ކ. މާލެ
|
10 ނޮވެންބަރ 2023 | ހުކުރު 12:16
ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް
ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ
ހުކުމް ކުރުމުން ވެސް ނަޝީދު އުޅެނީ މަގާމުގައި ބައްދައިގެން އޮންނަން- ރޮޒައިނާ
 
ރޮޒައިނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 7 ދުވަސް ވަންދެން އެ މައްސަލަ ކުރިއަށް ގެންދިޔަ ނުދީ ހިފަހައްޓަން މަޖިލިސް ވަޓްސްއެޕް ގްރޫޕުގައި ނަޝީދު އިރުޝާދު ދެއްވި ކަމަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކި ކުރުމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރުމުން ވެސް އެމަނިކުފާނު އުޅުއްވަނީ މަގާމުގައި ‘ބައްދައިގެން އޮންނަވަން’ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހު ނިންމާފައިވަނީ ނަޝީދު ވަކި ކުރުމުގެ މައްސަލަ މަޖިލީހުގެ ނާއިބު ރައީސް ނެތަސް ކުރިއަށް ގެންދެވޭނެ ކަމަށެވެ. ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވަނީ 7 ދުވަސް ވަންދެން އެ މައްސަލަ ކުރިއަށް ގެންދިޔަ ނުދީ ހިފަހައްޓަން މަޖިލިސް ވަޓްސްއެޕް ގްރޫޕުގައި ނަޝީދު އިރުޝާދު ދެއްވި ކަމަށެވެ. ރޮޒައިނާ ވަނީ ނަޝީދު ދައްކަވާފައިވާ ވާހަކަތަކުގެ ސްކްރީންޝޮޓެއް ވެސް ހިއްސާކުރައްވާފައެވެ.

ރޮޒައިނާ އިތުރަށް ވިދާޅުވީ ނަޝީދު ވަނީ އެ ގްރޫޕުގައި ފަނޑިޔާރުންނަކީ ލިޔަން ކިޔަން ނޭނގޭ ބައެއް ކަމަށް ވިދާޅުވެ މަލާމާތް ކުރައްވާފައި ކަމަށެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންދެވި ވާތީ އެ ކަމަށް ހައްލެއް ހޯދުމަށް އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ޕާޓީ އަށް ވަނީ ކާމިޔާބުވެފައެވެ.

ސުޕްރީމް ކޯޓުން ހުކުމްކޮށްފައި ވަނީ މަޖިލީހުގެ ރައީސް ވަކިކުރުމުގެ ގަރާރު ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން މަޖިލީހުގެ ނާއިބު ރައީސް ނެތް ހާލަތެއްގައި ރިޔާސަތު ބަލަހައްޓާނެ މެންބަރުންގެ ގޮތުގައި ކަނޑައަޅާފައިވާ މެންބަރުންގެ ތަރުތީބުން މަޖިލީހުގެ ރައީސްގެ ގަރާރުގެ މައްސަލަ ހުށަހެޅިފައިވާ ޖަލްސާ ކުރިއަށް ގެންދެވޭނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އިންޑިއާ ކަނޑުގެ ގައުމުތަކަށް ބަލަންޖެހޭނީ އިންޑިއާ ކަނޑުގެ ގައުމުތަކުން، ޗައިނާއިން މިކަމުގައި އަދާކުރަންޖެހޭ ރޯލެއް ނެތް
ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
މެއި 6ގައި ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ޝަރީއަތް އަވަސްކުރުމަށް އަސްލަމް ގޮވާލައްވައިފި
ރާއްޖޭގެ ކުރިމަގަށް ކުރީގެ ރައީސް ސާލިހާއި ކުރީގެ ރައީސް ނަޝީދު އެކުގައި މަސައްކަތް ކުރައްވަންޖެހޭ: މެންބަރު އާޒިމް
93 ގޮނޑީގެ ތެރެއިން އެންމެ 3 ގޮނޑި އަންހެނުންނަށް ލިބުން ލަދުވެތި، ކޯޓާ ސިސްޓަމްގެ ބޭނުން ބޮޑު - ރޮޒައިނާ
މެންބަރެއްގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާ މުސާރައިން ބައެއް އުނިކޮށްދެއްވުމަށް ނަޝީދު އެދިވަޑައިގެންފި
ރައްޔިތުންގެ މަޖިލިސް އިންތިޚާބު ފަސްކުރުމަށް ފާސްކުރި ބިލު ރައީސް ތަސްދީގުކުރެއްވީ ގޮތްހުސްވެގެން: ރޮޒައިނާ