ވޯލްޑްކަޕް ކޮލިފައިންގގެ ގްރޫޕް ސްޓޭޖަށް ދިއުމަށް ކޮންމެހެން މޮޅުވާން މަޖުބޫރު މެޗަށް ރާއްޖޭގެ ގައުމީ ޓީމު މިއަދު ހެނދުނު ބަނގްލަދޭޝް އަށް ދާން ފުރައިފި އެވެ.
ބަނގްލަދޭޝްގެ ބަޝުންދުރަ ކިންގް އެރީނާގައި އަންނަ އަންގާރަ ދުވަހު ކުޅެންޖެހޭ މެޗަށް ގައުމީ ޓީމު ފުރީ ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގަ އެވެ.
މި މެޗަށް ރާއްޖެ ކުރިމަތިލާއިރު ނަތީޖާ ނެރެން މަޖުބޫރުވެފައިވަނީ މި ދެ ގައުމު ޕްރިލިމިނަރީ ބުރުގައި އިއްޔެ ގަލޮޅު ދަނޑުގައި ކުޅުނު މެޗު 1-1އިން އެއްވަރުވެފައިވާތީ އެވެ. ރާއްޖޭގެ ޓީމުގެ ހެޑް ކޯޗަކީ ތަޖުރިބާކާރު ކޯޗު އަލީ ސުޒޭނެވެ.
މި މެޗަށް ފަހު ބަނގްލަދޭޝް ޓީމު ވެސް މިހާރު ވަނީ އަމިއްލަ ގައުމަށް ދިއުމަށް ފުރައިފަ އެވެ. އެ ޓީމުފެ ކޯޗު ސްޕޭނުގެ ހާވިއާ ކަބަރޭރާ ބުނީ ރާއްޖެ އަކީ އަބަދުވެސް އަމިއްލަ ދަނޑުގައި ކުޅޭއިރު ގަދަ ޓީމެއް ކަމަށާއި އޭނާގެ ކުޅުންތެރިން އިއްޔެ ދެއްކި ކުޅުމާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ.
މި މެޗަކީ ފުރަތަމަ ފަހަރަށް އަމިއްލަ ދަނޑުގައި ރާއްޖެ އަށް ބަނގްލަދޭޝް ބަލިނުކުރެވުނު ފުރަތަމަ ފަހަރެވެ.