Advertisement
ކ. މާލެ
|
29 އޮކްޓޯބަރ 2023 | އާދީއްތަ 07:58
އދ.ގެ އާންމު މަޖިލީހުން ފާސްކުރީ ޣައްޒާގައި ހިންގާ ލާއިންސާނީ ހަމަނުޖެހުންތައް ވަގުތުން ވަގުތަށް އަދި ދެމެހެއްޓެނިވި ގޮތެއްގައި ހުއްޓުމަށް
އދ.ގެ އާންމު މަޖިލީހުން ފާސްކުރީ ޣައްޒާގައި ހިންގާ ލާއިންސާނީ ހަމަނުޖެހުންތައް ވަގުތުން ވަގުތަށް އަދި ދެމެހެއްޓެނިވި ގޮތެއްގައި ހުއްޓުމަށް
ހާރިޖީ ވުޒާރާ
އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް
އިސްރާއީލާއި ދެކޮޅަށް އދ. އިން ފާސްކުރި ގަރާރުގެ ކޯސްޕޮންސަރުންގެ ތެރޭގައި ރާއްޖެ ހިމެނޭ - ފޮރިން މިނިސްޓްރީ
އެއްވެސް ކޮޅަކަށް ވޯޓުނުދޭ ގައުމުތަކުގެ ތެރޭގައި ޖަރމަނީ، އިނގިރޭސިވިލާތް އަދި ކެނެޑާ ހިމެނޭ
ގަރާރު ފާސްވެފައިވަނީ 120 ވޯޓުން، ދެކޮޅަށް 14 ގައުމު، އެއްވެސް ކޮޅަކަށް ވޯޓުނުދޭ 45 ގައުމު

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް މެދުކަނޑާލުމަށާއި ޣައްޒާގެ އާއްމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލައި އދ އިން ފާސްކުރި ގަރާރު ދިވެހިރާއްޖެ އިން ކޯ-ސްޕޮންސާކޮށްފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

46 ގައުމަކުން އެ ގަރާރު ހުށަހަޅާފައިވާ އިރު އެ ގަރާރު ފާސްވީ 120 ޤައުމުގެ ވޯޓާއި އެކުގައެވެ. އެ ގަރާރު ފާސްކުރި އދ. ގެ އާންމު މަޖިލީހުގެ ކުއްލި ބައްދަލުވުމުގައި ބައިވެރިވީ 193 ގައުމުންނެވެ. ގަރާރާ ދެކޮޅަށް 14 ގައުމެއް ވޯޓު ދިން އިރު، ވަކި ކޮޅަކަށް ނުޖެހި 45 ގައުމެއް ވޯޓުގައި ބައިވެރިވި އެވެ.

ގަރާރާ ދެކޮޅަށް ވޯޓު ދިން ގައުމުތަކުގެ ތެރޭގައި ހިމެނެނީ އެމެރިކާ، އިސްރާއީލު، އޮސްޓްރިއާ، ކްރޮއޭޝިޔާ، ޗެކް ރިޕަބްލިކް، ގުއާޓަމާލާ، ހަންގޭރީ، މާރޝަލް އައިލެންޑްސް، ޕެރަގުއޭ އަދި ޓޮންގޯ އެވެ.

Advertisement

އެއްވެސް ކޮޅަކަށް ވޯޓުނުދޭ ގައުމުތަކުގެ ތެރޭގައި ޖަރމަނީ، އިނގިރޭސިވިލާތް އަދި ކެނެޑާ ހިމެނެއެވެ.

ހަނގުރާމަ ހުއްޓާލާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލާ އދ ން ފާސްކުރި ގަރާރަށް ހަމާސް އާއި ފަލަސްތީނިއަން އޮތޯރިޓީން ވަނީ މަރުޙަބާ ކިޔާފައެވެ. ހަމާސް އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ގަރާރުގައި ބުނެފައިވާ ގޮތަށް ވަގުތުން އަމަލުކޮށް ތެލާއި އިންސާނީ އެހީތެރިކަން ޣައްޒާއަށް ފޯރުކޮށްދިނުމަށް ގޮވާލާކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް