ކ. މާލެ
|
6 ނޮވެންބަރ 2023 | ހޯމަ 17:21
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ގޫގުލް
އަޟްޙާ ޢީދު ދުވަހު ހިނގި އެކްސިޑެންޓް
ހަފީޒުގެ ގައިގައި ޖެހުނު ސައިކަލު ދުއްވަން އިން މީހާ ޖަލަށް
 
ހަފީޒް އެކްސިޑެންޓުވެފައިވަނީ ހީނާމާގޭ ޕާކިންގ ޒޯނު ކައިރީގައި ހުންނަ މިސްކިތުން ފަތިސް ނަމާދުން ނިމިގެން ނުކުތްތަނާ
 
ޝަމްއާން ކުށަށް އިއުތިރާފްވެފައިވާތީވެ، ތަންފީޒުކުރަންޖެހޭ ޖަލު އަދަބަކީ 1 އަހަރާއި 10 މަހާއި 29 ދުވަސް
 
ޝަމްއާން ގެ މައްޗަށް ހުކުމްކޮށްފައިވަނީ ޤާޟީ އަލްއުސްތާޛް ފާއިޒް ރަޝާދު

މިދިޔަ އަޟްޙާ އީދު ދުވަހުގެ ފަތިހު މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓު ހިނގަން މެދުވެރިވި ސައިކަލް ދުއްވަން އިން މީހާ ޖަލަށް ލާން ހުކުމްކޮށްފިއެވެ.

އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން ރ.އިނގުރައިދޫ / ލެގޫން ވިއު، ޝަމްއާން އަބްދުއްޝަކޫރު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ ޖުލައި މަހުގެ 3 ވަނަ ދުވަހުއެވެ. އެއަށްފަހު އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަސް ޖަހައިދީފައިވާއިރު، އެ މުއްދަތު ހަމަވުމުން ކޯޓުން އަނެއްކާވެސް އޭނާ 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވެއެވެ.

އޭގެފަހުން، ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ ޝަރީއަތުގައި ޝަމްއާން ގެ މައްޗަށް ހުކުމްކޮށްފައިވަނީ ޤާޟީ އަލްއުސްތާޛް ފާއިޒް ރަޝާދުއެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ، ޝަމްއާން ގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާ އަކީ އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއަށް މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި އިއުތިރާފްވެފައިވާތީވެ، 2 އަހަރު ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާކަމަށެވެ.

ނަމަވެސް ޝަމްއާން ކުށަށް އިއުތިރާފްވެފައިވާތީވެ، ތަންފީޒުކުރަންޖެހޭ ޖަލު އަދަބަކީ 1 އަހަރާއި 10 މަހާއި 29 ދުވަސް ކަމަށް ޤާޟީ ވަނީ ނިންމަވާފައެވެ.

އެކްސީޑެންޓުގައި އަނިޔާލިބުނު ހަފީޒް ގައިގައި ސައިކަލުން ޖެހިފައިވަނީ ހީނާމާގޭ ޕާކިންގ ޒޯނު ކައިރީގައި ހުންނަ މިސްކިތުން ފަތިސް ނަމާދުން ނިމިގެން ނުކުތްތަނާއެވެ. މަންޒަރު ދުށް މީހުން ބުނާގޮތުގައި ސައިކަލު ދުއްވާފައި އައީ ވަރަށް ބާރަށެވެ. އަދި ހަފީޒުގެ ގައިގައި ސައިކަލު ޖެހުމުން އޭނާ ވަރަށް ދުރަށް ވިއްސައިގެން ދިޔަކަމަށް ބުނެފައިވެއެވެ.

މި އެކްސިޑެންޓްގެ ސަބަބުން ހަފީޒްގެ ހާލުގޯސްވެ އޭޑީކޭ ހޮސްޕިޓަލުގައި އޭނާއަށް ފަރުވާ ދިނުމަށް ފަހު، އިންޑިއާއިންވެސް ވަނީ ފަރުވާދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
100%
0%
0%
0%
ކޮމެންޓް