ކ. މާލެ
|
11 ނޮވެންބަރ 2023 | ހޮނިހިރު 08:16
އިންޓަ މިއާމީއާއި ނިއު ޔޯކު ސިޓީ ކުޅުނު މެޗުގެ ތެރެއިން
އިންޓަ މިއާމީއާއި ނިއު ޔޯކު ސިޓީ ކުޅުނު މެޗުގެ ތެރެއިން
ރޮއިޓާސް
އިންޓަ މިއާމީ
ނިއު ޔޯކު ސިޓީ އަތުން މިއާމީ ބަލިވެއްޖެ
 
މެޗުގައި މިއާމީގެ މުހިންމު ކުޅުންތެރިން ވެސް ވަނީ ކުޅެފައި

ކުލަބު ރަޙުމަތްތެރިކަމުގައި ނިއު ޔޯކު ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން އިންޓަ މިއާމީ ބަލިވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ހެނދުނު ޑްރައިވް ޕިންކް ސްޓޭޑިއަމްގައި ކުޅުނު މެޗުން މިއާމީ ބަލިވީ 2-1ންނެވެ. މެޗުގައި މިއާމީގެ މުހިންމު ކުޅުންތެރިން ވެސް ވަނީ ކުޅެފައެވެ. އެގޮތުން އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ، ސާޖިއޯ ބުސްކެޓްސް، ޖޯޑީ އަލްބާ، ލިއޮނާޑޯ ކަމްޕަނާ އަދި ފަކުންޑޯ ފާރިއާސް ފަދަ ކުޅުންތެރިން ވަނީ ކުޅެފައެވެ.

Advertisement

މެޗު ފަށައިގެން މިއާމީން ލަނޑު ޖެހުމަށް މަސައްކަތް ކުރިނަމަވެސް، އެ ޓީމަށް އެކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ. މެޗުގެ ފުރަތަމަ ހާފުގައި ނިއު ޔޯކު ސިޓީން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށް ވެފައި ވަނިކޮށް، އެ ޓީމަށް ލީޑު ނަގައިދިނީ ޓަލޭސް މަގްނޯއެވެ. ދެވަނަ ހާފު ފަށައިގެން ތިންވަނަ މިނެޓުގައި، ނިއު ޔޯކު ސިޓީން ވަނީ، ދެވަނަ ލަނޑު ޖަހައި މެޗުގެ ފުރިހަމަ ކޮންޓްރޯލް ހޯދާފައެވެ. އެ ޓީމުގެ ދެވަނަ ލަނޑު ޖެހީ ހޫލިއަން ފެނާންޑޭޒްއެވެ. މެޗުގައި ނިއު ޔޯކު ސިޓީން ދެ ލަނޑުވެސް ޖެހި ފަހުން، 81 ވަނަ މިނެޓުގައި މިއާމީގެ ހަމައެކަނި ލަނޑު ޖެހީ ރޮބީ ރޮބިންސަންއެވެ. މެޗުގައި އޭނާ ކުޅެން ނިކުމެފައި ވަނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައެވެ.

މެޗުން މިއާމީ ބަލިވެފައިވާއިރު، މޭޖާ ލީގު ސޮކާ (އެމެރިކާ ލީގު)ގެ ޕްލޭއޮފުން އެ ޓީމަށް ވަނީ ފުރުސަތު ގެއްލިފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް