ކ. މާލެ
|
14 އޮކްޓޯބަރ 2023 | ހޮނިހިރު 12:33
ގައްޒާއަށް ޔަހޫދީ ސިފައިން ދިން ހަމަލާތަކުގައި ޝަހީދުވި މީހެއް ގެންދަނީ
ގައްޒާއަށް ޔަހޫދީ ސިފައިން ދިން ހަމަލާތަކުގައި ޝަހީދުވި މީހެއް ގެންދަނީ
އަލް ޖަޒީރާ
ގައްޒާއަށް ދެމުންދާ ހަމަލާ
ގައްޒާގައި ޝަހީދުވި މީހުންގެ އަދަދު 1900ށް
7696 މީހަކު ވަނީ ޒަހަމްވެފައި
ގިނަ އަދަދެއްގެ ކުޑަކުދިން ދަނީ ޝަހީދުކޮށްލަމުން

ގައްޒާގައި ޝަހީދުވި މީހުންގެ އަދަދު 1900ށް އަރައިފިއެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުގައި ބުނެފައިވަނީ އިސްރާއީލުން ގައްޒާއަށް ދިން ވައިގެ ހަމަލާތަކުގައި ފަލަސްތީނުގެ 1،900 މީހުން މަރުވެ، 7،696 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.

ހަމާސްގެ އޮފިޝަލުން ބުނާ ގޮތުގައި ގައްޒާ ސިޓީން ފިލައިގެން ދިޔަ ގާފިލާތަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި 70 މީހުން ޝަހީދުވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއީލުން ދިން އިންޒާރަކަށްފަހު ފަލަސްތީނުގެ އެތައް ހާސް އާންމުންނެއް ގައްޒާގެ އުތުރުން ރައްކާތެރި ހިސާބުތަކަށް ހިޖުރަކުރަމުންދާ ކަމަށެވެ.

ހިފާފައިވާ ހުޅަނގު އައްސޭރީގައި ހުކުރު ދުވަހު އިސްރާއީލުން ފަލަސްތީނުގެ 16 މީހަކު ޝަހީދުކޮށްލާފައިވާއިރު، ހަނގުރާމަ ފެށުނު ފަހުން އެ ސަރަހައްދުގައި ޝަހީދުކޮށްލެވުނު ފަލަސްތީނުގެ މީހުންގެ އަދަދު ވަނީ 51 އަށް އަރާފައެވެ.

ވޭތުވެދިތަ 24 ގަޑިއިރު ތެރޭގައި އިސްރާއީލުގެ ވައިގެ ހަމަލާތަކުގައި 20 ކުޑަކުދިން ހިމެނޭ ގޮތަށް 256 މީހުން ޝަހީދުވެ، 1،788 މީހުން ޒަޚަމްވެފައިވާ ކަމަށް ޣައްޒާގެ ހޮސްޕިޓަލްތަކުން ބުނެއެވެ.

ފަލަސްތީނުގެ ވާފާގެ ނޫސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއީލުގެ ސިފައިން އަމާޒުކޮށްފައިވަނީ ގައްޒާ ސިޓީގެ ތަލް އަލް-ހަވާ އަވަށް އާއި ރެޑް ކްރެސެންޓްގެ އަލް ޤުދުސް ހޮސްޕިޓަލަށް ކަމަށާއި އެތަނުން އެތައް ސަތޭކަ އާއިލާއެއް އިސްރާއީލުގެ ބޮމުގެ ހަމަލާތަކުން ރައްކާތެރިކަން ހޯދުމަށް ހިމާޔަތް ހޯދާފައިވާ ކަމަށެވެ.

އަދި ބޮމުގެ ހަމަލާގައި އެ ސަރަހައްދުގެ ދިހަވަރަކަށް ގެއާއި މީހުން ދިރިއުޅޭ އިމާރާތްތައް ވެސް ހަލާކުވެފައިވާ ކަމަށް ވާފާއިން ރިޕޯޓްކޮށްފައިވެއެވެ. އަދި ދެކުނުގެ ނާސިރާއި އަބޫ ޔޫސުފް އަލް ނަޖާރު ހޮސްޕިޓަލް ދިން ހަމަލާއަށްފަހު، އެ ހޮސްޕިޓަލަށް ޒަހަމްވެގެން ގެންނަ މީހުންނަށް ފަރުވާދެވޭނެ ގޮތް ހުއްޓިފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް