ކ. މާލެ
|
3 ނޮވެންބަރ 2023 | ހުކުރު 13:12
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގައި ފުރަތަމަ ފަހަރަށް ލެޕްރޮސްކޯޕިކް ހާނިއާ އޮޕަރޭޝަނެއް
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގައި ފުރަތަމަ ފަހަރަށް ލެޕްރޮސްކޯޕިކް ހާނިއާ އޮޕަރޭޝަނެއް
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
އާސަންދައިގެ ޚަރަދު
އަންނަ އަހަރުގެ ބަޖެޓުގެ 4 އިންސައްތައަކީ އާސަންދައަށް ކުރާ ޚަރަދު
އާސަންދައަށް މި އަހަރުގެ ނިޔަލަށް 2.3 ބިލިއަން ރުފިޔާ ހަރަދުވާނެ
2024 ވަނަ އަހަރުގެ ބަޖެޓުގައި އާސަންދައަށް ބަޖެޓްކޮށްފައިވަނީ 1.99 ބިލިއަން ރުފިޔާ

2024 ވަނަ އަހަރުގެ ބަޖެޓުން 4 އިންސައްތަ ޚަރަދުކުރަނީ އާސަންދައަށް ކަމަށް ބަޖެޓުގައި ބުނެފިއެވެ.

އަންނައަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ދައުލަތުގެ ބަޖެޓުގައި ބުނެފައިވަނީ އާސަންދައަށްކުރާ ހޭދައަކީ ދައުލަތުގެ ބަޖެޓުން އެއްކަމަކަށް އެންމެ ބޮޑު ހޭދައެއް ހިނގާ ޚަރަދު ކަމަށެވެ. އެގޮތުން 2024 ވަނަ އަހަރުގެ ބަޖެޓުގެ 4 އިންސައްތަ ހިއްސާކުރަނީ އާސަންދައަށް ކުރާ ޚަރަދަށް ކަމަށް ބަޖެޓުގައި ބުނެފައިވެއެވެ.

އަދި 2024 ވަނަ އަހަރު އާސަންދައިގެ ޚަރަދު ބަޖެޓުގައި ހިމަނާފައިވަނީ އާސަންދައިގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ހުށަހަޅާ ސިޔާސަތުތައް ތަންފީޒުކުރުމުން، ޚަރަދު ކުޑަވާނެކަމަށް ލަފާކޮށް، މިއަހަރާ އަލާ ބަލާއިރު 13.3 އިންސައްތަ ކުޑަކޮށެވެ. 2024 ވަނަ އަހަރުގެ ބަޖެޓުގައި އާސަންދައަށް ބަޖެޓްކޮށްފައިވަނީ 1.99 ބިލިއަން ރުފިޔާއެވެ.

ބަޖެޓުގައި ބުނެފައިވަނީ ފާއިތުވެދިޔަ 2 އަހަރުގައި އާސަންދައަށް ހިނގި ޚަރަދު ވަނީ ބަޖެޓުގައި ހިމެނި މިންވަރަށްވުރެ ދެގުނައަށްވުރެ ބޮޑަށް އިތުރުވެފައި ކަމަށެވެ. ހަމައެފަދައިން 2023 ވަނަ އަހަރުގެ އާސަންދަ ޚަރަދުގެ ގޮތުގައި 1 ބިލިއަން ރުފިޔާ ބަޖެޓް ކުރިނަމަވެސް، މި އަހަރުގެ ނިޔަލަށް 2.3 ބިލިއަން ރުފިޔާ ޚަރަދުވާނެކަމަށް މިހާރު ލަފާކުރެވޭ ކަމަށެވެ.

އަދި ދައުލަތުގެ ބަޖެޓުން އާސަންދައަށް ކުރާ ޚަރަދު އިތުރުވުމުގެ މައިގަނޑު ސަބަބަކީ އާސަންދަ ނިޒާމު ހަރުދަނާކުރުމަށް ހުށަހެޅި ސިޔާސަތުތަކުގެ ތެެރެއިން މިއަހަރު ފެށުމަށް ރޭވުނު ބަލްކް ޕްރޮކިއުމެންޓްގެ ދަށުން ބޭސް ހޯދުމުގެ ސިޔާސަތު ތަންފީޒުކުރުން ލަސްވެ، އާސަންދައިގެ ޚަރަދުން ލިބޭނެކަމަށް އަންދާޒާކުރި ސޭވިންގ ކުރިން އަންދާޒާކުރި މިންވަރަށް އެނގިފައިނުވުމުން ކަމަށް ބަޖެޓުގައި ބުނެފައިވެއެވެ.

އަދި ކޮވިޑް-19ގެ ބަލިމަޑުކަމަށްފަހު، ނޮން އިމަރޖެންސީ ބޭސްފަރުވާގެ ޚިދުމަތް ހޯދުން މަޑުޖެހިފައިވުމަށްފަހު، ވޭތުވެދިޔަ އަހަރާއި މިއަހަރު މިފަދަ ޚިދުމަތް ހޯދާ މިންވަރު އިތުރުވުމުންވެސް އާސަންދައިގެ ޚަރަދު އިތުރުވެފައިވާ ކަމަށް ބަޖެޓުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އާސަންދަ ނިޒާމު ހަރުދަނާކުރުމަށް ހުށަހަޅާ ސިޔާސަތުތަކުގެ ތެރެއިން ޔޫއެންޑީޕީ މެދުވެރިކޮށް ބަލްކް ޕްރޮކިއުމަންޓުގެ ނިޒާމުގެ ތެރެއިން ބޭސް އެތެރެކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އަދި އާސަންދައިގެ އޯވަރ ޔޫސް ނުވަތަ ބޭނުންވާ މިންވަރަށްވުރެ ބޭނުންކުރުން ކުޑަކުރުމަށް ހުށަހަޅާ ސިޔާސަތުތަކުގެ ތެރެއިން ވެސް މި ޚަރަދު ކުޑަކުރެވޭނެކަމަށް ބެލެވޭ ކަމަށް ބަޖެޓުގައި ބުނެފައިވެއެވެ.

- ކޮމެންޓް