ކ. މާލެ
|
27 އޮކްޓޯބަރ 2023 | ހުކުރު 05:25
އިންޓަ ސްކޫލް ވޮލީ ބޯޅަ މުބާރާތުގެ ތެރެއިން
އިންޓަ ސްކޫލް ވޮލީ ބޯޅަ މުބާރާތުގެ ތެރެއިން
ވީއޭއެމް
އިންޓަ ސްކޫލް ވޮލީ މުބާރާތް 2023
އިންޓަ ސްކޫލް ވޮލީ މުބާރާތް: 14 އަހަރުން ދަށުގެ ފިރިހެން ފައިނަލަށް ފ.އަތޮޅު މަދަރުސާ
މި އުމުރުފުރާގައި ޖުމުލަ ހަތަރު ސްކޫލަކުން ބައިވެރިވެފައިވާތީ، މިބައިގެ ކުޅުން ކުރިއަށް ގެންދަނީ ލީގު އުސޫލުން

މިހާރު ކުރިއަށްދާ އިންޓަ ސްކޫލް ވޮލީ ބޯޅަ މުބާރާތުގެ 14 އަހަރުން ދަށުގެ ފައިނަލުން، ފ.އަތޮޅު މަދަރުސާ ޖާގަ ހޯދައިފި އެވެ.

މި އުމުރުފުރާގައި ޖުމުލަ ހަތަރު ސްކޫލަކުން ބައިވެރިވެފައިވާތީ، މިބައިގެ ކުޅުން ކުރިއަށް ގެންދަނީ ލީގު އުސޫލުންނެވެ. އެގޮތުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކުރުމަށްފަހު، އެންމެ މަތިން ޕޮއިންޓު ލިބޭ ޓީމެއް ސީދާ ފައިނަލަށް ދާނެ އެވެ. ދެ ވަނަ ޓީމާއި ތިން ވަނަ ޓީމާ ދެމެދު ސެމީ ފައިނަލެއް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.

މިބައިގެ ފައިނަލުން ފ.އަތޮޅު މަދަރުސާ ޖާގަ ހޯދީ ދެ ވަނަ މެޗުގައި ބުރާސްފަތި ދުވަހުގެ ރޭ މުހްޔިއްދީން ސްކޫލްގެ މައްޗަށް ކުރި ހޯދައިގެންނެވެ. ފ.އަތޮޅު މަދަރުސާ އިން އެ މެޗު ކާމިޔާބު ކުރީ ސީދާ ދެ ސެޓުންނެވެ. މެޗުގެ ސެޓުތައް އެ ޓީމުން ކާމިޔާބު ކުރީ 25-9 އަދި 25-5 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފ.އަތޮޅު މަދަރުސާގެ އަލޫފް ޢަބްދުﷲ އެވެ. ފ.އަތޮޅު މަދަރުސާ އަށް ދެން އޮންނާނީ ތާޖުއްދީން ސްކޫލާ ދެކޮޅަށް ކުޅޭ، ލީގު ބުރުގެ ފަހު މެޗެވެ.

މިބައިގައި ތާޖުއްދީން ސްކޫލާއި، ކެޔޮދޫ ސްކޫލް ބައްދަލު ކުރި މެޗު ސީދާ ދެ ސެޓުން ކާމިޔާބު ކުރީ ކެޔޮދޫ ސްކޫލުންނެވެ. 14 އަހަރުން ދަށުގެ އަންހެން ބައިގައި މަޑިފުށިން ވަނީ ސީދާ ދެ ސެޓުން ތާޖުއްދީން ސްކޫލް ބަލިކޮށްފަ އެވެ. އަދި ހުރަވީން ވަނީ ސީދާ ދެ ސެޓުން މަޖީދިއްޔާ ސްކޫލް ބަލިކޮށްފަ އެވެ.

ބުރާސްފަތި ދުވަހު ދެން ކުރިއަށް ދިޔައީ 16 އަހަރުން ދަށުގެ ފިރިހެން މެޗުތަކެވެ.

- ކޮމެންޓް