ކ. މާލެ
|
14 ނޮވެންބަރ 2023 | އަންގާރަ 11:45
ދިވެހި ފުލުހުން
ދިވެހި ފުލުހުން
ޕޮލިސް
ފުލުހުންގެ ތަހުގީގުތައް
ފުލުހުން އެންގުމުން ކުޑަކަމުދާ އެއްޗެހި ދޭން ދެކޮޅު ހެދި މީހަކު 1 އަހަރަށް ޖަލަށް
 
ދައުވާލިބޭ މީހާ ދައުވާއަށް އިންކާރުކޮށްފައިވާތީ ދައުލަތުން ވަނީ ހެކި ހުށައަޅާފައި
 
ކުޑަކަމުދާ އެއްޗެހި ދިނުމަށް އެންގިތާ 18 ގަޑިއިރުގެ ތެރޭގައި އޭނާ ކުޑަކަމުދާ އެއްޗެހި ދީފައިނުވޭ

މަސްތުވާތަކެތީގެ މައްސަލައެއްގައި ހިމެނޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ކުޑަކަމުދާ އެއްޗެހި ދިނުމަށް އެންގުމުން އެކަމަށް ދެކޮޅު ހެދި މީހަކު 1 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.

މި މައްސަލައިގައި ދައުވާކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް، އެތަކެތި ގެންގުޅުނުކަމަށް ތުހުމަތު ކުރެވުނު މައްސަލައެއްގައި ހިމެނޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ކުޑަކަމުދާ އެއްޗެހި ދިނުމަށް އެންގިތާ 18 ގަޑިއިރުގެ ތެރޭގައި އޭނާ ކުޑަކަމުދާ އެއްޗެހި ދީފައިނުވާތީއެވެ.

އެއީ 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ ދަށުން އުފުލި ދައުވާއެކެވެ. އެގޮތުން މި މައްސަލައިގައި އުފުލާފައިވަނީ ކުޑަކަމުދާ އެއްޗެހި ދިނުމަށް އިންކާރު ކުރުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލައިގައި ދައުވާލިބޭ މީހާ ދައުވާއަށް އިންކާރުކޮށްފައިވާތީ ދައުލަތުން ވަނީ ހެކި ހުށައަޅާފައެވެ. އޭގެ ތެރޭގައި މި މައްސަލައިގައި ހަރަކާތްތެރިވެފައިވާ ފުލުސް އޮފިސަރުން ހިމެނެއެވެ.

މި މައްސަލައިގައި ހުށައެޅިފައިވާ ހެކި ޤަރީނާތަކަށް ބަލައި ކްރިމިނަލް ކޯޓުން ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި، އޭނާ 1 އަހަރުގެ މުއްދަތަކަށް ޖަލަށް ލުމަށް ޙުކުމްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް