ކ. މާލެ
|
20 ނޮވެންބަރ 2023 | ހޯމަ 14:02
މަޖިލިސް ޖަލްސާގެ ތެރެއިން
މަޖިލިސް ޖަލްސާގެ ތެރެއިން
ރާއްޖެއެމްވީ
2023 ވަނަ އަހަރަށް ލަފާކުރާ ސަޕްލިމެންޓްރީ ބަޖެޓް
2023 ވަނަ އަހަރަށް ލަފާކުރާ ސަޕްލިމެންޓްރީ ބަޖެޓް ފާސްކޮށްފި، ޑިމޮކްރެޓްސްގެ މެންބަރުން ވޯޓެއް ނުދެއްވާ
 
ސަޕްލިމެންޓްރީ ބަޖެޓް މިއަދު ފާސްކޮށްފައިވަނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވި 200 މިލިއަން ރުފިޔާ ވެސް ހިމެނޭގޮތަށް
 
ސަޕްލިމެންޓްރީ ބަޖެޓް ފާސްކުރަން ނުފެންނަ ކަމަށް 10 މެންބަރުން ވޯޓުދެއްވި
 
ސަޕްލިމެންޓްރީ ބަޖެޓް ފާސްކުރީ 57 މެންބަރުންގެ ވޯޓާއެކު

2023 ވަނަ އަހަރަށް ލަފާކުރާ ސަޕްލިމެންޓްރީ ބަޖެޓް މަޖިލީހުގެ ކޮމިޓީން ފާސްކުރި ގޮތަށް ބަދަލެއް ނުގެނެސް، ފާސްކޮށްފިއެވެ.

ސަޕްލިމެންޓްރީ ބަޖެޓް ފާސްކުރީ 57 މެންބަރުންގެ ވޯޓާއި އެކުގައެވެ. ސަޕްލިމެންޓްރީ ބަޖެޓް ފާސްކުރަން ނުފެންނަ ކަމަށް 10 މެންބަރުން ވޯޓުދެއްވިއެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ސަޕްލިމެންޓްރީ ބަޖެޓް މަޖިލީހުގެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީން ފާސްކޮށްފައި ވަނީ ނިމިދިޔަ ހަފްތާގެ ތެރޭގައެވެ.

ސަޕްލިމެންޓްރީ ބަޖެޓް މިއަދު ފާސްކޮށްފައިވަނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވި 200 މިލިއަން ރުފިޔާ ވެސް ހިމެނޭގޮތަށެވެ.

Advertisement

ފިނޭންސް މިނިސްޓްރީން ހުށަހެޅީ 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓް ފާސްކުރުމަށެވެ. ސަޕްލިމެންޓްރީ ބަޖެޓުގެ ބޮޑު ބައެއް ހިއްސާކުރަނީ ރިކަރަންޓް ޚަރަދުތަކެވެ. އެގޮތުން ރިކަރަންޓު ޚަރަދަށް 3.1 ބިލިއަން ރުފިޔާ އާއި ކެޕިޓަލް ހަރަދަށް 3.3 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ. އަދި ސަޕްލިމެންޓްރީ ބަޖެޓްގައި ރިކަރަންޓް ހަރަދުގެ ގޮތުގައި ސަބްސިޑީތަކަށް 1.8 ބިލިއަން ރުފިޔާ ދިނުމަށާއި އާސަންދައަށް 1.2 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެެވެ.

މިއަހަރުގެ ބާކީ ދުވަސްތަކުގެ ހަރަދުތައް ހަމަޖެއްސުމަށް ޓަކައި ފާސްކުރި ސަޕްލިމެންޓްރީ ބަޖެޓާ އެކު ދައުލަތުގެ މިއަހަރުގެ ބަޖެޓުގެ ޖުމްލަ އަދަދު 49.3 ބިލިއަން ރުފިޔާއަށް އަރައެވެ. ދައުލަތުގެ މިއަހަރުގެ ބަޖެޓަކީ 42.8 ބިލިއަން ރުފިޔާއެވެ.

ސަޕްލިމެންޓްރީ ބަޖެޓަށް ދަ ޑިމޮކްރެޓްސްގެ މެންބަރުން ވޯޓެއް ނުދެއްވައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް