ކ. މާލެ
|
30 އޮކްޓޯބަރ 2023 | ހޯމަ 18:10
ފ އަތޮޅު މަދަރުސާގެ 14 އަހަރުން ދަށުގެ އަންހެން ޓީމު ކުޅުނު މެޗުގެ ތެރެއިން
ފ އަތޮޅު މަދަރުސާގެ 14 އަހަރުން ދަށުގެ އަންހެން ޓީމު ކުޅުނު މެޗުގެ ތެރެއިން
ރާއްޖެ އެމްވީ
އިންޓަ ސްކޫލް ވޮލީ މުބާރާތް 2023
އިންޓަ ސްކޫލް ވޮލީ މުބާރާތް: 14 އަހަރުން ދަށުގެ އަންހެން ފައިނަލުގައި ފ އަތޮޅު މަދަރުސާއާއި މަޑިފުށީ ސްކޫލް
މުބާރާތުގެ 16 އަހަރުން ދަށުގެ އަންހެން، އަދި ފިރިހެން ސެމީ ފައިނަލް މެޗުތައް ކުރިއަށްދާނީ ހޯމަ ދުވަހުގެ ރޭ

މިހާރު ކުރިއަށްދާ އިންޓަ ސްކޫލް ވޮލީ ބޯޅަ މުބާރާތުގެ 14 އަހަރުން ދަށުގެ އަންހެން ފައިނަލުން ފ އަތޮޅު މަދަރުސާއާއި މަޑުފުށީ ސްކޫލް ޖާގަ ހޯދައިފިއެވެ.

މުބާރާތުގެ ފައިނަލުން ފ އަތޮޅު މަދަރުސާ ޖާގަ ހޯދީ ހޯމަ ދުވަހުގެ ހަވީރު ކުޅުނު ސެމީ ފައިނަލުގައި ތާޖުއްދީން ސްކޫލްގެ މައްޗަށް ކުރިހޯދައިގެންނެވެ. އެ މެޗު ފ އަތޮޅު މަދަރުސާއިން ކާމިޔާބުކުރީ ފަސޭހަކަމާއެކު ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ފ އަތޮޅު މަދަރުސާއިން ކާމިޔާބުކޮށްފައި ވަނީ 25-06، 25-10 އަދި 25-09ންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފ އަތޮޅު މަދަރުސާގެ އާއިޝަތު އީވާ އަބްދުﷲއެވެ.

ހޯމަ ދުވަހުގެ ހަވީރު ކުޅުނު އަނެއް ސެމީ ފައިނަލް މެޗުގައި މަޑިފުށީ ސްކޫލުން ވަނީ ކެޔޮދޫ ސްކޫލްގެ މައްޗަށް ސީދާ ތިން ސެޓުން ކުރި ހޯދާފައެވެ. މެޗުގެ ސެޓުތައް މަޑިފުށީ ސްކޫލުން ކާމިޔާބުކުރީ 25-17، 25-09 އަދި 25-15އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މަޑިފުށީ ސްކޫލްގެ މަރިޔަމް ޔާނީ ޚަލީލްއެވެ.

މުބާރާތުގެ 16 އަހަރުން ދަށުގެ އަންހެން، އަދި ފިރިހެން ސެމީ ފައިނަލް މެޗުތައް ކުރިއަށްދާނީ ހޯމަ ދުވަހުގެ ރެއެވެ. 14 އަހަރުން ދަށުގެ ފިރިހެން ފައިނަލް އޮންނާނީ އަންގާރަ ދުވަހުގެ ރެއެވެ. 14 އަހަރުން ދަށުގެ އަންހެން އަދި 16 އަހަރުން ދަށުގެ އަންހެން، އަދި ފިރިހެން ފައިނަލް އޮންނާނީ ބުދަ ދުވަހުގެ ރެއެވެ.

- ކޮމެންޓް