ކ. މާލެ
|
31 އޮކްޓޯބަރ 2023 | އަންގާރަ 02:59
އިންޓަ ސްކޫލް ވޮލީ ބޯޅަ މުބާރާތުގައި ފ.އަތޮޅު މަދަރުސާ އިން ކުޅުނު މެޗެއްގެ ތެރެއިން
އިންޓަ ސްކޫލް ވޮލީ ބޯޅަ މުބާރާތުގައި ފ.އަތޮޅު މަދަރުސާ އިން ކުޅުނު މެޗެއްގެ ތެރެއިން
ރާއްޖެ އެމްވީ
އިންޓަ ސްކޫލް ވޮލީ މުބާރާތް 2023
16 އަހަރުން ދަށުގެ ފައިނަލްގައި ފ.އަތޮޅު މަދަރުސާ އަދި ކުނބުރުދޫ ސްކޫލް
އަތޮޅު ތެރެއިން ވާދަކުރާ ނުވަ ސްކޫލް ވެސް ވަނީ ރަނގަޅު ނަތީޖާއެއް ނެރެފައި

އިންޓަ ސްކޫލް ވޮލީ ބޯޅަ މުބާރާތުގެ 16 އަހަރުން ދަށުގެ އަންހެން ފައިނަލުން ފ.އަތޮޅު މަދަރުސާ އަދި އދ.ކުނބުރުދޫ ސްކޫލް ޖާގަ ހޯދައިފި އެވެ.

މުބާރާތުގެ ފައިނަލުން މި ދެ ޓީމު ޖާގަ ހޯދީ ހޯމަ ދުވަހުގެ ރޭ ކުޅުނު ސެމީ ފައިނަލް މެޗުތައް ކާމިޔާބުކޮށްގެންނެވެ. ސެމީ ފައިނަލްގައި ފ.އަތޮޅު މަދަރުސާ ޖާގަ ހޯދީ، ކެޔޮދޫ ސްކޫލާ ވާދަކޮށެވެ. އެ މެޗު ފ.އަތޮޅު މަދަރުސާ އިން ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް އެ ޓީމުން ހޯދީ 25-18، 25-17 އަދި 25-18 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެ ސްކޫލުގެ އީމާން އަލީ އެވެ.

ދެ ވަނަ ސެމީ ފައިނަލްގައި ކުނބުރުދޫ ސްކޫލް ނިކުތީ އިމާދުއްދީން ސްކޫލާ ދެކޮޅަށެވެ. އެ މެޗު ކުނބުރުދޫ އިން ކާމިޔާބު ކުރީ ފަސޭހަކަމާއެކު ސީދާ ތިން ސެޓުންނެވެ. އެ ޓީމުން މެޗުގެ ސެޓުތައް ހޯދީ 25-18، 25-08 އަދި 25-18 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކުނބުރުދޫ ސްކޫލްގެ އާމިނަތު އާސިޔާ މުޙައްމަދު އެވެ.

މިއަހަރުގެ މުބާރާތުގައި އަތޮޅު ތެރެއިން ނުވަ ސްކޫލެއް ވާދަކުރާއިރު، އަތޮޅު ތެރޭގެ ޓީމުތަކުން ވަނީ ރަނގަޅު ނަތީޖާއެއް ނެރެފަ އެވެ. މުބާރާތުގެ 14 އަހަރުން ދަށުގެ ފިރިހެން ފައިނަލް އޮންނާނީ އަންގާރަ ދުވަހުގެ ރޭ އެވެ. 14 އަހަރުން ދަށުގެ އަންހެން ފައިނަލް އަދި 16 އަހަރުން ދަށުގެ އަންހެން، ފިރިހެން ފައިނަލް މެޗުތައް އޮންނާނީ ބުދަ ދުވަހުގެ ރޭ އެވެ.

- ކޮމެންޓް