ކ. މާލެ
|
1 ނޮވެންބަރ 2023 | ބުދަ 17:05
މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު
މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލިސް
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާއަށް އެޖެންޑާ ކޮށްފި
 
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިދިޔަ މަހުގެ 29، 30 އަދި މި މަހުގެ 1 ވަނަ ދުވަހު ވެސް ތާވަލު ކުރި
 
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ދެވަނަ ފަހަރަށް އެމްޑީޕީ ޕީޖީ ގްރޫޕުން މިދިޔަ މަހު މަޖިލީހަށް ވައްދާފައިވަނީ 49 މެމްބަރުންގެ ސޮޔާއެކު

މަޖިލީހަށް މިހާރު ހުށަހަޅާފައިވާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށްޓަކައި ބުރާސްފަތި ދުވަހު ޖަލްސާއެއް ބާއްވައިދިނުމަށް އެމްޑީޕީ ޕީޖީ ގްރޫޕުން އެދުމުން އެގޮތަށް މަޖިލީހުން ނިންމައިފިއެވެ.

މަޖިލީހުގެ އިދާރާގައި އެމްޑީޕީ ޕީޖީން ބުރާސްފަތި ދުވަހު ޖަލްސާއެއް ބޭއްވުމަށް އެދުނީ ބުދަ ދުވަހުއެވެ. މި މައްސަލަ މަޖިލީހުން ކުރިއަށް ނުގެންދާތީ އެމްޑީޕީގެ މަޖިލިސް މެމްބަރުން ބުދަ ދުވަހު އިހުތިޖާޖު ވެސް ކުރެއްވިއެވެ. އެގޮތުން ނަޝީދަށް އިތުބާރު ގެއްލިފައިވާކަމާއި، އިތުބާރު ގެއްލުމުން އެންމެ ރަނގަޅު ގޮތަކީ އަމިއްލަފުޅަށް އިސްތިއުފާ ދެއްވުންކަމަށް ލިޔެފައިވާ ބެނާއެއް ހިފައިގެން މެންބަރުން ވަނީ އިޖުތިޖާޖުކޮށްފައެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިދިޔަ މަހުގެ 29، 30 އަދި މި މަހުގެ 1 ވަނަ ދުވަހު ވެސް ތާވަލު ކުރިއެވެ. ނަމަވެސް އެ ޖަލްސާތަކަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމް ފޮނުއްވުމުން ޖަލްސާތައް ވަނީ ކެންސަލް ކޮށްފައެވެ. މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމުން އެ މައްސަލަ އެޖެންޑާ ކުރާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަންވާނީ ނައިބު ރައީސެވެ.

މި މައްސަލަ ކުރިއަށް ގެންދެވޭނެގޮތެއް ހޯދުމަށް އެމްޑީޕީން ވަނީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ. އެ ކޯޓުން މި މައްސަލަ ބަލައިގެންފައިވާއިރު މި މައްސަލަ އަންނަ ހަފުތާގެ ހޯމަ ދުވަހަށް ވަނީ މިހާރު ތާވަލުކޮށްފައެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ދެވަނަ ފަހަރަށް އެމްޑީޕީ ޕީޖީ ގްރޫޕުން މިދިޔަ މަހު މަޖިލީހަށް ވައްދާފައިވަނީ 49 މެމްބަރުންގެ ސޮޔާއެކުގައެވެ. އެމަނިކުފާނުގެ އިތުބާރު ނެތްކަމަށް ކަނޑައަޅަން ބޭނުންވާނީ 43 މެމްބަރުންގެ ވޯޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
100%
ކޮމެންޓް