ކ. މާލެ
|
18 އޮކްޓޯބަރ 2023 | ބުދަ 12:18
ޣައްޒާގެ އަލް އަހްލީ ހޮސްޕިޓަލަށް ދިން ހަމަލާފައި ޝަހީދުވި މީހުން
ޣައްޒާގެ އަލް އަހްލީ ހޮސްޕިޓަލަށް ދިން ހަމަލާފައި ޝަހީދުވި މީހުން
ރޮއިޓާސް
އަލް އަހުލީ ހޮސްޕިޓަލަށް ދިން ހަމަލާ
އަލް އަހުލީ ހޮސްޕިޓަލަށް ދިން ހަމަލާގައި ޝަހީދުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ލަފާކޮށްފި
ޖަނާޒާގައި ގިނަ މީހުން ބައިވެރިވުމަށް ވަނީ ގޮވާލާފައި
ޝަހީދުވި ބައެއް މީހުންގެ ހަށިގަނޑު ދެނެގަނެވިފައި ނުވޭ

އަލް އަހުލީ އަރަބް ހޮސްޕިޓަލަށް، ޔަހޫދީ ސިފައިން ދިން ހަމަލާގައި ޝަހީދުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ލަފާކޮށްފިއެވެ.

އިސްރާއީލުން އެ ހޮސްޕިޓަލަށް ދިން ހަމަލާގައި ޝަހީދުވި ގިނަ މީހުންނަކީ އަންހެނުންނާއި ކުޑަކުދިން ކަމަށް ޣައްޒާގެ ސިއްހީ އޮފިޝަލުން ހާމަކޮށްފައިވާއިރު، ގިނަ އަދަދެއްގެ ހަށިގަނޑުތަކެއް ދެނެގަނެވިފައި ނުވާތީ ޝަހީދުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭކަމަށް ވަނީ ބުނެފައެވެ. އަންގާރަ ދުވަހުގެ ރޭ ހޮސްޕިޓަލަށް ޔަހޫދީ ސިފައިން ދިން ބޮމުގެ ހަމަލާގައި ޝަހީދުވި އެތައްސަތޭކަ މީހުންގެ ޖަނާޒާ ބުދަ ދުވަހު ބާއްވަން ނިންމާފައިވާ އިރު، ގިނަ ބަޔަކު ބައިވެރިވުމަށް އޮފިޝަލުން ވަނީ ގޮވާލާފައެވެ.

މަދުވެގެން ފަސް ހޮސްޕިޓަލަކަށް، ހޮސްޕިޓަލުން ބޭރަށް ނުކުތުމަށް އިސްރާއީލުން އިންޒާރު ދީފައިވެއެވެ. ބައިނަލްއަގްވާމީ ގާނޫނުތަކުގައިވާ ގޮތުން ހޮސްޕިޓަލްތަކަކީ ރައްކާތެރި އަދި ހަމަލާތަކުން އެކަހެރި ކުރެވެންޖެހޭ ތަންތަނަށް ހެދުމަށް ނިންމާފައިވާ ތަންތަނެވެ. ޣައްޒާގައި މި އުސޫލު ދަމަހައްޓާފައެއް ނުވެއެވެ.

ހޮސްޕިޓަލްތައް ހުސްކުރަން ޖެހެނީ ކިހިނެއްތޯ، އަދި ހާލު ސީރިއަސް ބައެއް ހިމެނޭ ގޮތަށް ބަލިމީހުން ގެންދާނީ ކޮންތާކަށް ހެއްޔެވެ؟

ގެއިން ބޭރަށް ނުކުތުމުގެ އިންޒާރުތަކުގެ ފަހަތުގައިވާ އިސްރާއީލުގެ ނިޔަތް ޣައްޒާގައި ތިބި މީހުންނަށް އަދިވެސް ސާފެއް ނުވެއެވެ.

އިސްރާއިލުގެ ލާއިންސާނީ ހަމަލާގައި ޝަހީދުވި މީހުންގެ އަދަދު މިހާރުވެސް އުޅެނީ 1000ން މަތީގައެވެ. އަދި މި ހަމަލާއާއި ގުޅިގެން، އެމެރިކާގެ ރައީސް ޖޯ ބައިޑަން މެދު އިރުމައްޗަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ބޭއްވުމަށް ހަމަޖެހިފައިވާ ބައިޑަން ސަމިޓް އުރުދުނުން ވަނީ ބޮއިކޮޓްކޮށްފައެވެ. އެހެންކަމުން މި ދަތުރުފުޅުގައި ބައިޑަން ވަޑައިގަންނަވާނީ އިސްރާއިލަށް އެކަންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް