ކ. މާލެ
|
30 އޮކްޓޯބަރ 2023 | ހޯމަ 07:20
ރާއްޖެއަށް ތަކުރާރުކޮށް އަންނަ ފަތުރުވެރިންތަކެއް-
ރާއްޖެއަށް ތަކުރާރުކޮށް އަންނަ ފަތުރުވެރިންތަކެއް-
ލާޓޭ ލަގްޒަރީ
ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިން
ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 1.5 މިލިއަނަށް އަރައިފި
ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 13.4 އިންސައްތަ އިތުރުވެފައި
މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ފެބްރުއަރީ މަހު
މިއަހަރު ރާއްޖެއަށް 1.9 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފައި

ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 1.5 މިލިއަނަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ހިސާބުތަކުން ދައްކާގޮތުގައި މި މަހުގެ 28 ވަނަ ދުވަހާ ހަމައަށް 1،505،366 (އެއް މިލިއަން ފަސް ލައްކަ ފަސް ހާސް ތިންސަތޭކަ ފަސްދޮޅަސް ހަ) ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 13.4 އިންސައްތަ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހާ ހަމައަށް ރާއްޖެ އައީ 1.3 މިލިއަން ފަތުރުވެރިންނެވެ.

މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ފެބްރުއަރީ މަހުގައެވެ. އެ މަހު ރާއްޖެއަށް 177،915 ފަތުރުވެރިން ޒިޔާރަތް ކުރިއެވެ. މި މަހުގެ މިހާތަނަށް ޒިޔާރަތް ކުރީ 144،318 ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާގޮތުގައި ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 5001 ފަތުރުވެރިން ޒިޔާރަތް ކުރެއެވެ. އަދި އެވްރެޖުކޮށް ފަތުރުވެރިއަކު ރާއްޖޭގައި 7.6 ދުވަސް ހޭދަކުރެއެވެ.

Advertisement

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރީ ރަޝިއާއިންނެވެ. އެ ޤައުމުން 172،472 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު އިންޑިއާއިން 163،513 ފަތުރުވެރިން، ޗައިނާއިން 163،036 ފަތުރުވެރިން، އިނގިރޭސިވިލާތުން 121،166 ފަތުރުވެރިން، ޖަރުމަނުން 105،862 ފަތުރުވެރިން، އިޓަލީން 89،725 ފަތުރުވެރިން، އެމެރިކާއިން 58،695 ފަތުރުވެރިން، ފްރާންސުން 40،500 ފަތުރުވެރިން، ސްޕެއިނުން 32،286 ފަތުރުވެރިން އަދި ސްވިޒަލެންޑުން 29،255 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ 1.5 މިލިއަން ފަތުރުވެރިން ހަމަވުމާ ގުޅިގެން ދާއިރާގެ ސްޓޭކް ހޯލްޑަރުންނަށް ޝުކުރު އަދާކޮށްފައެވެ. އެގޮތުން އިންވެސްޓަރުންނާއި ފަތރުުވެރިކަމުގެ ދާއިރާގަައި މަސައްކަތް ކުރާ މުވައްޒަފުން ކުރަމުން އަންނަ ބުރަ މަސައްކަތް އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

މިއަހަރު ރާއްޖެއަށް 1.9 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް