ކ. މާލެ
|
13 ނޮވެންބަރ 2023 | ހޯމަ 12:51
ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒު
ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒު
މަޖިލިސް
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ
އެންމެ މީހަކު މުޅި މަޖިލިސް ހިސޯރުކޮށްގެން އިންނައިރު، މަޖިލީހުން އެކަން ހުއްޓުވަން ޖެހޭ: މެންބަރު ނިޔާޒް
 
އީވާއާއި ޑިމޮކްރެޓްސްގެ ދެން ތިބި މެންބަރުން ގެންދަވަނީ ބާކީ ތިބި ހުރިހާ މެންބަރުންގެ ޙައްޤުތައް ގެއްލުވާލަމުން
 
މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދެވޭނެ ގޮތް ހެދުމަށް އަމީންއާންމަށްވެސް ކުރެވޭނެ ކަންކަން އެބަހުރި

އެންމެ މީހަކަށް މުޅި މަޖިލިސް ހިސޯރު ކޮށްގެން އިނުމުގެ ފުރުސަތު މަޖިލިސް އިދާރާއިން ދީގެންނުވާނެކަމަށް ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއާ ވާހަކަފުޅު ދައްކަވަމުން ނިޔާޒު ވިދާޅުވީ، އީވާއަށް ރިޔާސަތުން ފުރުސަތު ދެއްވައިފިނަމަ ޖަލްސާ ނިިމިގެންދާނީ މިގޮތަށްކަމަށް މާ ކުރިންވެސް އަންދާޒާކުރެވި، އެކަން މަޖިލީހުގެ އަމީންއާންމާއި ސެކެޓަރީ ޖެނެރަލްގެ ސަމާލުކަމަށް ވެސް ގެންނެވިކަމަށެވެ.

ސުޕްރީމް ކޯޓުގެ ޙުކުމުން މަޖިލިސް އިދާރާއަށް ލާޒިމުވާ ކަންކަން މަޖިލީހުން ކުރަންޖެހޭނެ ކަމަށާއި، އެންމެ މީހަކަށް މަޖިލިސް ހިސޯރު ކޮށްގެން އިނުމުގެ ފުރުސަތު ދެވިގެންނުވާނެކަމަށް ވެސް ނިޔާޒު ވިދާޅުވިއެވެ.

މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދެވޭނެ ގޮތް ހެދުމަށް އަމީންއާންމަށް ވެސް ކުރެވޭނެ ކަންކަން އެބަހުރި ކަމަށާއި، އެކަން ލަސްވެގެންދާ ސަބަބު ވިސްނިވަޑައިނުގަންނަވާކަމަށް ނިޔާޒު ވިދާޅުވިއެވެ.

އީވާއާއި ޑިމޮކްރެޓްސްގެ ދެން ތިބި މެންބަރުންވެގެން ބާކީ ތިބި ހުރިހާ މެންބަރުންގެ ޙައްޤުތައް ގެއްލުވާލަމުންދާއިރު، ދެން ތިބި ހުރިހާ ޕާޓީތައް ވެސް ތިބީ އެކަމާ ދެކޮޅަށްކަމަށް ނިޔާޒު ވިދާޅުވިއެވެ.

މަޖިލިސް ކުރިއަށްގެންދަން ފުރުސަތު ނުދެއްވާ، ރިޔާސަތުގައި އެހެން ބޭފުޅަކު އިންނަވަން ވެސް ޖާގަދެއްވަން މަޖިލީހުގެ ނާއިބުރައީސް އީވާ އަބްދުﷲ ވަނީ ދެކޮޅު ހައްދަވާފައެވެ. އެގޮތުން މާހައުލު ނެތް ކަމަށް ވިދާޅުވެ، ޖަލްސާ މެދުކަނޑާލެއްވި ނަމަވެސް ރިޔާސަތު ދޫކުރައްވާ އީވާ ވަޑައިގެންފައެއް ނުވެއެވެ. އެކި ފަހަރުމަތިން މެދުކަނޑާލައްވަމުން ގެންދެވީ އެކަން އެހެން ނުކުރެއްވުމަށް މަޖިލީހުގެ އަމީންއާންމުވެސް ލަފާ ދެއްވަމުން ގެންދަވަނިކޮށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މަޖިލިސް އިންތިޚާބުން އެނގުނީ ސަރުކާރު ޖަވާބުދާރީކުރުވާނީ ސީދާ ރައްޔިތުންގެ ވޯޓުންކަމަށް ރައްޔިތުން ޤަބޫލުކުރާކަން - ނިޔާޒް
ރޭޕް އެވިޑެންސް ކިޓް ބޭނުންކުރުން ލާޒިމްކުރަން ހުށަހެޅުން - ޖިންސީ ގޯނާގެ މައްސަލަތައް ހައްލުކުރަން އެޅޭ މުހިންމު ފިޔަވަޅެއް
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ޒަރީރު އައްޔަންކުރަން ރުހުންދީފި
ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭ މުހިންމު ކަންތައްތަކެއް ހިމެނޭ ކާބޯތަކެއްޗާ ބެހޭ ބިލު ފާސްކޮށްފި
20 ވަނަ މަޖިލީހަށް އިންތިހާބުވި އެމްޑީޕީގެ މެންބަރުންނާ ރައީސް ޞާލިހު ބައްދަލުކުރައްވައިފި
ފަތުރުވެރިންނަށް ޕްރީ އެޕްރޫވަލް ވިސާ ދޭން ހުށަހެޅި ގަރާރު މަޖިލީހުން ބަލައިގެންފި
އިންޑިއާ ކަނޑުގެ ގައުމުތަކަށް ބަލަންޖެހޭނީ އިންޑިއާ ކަނޑުގެ ގައުމުތަކުން، ޗައިނާއިން މިކަމުގައި އަދާކުރަންޖެހޭ ރޯލެއް ނެތް
މަޖިލީހުގެ %33 ގޮނޑި އަންހެނުންނަށް ޚާއްސަކުރުމަކީ މިވަގުތަށް ގެންނަންޖެހޭ މުހިއްމު ބަދަލެއް: މެންބަރު ނިޔާޒު