ކ. މާލެ
|
8 ނޮވެންބަރ 2023 | ބުދަ 12:50
ޣައްޒާ ކޮންޓްރޯލް ކުރަމުން ދާ ޙަމާސް ޖަމާޢަތުގެ ވަސް، މި ބިންމަތިން ފޮހެލުމަށް ކަމަށް ބުނެ، އެޔެއް މިޔެއް ބެލުމެއް ނެތި ޔަހޫދީން ހިންގަމުން ދާ ޤަތުލުޢާންމުގައި އެތައް ބަޔަކު ވަނީ ދުނިޔެ ދޫކޮށްފައި
ފަލަސްތީން އިސްރާއީލް ހަނގުރާމަ
ބެއިރޫތަށް ދުއްވަމުން ދިޔަ ކާރަށް ޙަމަލާދީ އިޒްރޭލުން މަރާލީ ކުޑަ 3 އަންހެން ކުދިންނާއި މާމަ... އެއީވެސް ޓެރަރިސްޓުން؟
3 ބެއިންނާއި، އެކުދިންގެ މަންމައާއި މާމަ ކާރު ތެރޭގަ ފިހިފަ އޮތީ މީހަކު ޚިޔާލަށްވެސް ނުގެނެވޭނެ މިންވަރަށް
ކާރު ތެރޭގަ ކުދިންކޮޅު ތިބީ އަނދައަނދާ، ރޮއެ، ހަޅޭއްލަވަމުން ދިޔަ ކުދިންކޮޅު ސަލާމަތެއް ނުކުރެވުނު

ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެގެން އުޅޭ ޔަހޫދީ އިޒްރޭލުން، ޣައްޒާގައި ހިންގަމުންދާ ޤަތުލުޢާންމު ބޮއްސުންލައިގެން ގޮސް، މެދުއިރުމަތީގެ އެހެން ސަރަޙައްދުތައްވެސް ހަނގުރާމައިގެ އަނދަވަޅަކަށް ވައްޓާލަފާނެ ކަމުގެ އިންޒާރަކީ، މަސްރަޙު ދިރާސާ ކުރަމުން ދާ މުޙައްލިލުން ތަކުރާރުކޮށް ދެމުން ދާ އިންޒާރެކެވެ. ނޮވެމްބަރު 7 ވަނަ ދުވަހަކީ، އިޒްރޭލުގެ ޤަތުލުޢާންމަށް މަހެއް ހަމަވި ދުވަހެވެ. މިއިން ދުވަހަކު ޙަމަލާތައް ހުއްޓާލަފާނެ ކަމުގެ ކޮޅުމަތިވެސް ފެންނަން ނެތް އިރު، ފަލަސްޠީނުގެ ސަރަޙައްދީ އިމުން ބޭރަށް، ކޯޅުންގަނޑު ފެތުރިއްޖެއެވެ.

ރީމާޒް، ޑާލީން އަދި ލިއާން ޢައްޔޫބު ތައްޔާރު ވަމުން ދިޔައީ ލުބްނާންގެ ވެރިރަށް ބެއިރޫތަށް ދަތުރު ކުރުމަށެވެ. އެއީ ލުބްނާންގައި ހަރަކާތްތެރިވާ ހިޒްބުއްލާ ޖަމާޢަތުގެ ހަނގުރާމަވެރިންނާއި، ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެގެން އުޅޭ ޔަހޫދީ އިޒްރޭލާ ދެމެދު، ލުބްނާންގެ ދެކުނުގެ ސަރަޙައްދުގައި ކޯޅުންގަނޑު ގަދަވުމުގެ ސަބަބުން، ވަގުތީ ގޮތުން ކިޔެވުމުގެ ކަންކަން ހަމަޖެއްސުމަށެވެ.

އެއީ ނޮވެމްބަރ 5 ވަނަ ދުވަހެވެ. އިޒްރޭލުން ދިން މިސައިލް ޙަމަލާއެއް އަމާޒު ވީ ޢައްޔޫބުގެ 3 ބެއިން ދަތުރު ކުރަމުން ދިޔަ ކާރަށެވެ. ރީމާޒް، ޑާލީން އަދި ލިއާން ޢައްޔޫބުގެ އިތުރުން، އެ 3 ބެއިންގެ މާމަވެސް މި ދުނިޔެއާއި ވަކިވެ ދިޔައީ އެ ޙަމަލާގައެވެ.

އެ ކުދިންކޮޅު ގޭތެރޭގަ ތިބިއިރު ޑްރޯން ދިޔައީ ބޯމަތީގަ އެނބުރެމުން. އަހަރެން ބުނިން އެކުދިން ގާތު، ކާރު ކައިރިއަށް ދާށޭ ކުޅެލަން. އޭރުން، ޑްރޯންއަށްވެސް ފެންނާނެތާ، ކުޑަކުދިންތަކެއްކަން ތިބީ. ނަޞީބު ހުރި ގޮތުން، ޒަޔަނިސްޓުން ކާރު ޓްރެކް ކުރީ. މި ހިސާބަށް އާދެވެންދެން ކާރު ބަލަމުން ގެންދިޔައީ. މި ހިސާބަށް ހަމަ އެރީ، ކާރަށް ޙަމަލާ ދިނީ. ކުޑަކުދިން ތިބި ތަނަށް އަމާޒުކޮށްފަ.
ސަމީރު ޢައްޔޫބު؛ ލުބްނާނުން މަރުވި 3 ކުދިންގެ ބޮޑުބޭބެ

3 ބެއިންގެ މަންމައަށްވެސް އެ ޙަމަލާގައި ޒަޚަމްތަކެއް ލިބުނެވެ. ވާނުވާވެސް އޭނާއަށް މާ ރަނގަޅަކަށް ނޭނގެއެވެ.

3 ބެއިންނާއި، އެކުދިންގެ މަންމައާއި މާމަ ކާރު ތެރޭގަ ފިހިފަ އޮތީ މީހަކު ޚިޔާލަށްވެސް ނުގެނެވޭނެ މިންވަރަށް. ކަން ދިމާވި ގޮތުން، ކުދިންގެ މަންމަ އެކަނި ސަލާމަތްވީ. އެކަމަކު، މަންމަވެސް އޮތީ ޒަޚަމްވެފަ. ރޮއެ، ހަޅޭއްލަވަމުން ދިޔަ ކުދިންކޮޅު ސަލާމަތެއް ނުކުރެވުނު އަހަރެމެންނަކަށް. ފިހިފަ ތިބި އެ ކުދިންކޮޅު ދިޔައީ އެހީއަށް އެދި އާދޭސްކޮށް، ރޮމުން. އަހަރެމެންގެ ލޯ ކުރިމަތީގަ. އެއްވެސް އިތުރު މީހަކު ނެތް. އަހަންނަށްވެސް އެއްވެސް ކަމެއް ނުކޮށްދެވުނު އެކުދިންކޮޅަށް. ވަރަށް ދެރަ. އެ ކުދިންގެ މަންމަ ދިޔައީ ދަރިން ކޮބައިހޭ ކިޔައި ހަޅޭއްލަވަމުން. އޭރު އެ މަންމަ ކުރިމަތީގަ، ކާރު ތެރޭގަ އެކުދިންކޮޅު ތިބީ އަނދައަނދާ.
ސަމީރު ޢައްޔޫބު؛ ލުބްނާނުން މަރުވި 3 ކުދިންގެ ބޮޑުބޭބެ

ރީމާޒް، ޑާލީން އަދި ލިއާން ޢައްޔޫބުގެ ބޮޑުބެ، ސަމީރު ޢައްޔޫބަކީ ލުބްނާންގެ ނޫސްވެރިއެކެވެ. ރޮއިޓާޒްއާ ވާހަކަދައްކަމުން ދިޔައިރު، ސަމީރު ދިޔައީ އަނދާ އަޅިޔަށް ވެފައި އޮތް ކާރުގެ ބައިތައް ބަލަމުންނެވެ. އޭނާ އަތުގައި އޮތި އެކުދިން ސްކޫލަށް ގެންދާ ދަބަސްތަކެވެ. އެވެސް އޮތީ އަނދާ، އަޅިޔަށް ވެފައެވެ.

މީ އެކުދިން ސްކޫލަށް ތައްޔާރުވާންވެގެން ގެންދިޔަ ހެދުންތަކާއި އެނޫންވެސް އެއްޗެހި. ޔަހޫދީން ބުނާ ގޮތުން، ކާރުގަ ތިބީ ޓެރަރިސްޓުން. މި، ސްކޫލު ދަރިވަރުންނަކީ އަޅެ ޓެރަރިސްޓުންތަ؟ އިޒްރޭލަކީ ޔަހޫދީ ޢަދާވާތްތެރިއެއް. ވަރަށް ގިނަ މުދާ ހުރި ކާރުގަ. އެކަމަކު ހުރިހާ އެއްޗެއްވެސް އަނދާ އަޅިއަށްވެފަ ހުރި. ބޭނުން ކުރާނެ ހަމަ އެކައްޗެއްވެސް ނެތް.
ސަމީރު ޢައްޔޫބު؛ ލުބްނާނުން މަރުވި 3 ކުދިންގެ ބޮޑުބޭބެ

ޢުމުރުން 14 އަހަރުގެ ރީމާޒް ޢައްޔޫބްއާއި، 12 އަހަރުގެ ޑާލީން ޢައްޔޫބް އަދި 10 އަހަރުގެ ލިއާން ޢައްޔޫބްއަކީ އޮކްޓޯބަރ 7 ވަނަ ދުވަހު އިޒްރޭލުން ހިންގަން ފެށި ލާއިންސާނީ ޖަރީމާގައި މެދުއިރުމަތިން ޝިކާރައަކަށް ވި މީހުންގެ ލިސްޓަށް އެންމެ ފަހުން އިތުރުވި މީހުންގެ ތެރޭގައި ހިމެނޭ ބަޔެކެވެ. ކުޑަ ކުދިންތަކެކެވެ.

މީ ކުޑަކުޑަ ކުދިންކޮޅެކޭ. ހެޔޮ ނުވާނެ. އެ ކުދިން ދަތުރު ކުރި ކާރަށް ޙަމަލާ ދޭން، އެކުދިންގެ ކުށަކީ ކޮބާ؟ އެއްވެސް ފިރިހެނަކުވެސް އެ ކާރުގަ އިނީއެއް ނޫން. ހަތިޔާރެއް ހުރީއެއް ނޫން. ހަމަ އެކަނި ކުދިންތަކެއް ކާރުގަ... ކީއް ކުރަން އެ ކުދިންނަށް ޙަމަލާ ދޭންވީ؟ މީ ކޮންފަދަ ބޭ އިންސާފެއް؟ ކާރެއްގަ ދަތުރު ކުރަމުން ދިޔަ 5 މީހުން މަރާލަންވީ ކީއްވެ؟ މީ ކޮންފަދަ ބޭ އިންސާފެއް؟ ނިކަން ފިރިހެނުންނަށް ޙަމަލާ ދީބަލަ، ނޫނީ އެމީހުންނާ ހަނގުރާމަ ކުރާ މީހުންނަށް ޙަމަލާ ދީބަލަ.
ސަމީރު ޢައްޔޫބު؛ ލުބްނާނުން މަރުވި 3 ކުދިންގެ ބޮޑުދައިތަ

ޣައްޒާ ކޮންޓްރޯލް ކުރަމުން ދާ ޙަމާސް ޖަމާޢަތުގެ ވަސް، މި ބިންމަތިން ފޮހެލުމަށް ކަމަށް ބުނެ، އެޔެއް މިޔެއް ބެލުމެއް ނެތި ޔަހޫދީން ހިންގަމުން ދާ ޤަތުލުޢާންމުގައި މި ދުނިޔެއާ ވަކިވެ ދިޔަ މީހުންގެ ޢަދަދު މިހާރު އުޅެނީ 11000 އަށް ވުރެ މަތީގައެވެ. އޭގެ ތެރޭގައި 4000 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ. އިޒްރޭލުގެ ޢުދުވާންތަކުގައި މަރުވެ ދާ އަންހެނުންގެ ޢަދަދުވެސް އެހާ ގިނައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް