ކ. މާލެ
|
29 އޮކްޓޯބަރ 2023 | އާދީއްތަ 20:21
އީރާންގެ ރައީސް އިބްރާހިމް ރައީސީ
އީރާންގެ ރައީސް އިބްރާހިމް ރައީސީ
ރޮއިޓާސް
ފަލަސްތީން - އިސްރާއީލް ހަނގުރާމަ
އިސްރާއީލުން ވަނީ ޢައްޒާގައި "ރަތް ރޮނގު" ހުރަސްކޮށްފައި - އީރާންގެ ރައީސް
އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ފަލަސްތީނާއި އިސްރާއީލާއި ދެމެދު ދަނީ ހަމަލާ ބަދަލުކުރަމުން
އިސްރާއީލާއި ދެކޮޅަށް ފިޔަވަޅު އަޅަން މަޖުބޫރުވާ ހިސާބަށް ކަންކަން ހިނގައިދާނެ ކަމަށް ވިދާޅުވި

އިސްރާއީލުން ވަނީ ޢައްޒާގައި "ރަތް ރޮނގު" ހުރަސްކޮށްފައި ކަމަށް އިރާނުގެ ރައީސް އިބުރާހިމް ރައީސީ ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު އޭނާ ވިދާޅުވީ އިސްރާއީލުގެ އަމަލުތަކުގެ ސަބަބުން އިސްރާއީލާއި ދެކޮޅަށް ފިޔަވަޅު އަޅަން މަޖުބޫރުވާ ހިސާބަށް ކަންކަން ހިނގައިދާނެ ކަަމަށެވެ. އަދި ޔަހޫދީ އިސްރާއީލުން ފަލަސްތީނުގައި މުސްލިމުންނާއި ދެކޮޅަށް ހިންގާ ލާއިންސާނީ ޢަމަލުތައް ވަނީ ހައްދުފަހަނައަޅާފައި ކަމަށް އޭނާ ވިދާޅުވިއެވެ. އެ ހުރިހާ ކަމެއް ކުރާ އިރު އެމެރިކާ އިން އެދެނީ އީރާނުުން އެއްވެސް ކަމެއް ނުކޮށް ތިބެންތޯ އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.

ރައީސީ މީސްމީޑިއާ މެދުވެރިކުރައްވާ ހިއްސާކުރެއްވި ޕޯސްޓެއްގައި އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ. އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ފަލަސްތީނާއި އިސްރާއީލާއި ދެމެދު ބަދަލުކުރަމުންދާ ހަމަލާތަކުގައި ކުށެއް ނެތް އެތައްހާސް އާއްމުންނެއް ދަނީ ޝަހީދުވަމުންނެވެ. އަދި މިހާރު އިސްރާއީލުން ވަނީ އެއްގަމު މަގުން ވެސް ފަލަސްތީނަށް ހަމަލާތައް ދޭންފަށާ ދަނީ ހަމަލާތައް އިތުރަށް ވަރުގަދަ ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް