Advertisement
ކ. މާލެ
|
24 އޮކްޓޯބަރ 2023 | އަންގާރަ 13:10
ފުލުހުންގެ ޕޮލްކޯ ފްލެޓް
ފުލުހުންގެ ޕޮލްކޯ ފްލެޓް
ސޯޝަލް މީޑިއާ
ޕޮލްކޯ ފްލެޓްތައް
ޕޮލްކޯ ފްލެޓްތަކުގެ ކޮމާޝަލް ޔުނިޓުތައް ކުއްޔަށްދިނުމާ ގުޅޭ މައްސަލައެއް ބަލަނީ
ޕޮލްކޯ ޓަވަރުތަކުގައި ޖުމްލަ 361 ޔުނިޓްގެ 3 ޓަވަރުގައި ހިމެނޭ
ފްލެޓްތަކުގައި އެޕާރޓްމެންޓްތަކުގެ އިތުރުން ޕާރކިން އޭރިއާ، ކޮމާރޝަލް އޭރިއާ އަދި މަލްޓިޕާރޕަސް ހޯލް ހިމެނޭ
އެ އެކަމާ ގުޅިގެން ކުރިޔަށް ގެންދާ އެންމެހައި ކަންކަން ކުރިޔަށް ނުގެންގޮސް މަޑުޖައްސައިލުމަށް އޭސީސީން ވަނީ އަންގާފަ

ޕޮލްކޯ ފްލެޓްތަކުގެ ކޮމާޝަލް ޔުނިޓުތައް ކުއްޔަށްދިނުމާ ގުޅޭ މައްސަލައެއް އެންޓިކޮރަޕްޝަން ކޮމިޝަން އޭސީސީން ތަހުގީގުކުރަމުންދާ ކަމަށް އޭސީސީން ބުނެފިއެވެ.

އޭސީސީން ރާއްޖެޓީވީ އަށް މައުލޫމާތުދެމުން ބުނީ އެފަދަ ތަހުގީގުކުރަމުން ދާތީ، އެ އެކަމާ ގުޅިގެން ކުރިޔަށް ގެންދާ އެންމެހައި ކަންކަން ކުރިޔަށް ނުގެންގޮސް މަޑުޖައްސައިލުމަށް އޭސީސީން އަންގާފަވާނެ ކަމަށެވެ.

Advertisement

ފުލުހުންގެ ވެލްފެއާ ކުންފުނި ޕޮލްކޯއިން ހުޅުމާލޭގައި ތަރައްޤީކުރާ ފުލެޓުތަކުގެ ކޮމާޝަލް ޔުނިޓުތައް ވަކި ބަޔަކަށްދޭން އުޅޭ ކަމުގެ އަޑުތައް މީސްމީޑިއާގައި ވަނީ ފެތުރިފައެވެ. އެހެންނަމަވެސް ޕޮލްކޯ ފްލެޓްތަކާއި މެދު ބަލަމުންދާ މައްސަލަ އަކީ ކޮން ކަމަކާއި ގުޅޭ މައްސަލަ އެއްކަން އަދި އެ މައްސަލަ ބަލަން ފެށީ ކޮން އިރަކު ކަން އޭސީސީން އަދި ހާމަކޮށްފައެއް ނުވެއެވެ.

2021 ވަނަ އަހަރުގެ ޑިސެމްބަރު 30 ވަނަ ދުވަހު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިިޓެޑާއި ހަވާލުކޮށްފައިވަނީ ޕޮލްކޯ ޓަވަރު އޭ، ބީ، ސީގެ ނުނިމިހުރި މަސައްކަތްތައް ކުރުމަށެވެ. ޕޮލްކޯ ޓަވަރުތަކުގައި ޖުމްލަ 361 ޔުނިޓްގެ 3 ޓަވަރުގައި ހިމެނޭ ޔުނިޓެއްގެ ބޮޑުމިނުގައި 1100 ވަރަކަށް އަކަފޫޓު ހުރެއެވެ. މި ޓަވަރުތަކުގައި ހިމެނޭ ވަސީލަތްތަކުގެ ތެރޭގައި އެޕާރޓްމެންޓްތަކުގެ އިތުރުން ޕާރކިން އޭރިއާ، ކޮމާރޝަލް އޭރިއާ އަދި މަލްޓިޕާރޕަސް ހޯލް ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް