ކ. މާލެ
|
15 ނޮވެންބަރ 2023 | ބުދަ 08:26
ޓެން ހާގް އާއި ސަންޗޯ
ޓެން ހާގް އާއި ސަންޗޯ
ގޫގުލް
މެންޗެސްޓާ ޔުނައިޓެޑް
ޔުނައިޓެޑަށް ޝައުގުވެރިވާ ކޯޗުންގެ ބައްދަލުވުންތައް ކެންސަލް!
މިވަގުތު ވަޒީފާގައި ނެތް މަޝްހޫރު ކޯޗުންގެ އެޖެންޓުން ދަނީ ވެރިންނަށް އޮފާ ހުށަހަޅަމުން

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަން ބޭނުންވާ ކޯޗުން އެކުލަބުގެ ވެރިންނާ ބައްދަލުކުރަން ހުށަހަޅާ ހުށަހެޅުންތައް ވެރިން ގަބޫލުނުކޮށް ދޫކުރަމުންދާ ކަމަށް އިނގިރޭސި ނޫސްތަކުން ބުނެފި އެވެ.

ނަމަވެސް މިއީ ކޮން ކޯޗުންނެއް ކަމަށް ނުބުނެ އެވެ. އެކަމަކު ޔުނައިޓެޑްގެ ވެރިންނާ ބައްދަލުކުރަން ހުށަހެޅި ކޯޗުންގެ އެޖެންޓުންގެ ތެރޭގައި މިވަގުތު ވަޒީފާގައި ނެތް މަޝްހޫރު ކޯޗުންގެ އެޖެންޓުން ހިމެނޭ ކަމަށް ނޫސްތަކުން ބުނެ އެވެ.

އިނގިރޭސި ނޫސްތަކުން ބުނަނީ އެންމެ ފަހުން ކުޅުނު 18 މެޗުގެ ތެރެއިން ނުވަ މެޗެއް ގެއްލުނު ނަމަވެސް ކޯޗު ބަދަލުކުރަން ކުލަބުގެ ވެރިން ބޭނުންނުވާ ކަމަށެވެ.

ނަމަވެސް މިފަދަ ހުށަހެޅުންތައް ލިބެމުންދަނީ ޔުނައިޓެޑްގެ ހިއްސާގެ ބައެއް މަޝްހޫރު ވިޔަފާރުވެރިޔާ ރަޓްކެލިފޭ ގަތުމުގެ ކަންކަން ނިމުމާއެކު އެކުލަބުގެ ގިނަ މަގާމުތަކަކަށް ބަދަލު އަތުވެދާނެ ކަމަށް ބަލައިގެންކަމަށް ވެސް އިނގިރޭސި މީޑިއާތަކުން ބުނެ އެވެ.

ޔުނައިޓެޑްގައި ހޭދަކުރި ދޮޅު އަހަރުތެރޭގައި ޓެންހަގްގެ ނަތީޖާ މުޅިން ގޯސް ނޫން ކަމަށް އެކުލަބުގެ ވެރިން ގަބޫލުކުރެ އެވެ. އަދި އަވަސް އަވަހަށް ކޯޗުން ބަދަލުކުރުމަކީ ޓީމަށް ރަނގަޅު ނަތީޖާތަކަކާ ހަމައަށް ދިއުމަށް އޮތް ހުރަހެއް ކަމަށް ޔުނައިޓެޑްގެ މެޖޯރިޓީ ހިއްސާ އޮންނަ އެމެރިކާގެ ގްލޭޒާ އާއިލާއިން ގަބޫލުކުރާ ކަމަށް ވެސް ނޫސްތަކުން ބުނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް