންތިހާއަށް އޮތް ނަމަވެސް، ތުހުމަތުވާ ފަރާތްތަކުން މިކަމަށް ޖަވާބުދާރީ ނުވުމަކީވެސް ދެވޭ ޖަވާބެކެވެ.

ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލިސް ކޮންޓްރޯލް ކުރަމުންދާކަމަށް ތުހުމަތު ކުރެވެނީ، މަޖިލިސް މެންބަރުންނަށް ރިޝްވަތު ދީގެން ސަރުކާރުން ބޭނުންވާ ކަންކަން މަޖިލިސް ތެރެއިން ކުރުމަށެވެ. މިކަން މިގޮތަށް ހިނގާނަމަ މިކަމުގެ ސަބަބުން ސަރުކާރުގެ ހާމަކަން ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ. އަދި މިކަމުގެ ސަބަބުން ތަރައްޤީގެ މަޝްރޫޢުޢުތައް ހުއްޓުވާލައި، ރައްޔިތުން އަސާސީ ކަންކަމަށް ސަލާންޖަހަން މަޖުބޫރުވެގެންދާނެއެވެ.

މީގެ އިތުރުން، ސަރުކާރުން ކަންކަން އޮންނަ އުސޫލު ބަދަލުކުރުމަށްފަހު، ރައްޔިތުންގެ ނުރުހުން އަމާޒުވުމުން އަލުން އެފަދަ ކަންކަން ކުރިން އޮންނަ ގޮތަށް ބަދަލުކޮށް ރައީސްގެ ރަނގަޅުކަން ދައްކަން މަސައްކަތްކުރުމަކީވެސް ވެރިކަން ކުރަން ހުންނަ މީހާގެ ރަނގަޅުކަން ދައްކަންވެގެން ކުރާ ކަންކަމެވެ. މިއީ ހުދުމުހުތާރު ވެރިކަންކަމުގައި ހިނގާ ކަންކަމެވެ. މިއީ ރައްޔިތުންނަށް އޮޅުވާލުމަށް ކުރާ މަސައްކަތަކަށްވާއިރު، މިކަން ޕްރޮމޯޓްކޮށް ސަނާކިޔުމުގައި ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަ ނަގައިގެން ތިބި ރައްޔިތުންގެ އެތައް ޙާދިމުން އެބަތިއްބެވެ.

ޚުލާސާކޮށް ބަލާއިރު، ސަރުކާރުން މަޖިލިސް ކޮންޓްރޯލް ކުރުމަކީ ދިވެހިރާއްޖޭގެ ޑިމޮކްރަސީއަށް ވަރަށް ބޮޑު ނުރައްކަލެކެވެ. މިކަމުގެ ސަބަބުން ހުދުމުހުތާރު ވެރިކަމެއް އުފެދި، ރައްޔިތުންގެ ޙައްޤުތައް ގެއްލި، ޤައުމުގެ ތަރައްޤީއަށް ހުރަސްއެޅިގެންދާނެކަން ކަށަވަރެވެ. އެހެންކަމުން، މިކަމާމެދު ސަމާލުވެ، އަވަސް ފިޔަވަޅުތަކެއް އެޅުމަކީ މުހިންމު ކަމެކެވެ.

ދިވެހިރާއްޖޭގެ ޑިމޮކްރަސީގެ އެންމެ މުހިންމު އެއް ތަނބުކަމުގައިވާ ރައްޔިތުންގެ މަޖިލިސް، ސަރުކާރުގެ ބާރުގެ ދަށަށް ގެނައުމަކީ ޤައުމުގެ މުސްތަޤުބަލަށް ނުރައްކާތެރި ބިރެކެވެ. މިއީ ހަމައެކަނި ވެރިކަން ހިންގާ ފަރާތުގެ ބާރު އިތުރުކުރުމަށް އެޅޭ ފިޔަވަޅެއް ނޫނެވެ. މިއީ ޙަޤީޤަތުގައި ހުދުމުހުތާރު ވެރިކަމެއްގެ ފެށުމެވެ.

ރައްޔިތުންގެ މަޖިލީހަކީ ޤާނޫނު ހެދުމާއި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސްއޫލިއްޔަތު އަދާކުރާ މުއައްސަސާއެވެ. ނަމަވެސް، ސަރުކާރުން މަޖިލިސް ކޮންޓްރޯލް ކުރުމުން، މި މުހިންމު މަސްއޫލިއްޔަތުތައް އަދާކުރުމަށް ހުރަސްތަކެއް ކުރިމަތިވާނެއެވެ. މީގެ ސަބަބުން، ސަރުކާރުގެ ޢަމަލުތަކަށް ފާޑުކިޔުމާއި ޖަވާބުދާރީ ކުރުވުމުގެ ބާރު ގެއްލި، ވެރިކަން ހިންގާ ފަރާތަށް މުޅި ބާރު ލިބިގެންދާނެއެވެ. މިފަދަ ޢަމަލުތަކުގެ ސަބަބުން މަޖިލީހުގައި ސަރުކާރުގެ ރަނގަޅު ވާހަކަ ދެއްކުމަށް މެންބަރުން މަޖުބޫރުވެ، ރައްޔިތުންނަށް ކޮށްދޭންޖެހޭ ގިނަ ކަންކަން ނުކުރެވި ދާކަން ފާހަގަކުރެވެއެވެ. މިސާލަކަށް، ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ދަށްވަމުންދާއިރު، މަޖިލީހުގައި އެކަމާ ގުޅޭގޮތުން އެކަށީގެންވާ ބަހުސްތަކެއް ނުކުރެވޭކަން ފާހަގަކުރެވެއެވެ.

މީގެ އިތުރުން، މަޖިލިސް ކޮންޓްރޯލް ކުރުމުން ޤާނޫނު ހެދުމުގެ މަރުޙަލާގައި ރައްޔިތުންގެ އަޑު ގެއްލިގެންދާނެއެވެ. ސަރުކާރުގެ އެޖެންޑާއާ އެއްގޮތަށް ޤާނޫނުތައް ފާސްކުރެވި، ރައްޔިތުންގެ ޙައްޤުތަކަށް އުނިކަން ލިބޭ ފަދަ ޤާނޫނުތައް ވުޖޫދަށް އައުމުގެ ފުރުޞަތު ބޮޑުވެގެންދާނެއެވެ. މިއަދު ގައުމުން ފެނިގެން މިދަނީ އެފަދަ މަންޒަރުތަކެވެ. މިއީ ޑިމޮކްރަސީގެ އަސާސްތަކާ ސީދާ ފުށުއަރާ ކަމެކެވެ.

ހުދުމުހުތާރު ވެރިކަމެއްގެ އެންމެ ބޮޑު އެއް ނިޝާނަކީ ބާރުތައް އެއް ފަރާތެއްގެ އަތްމައްޗަށް ގެނައުމެވެ. ސަރުކާރުން މަޖިލިސް ކޮންޓްރޯލް ކުރުމަކީ މި މަގުން އެޅޭ ނުރައްކާތެރި ފިޔަވަޅެކެވެ. މިކަމުގެ ސަބަބުން ވެރިކަން ހިންގާ ފަރާތަށް ހިތުހުރި ގޮތަކަށް ޢަމަލުކުރުމުގެ ފުރުޞަތު ލިބި، ރައްޔިތުންގެ އަސާސީ ޙައްޤުތަކަށް އުނިކަން ލިބިގެންދާނެއެވެ.

މި ނުރައްކާތެރި ކަމުން ސަލާމަތްވުމަށްޓަކައި، ރައްޔިތުން ވަރަށް ބޮޑަށް ސަމާލުވާން ޖެހެއެވެ. އަޅުގަނޑުމެން އެންމެން ގުޅިގެން މިނިވަން އަދި މުސްތަޤިއްލު މަޖިލީހެއް ދެމެހެއްޓުމަށް މަސައްކަތް ކުރަން ޖެހެއެވެ. އަދި ވޯޓުލުމުގެ ޙައްޤު ބޭނުންކޮށްގެން، މިނިވަން ޚިޔާލު ފާޅުކުރާ މެންބަރުން މަޖިލީހަށް އިންތިޚާބު ކުރަން ޖެހެއެވެ. މިގޮތުން، ރައްޔިތުންގެ އަޑު އުފުލައި، ސަރުކާރު ޖަވާބުދާރީ ކުރުވޭނެ ނިޒާމެއް ޤާއިމުކުރެވޭނެއެވެ.

މީގެ އިތުރުން، ސަރުކާރުން ދައުލަތުގެ އެހެން ބާރުތަކަށް ނުފޫޒު ފޯރުވަމުންދާކަމަށް ބެލެވެއެވެ. މިކަމުގެ ސަބަބުން ޑިމޮކްރަސީގެ އަސްލު ގެއްލި، ބާރުތަކުގެ ވަކިވުން ނެތިގެން ދާކަން ފާހަގަކުރެވެއެވެ. މިސާލަކަށް، ޝަރުޢީ ދާއިރާއަށް ސަރުކާރުން ނުފޫޒު ފޯރުވާކަމުގެ ޝަކުވާތައް އިވެމުންދާކަން ފާހަގަކުރެވެއެވެ. ސަރުކާރުން މަޖިލިސް މެންބަރުންނަށް ރިޝްވަތުދީ ސަރުކާރު ދެމެހެއްޓުމަށް މަސައްކަތް ކުރަމުންދާކަމަށް ދެކެވެމުންދާ ވާހަކައަކީ އޭގެ ޒާތުގައި ނުރައްކާތެރި ވާހަކައެވެ.

މިކަމުގެ ސަބަބުން ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަން ނުކުރެވި، ޑިމޮކްރަސީގެ އަސްލުތައް ގެއްލި، ޤައުމުގެ ކުރިމަގަށް ނޭދެވޭ އަސަރުތަކެއް ކުރާނެއެވެ. މިއަދު މިކަންކަން ބަލަންތިބި އިދާރާތައް އޮތީ ނިދާފައެވެ. ބައެއް އިދާރާތަށް ސީދާ ސަރުކާރުން ކޮންޓްރޯލް ކުރަނީއެވެ. ދެން ހުރި މިނިވަން މުއައްސަސާތަކުގެ ވެރިން މަގާމަށްޓަކައި އިތުރުދައުރެއް ލިބޭނެކަމަށް ބަލާ ކަހާތަން ހިރުވާވެސް ނުލަނީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް