Advertisement
ކ. މާލެ
|
19 ނޮވެންބަރ 2023 | އާދީއްތަ 05:42
މެންބަރު އިކްރާމް
މެންބަރު އިކްރާމް
ރާއްޖެއެމްވީ
އާ ސަރުކާރުގެ ކެބިނެޓް
ކެބިނެޓްގެ މިންތީގެ ހަމަހަމަކަމަށް މާކްސްދޭ ނަމަ ފެއިލްވެއްޖެ - އިކްރާމް
ކެބިނެޓް އޮތް ގޮތަކީ ސިޔާސީ ދާއިރާގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގައި ލިބުނު ދެރައެއްކަމަށް އެމްޑީޕީން ބުނޭ
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރު އެކުލަވާލި އިރު 7 އަންހެން ބޭފުޅުން ތިއްބެވިކަން އިކްރާމް ވަނީ ފާހަގަކުރައްވާފަ
ކަނބަލުންގެ ހިއްސާ ފުރިހަމަަ އަށް ކެބިނެޓްގައި އޭރު އޮތް ކަމަށް އޭނާ ވިދާޅުވި

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ކެބިނެޓުގެ މިންތީގެ ހަމަހަމަކަމަށް މާކްސް ދޭ ނަމަ މި ސަރުކާރު ފެއިލްވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.

އިކްރާމް އެފަދައިން ވިދާޅުވީ ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

Advertisement

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރު އެކުލަވާލި އިރު 7 އަންހެން ބޭފުޅުން ތިއްބެވިކަން އިކްރާމް ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން އޭރު ކަނބަލުންގެ ހިއްސާ ފުރިހަމަަ އަށް ކެބިނެޓްގައި އޮތް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް މި ސަރުކާރުގެ ކެބިނެޓަށް އާއްމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ކަަމަށް އިކްރާމް ވަނީ ފާހަގަކުރައްވާފައެވެ. ޖެންޑަރ ބެލެންސްގެ ވިސްނުން ގެންގުޅުއްވާ ނަމަ ރައީސް މުއިއްޒު ގެ ކެބިނެޓްގައި މިއަށްވުރެ ގިނަ ކަނބަލުން ތިއްބަވަން ވާނެ ކަމަށް ވެސް އިކްރާމް ވިދާޅުވިއެވެ. އިކްރާމް ވަނީ ގިނަ ކުންފުނިތަކުގެ ހިންގުން ކަނބަލުންނާއި ހަވާލުކުރާނެ ކަމަށް މުއިއްޒު ވިދާޅުވެފައި ވާއިރު ކުންފުނިތަކަށް ލާން ވާނީ ދާއިރާގެ ތަޖުރިބާ ވެސް ހުރި ބޭފުޅުން ކަމަށް އިކްރާމް ވިދާޅުވިއެވެ.

އިކްރާމް އެފަދައިން ވިދާޅުވެފައި ވާއިރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި އަންހެން ބޭފުޅުންގެ އަދަދު މަދުވުމަކީ ރާއްޖޭގައި އަންހެނުން ބާރުވެރި ކުރުވައި، ސިޔާސީ ދާއިރާގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގައި ލިބުނު ދެރައެއްކަމުގައި ބުނެ، އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ފަރާތުން ވެސް ވަނީ ކަންބޮޑުވުން ފާޅުކުރަައްވާފައެވެ. އެމްޑީޕީގެ އަންހެނުންގެ ރޫހުން ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގައި އަންހެނުން ބާރުވެރި ކުރުވައި، ސިޔާސީ ދާއިރާގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގައި، 2018އިން 2023ށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ކުރެއްވި ވެރިކަމުގައި ވަރަށް ބޮޑެތި ކުރިއެރުންތަކެއް ހޯއްދެވިކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް