Advertisement
ކ. މާލެ
|
12 ސެޕްޓެންބަރ 2024 | ބުރާސްފަތި 15:39
ހައުސިންގ މިނިސްޓަރ ހައިދަރ - އެމްއެލްއެސްއޭ ގެ މަސައްކަތް ދެން ކުރާނީ މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން ކަމަށް ރައީސް އޮފީހުން ބުނޭ
ހައުސިންގ މިނިސްޓަރ ހައިދަރ - އެމްއެލްއެސްއޭ ގެ މަސައްކަތް ދެން ކުރާނީ މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން ކަމަށް ރައީސް އޮފީހުން ބުނޭ
ރައްޔިތުންގެ މަޖިލިސް
އޮފީސް އުވާލުން
މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ އުވާލައިފި
އެމްއެލްއެސްއޭ އިން ކުރަމުން އައި މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި މި ބަދަލާއެކު ހިނގާނެ ކަމަށް ރައީސް އޮފީހުން ބުނޭ

މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ (އެމްއެލްއެސްއޭ) ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އުވައިލައްވައިފިއެވެ.

އެމްއެލްއެސްއޭ ހިނގަމުން އައީ މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ދަށުންނެވެ.

އެމްއެލްއެސްއޭ އުވާލާފައިވާކަން ޢިއުލާންކުރީ ބުދަ ދުވަހު ރައީސް އޮފީހުން ނެރުނުދެންނެވުމުގައެވެ.

Advertisement

ރައީސް އޮފީހުން ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ މި އޮތޯރިޓީ އުވާލެއްވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116ވަނަ މާއްދާގެ (ހ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން ކަމަށެވެ.

ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ އުވާލުމުން އެތަނުން ކުރަމުން އައި މަސައްކަތްތައް ކުރާނީ މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން ކަމަށް ރައީސް އޮފީހުގެ ދެންނެވުމުގައި ވެއެވެ.

ރައީސް އޮފީހުން ބުނަނީ މި ބަދަލު ގެނައުމުން އެމްއެލްއެސްއޭ އިން ކުރަމުން އައި މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ހިންގައި، މިހާރަށްވުރެ ޚަރަދު ކުޑަ ގޮތެއްގައި އެ މަސައްކަތްތައް ކުރުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.

Advertisement

Advertisement
- ކޮމެންޓް