ކ. މާލެ
|
12 އޮކްޓޯބަރ 2023 | ބުރާސްފަތި 11:50
ބާމިންހަމް ސިޓީގެ ކޯޗަކަށް ހަމަޖެއްސި ރޫނީ
ބާމިންހަމް ސިޓީގެ ކޯޗަކަށް ހަމަޖެއްސި ރޫނީ
ރޮއިޓާސް
ބާމިންހަމް
މަތީ ފަންތީގައި ކޯޗުކަން ކޮށްދޭން އަބަދު ވެސް ބޭނުންވޭ: ރޫނީ
 
އެއް ދުވަހުން އަނެއް ދުވަހަށް މަތީ ފަންތީގައި ހުންނަން ބޭނުންވޭ، ބާމިންހަމް ސިޓީއާ ހަވާލުވީ ވެސް އެ އަޒުމުގައި

މަތީ ފަންތީގައި ކޯޗުކަން ކޮށްދޭން އަބަދު ވެސް ބޭނުންވާ ކަމަށް، ބާމިންހަަމް ސިޓީގެ ކޯޗު ވޭން ރޫނީ ބުނެފި އެވެ.

ބާމިންހަމް ސިޓީ އަކީ، އިނގިރޭސި ޤައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަދި މެންޗެސްޓަރ ޔުނައިޓެޑުގެ ކުރީގެ ފޯވާޑް އިރުޝާދު ދޭނެ ތިން ވަނަ ކުލަބެވެ. އެ ކުލަބާ އޭނާ ހަވާލުވީ ތިން އަހަރާ ބައިގެ އެއްބަސްވުމެއްގެ ދަށުންނެވެ. ބާމިންހަމް ސިޓީއާ ހަވާލުވުމަށްފަހު ވާހަކަ ދައްކަމުން ރޫނީ ބުނީ، އޭނާ އަކީ ވަރަށް އުންމީދީ މީހެއް ކަމަށެވެ. ޚާއްސަކޮށް އެއް ދުވަހުން އަނެއް ދުވަހަށް މަތީ ފަންތީގައި ހުންނަން ބޭނުންވާ ކަމަށާއި، ބާމިންހަމް ސިޓީއާ ހަވާލުވީ ވެސް އެ އަޒުމުގައި ކަމަށް އޭނާ ބުންޏެވެ. އެކަން ފާހަގަކޮށް ރޫނީ ބުނީ، ބާމިންހަމް ސިޓީ ކުރިއަރުވަން އޭނާގެ ހުރިހާ މަސައްކަތެއް ހުަސްކުރާނެ ކަމަށާއި، ބޭނުންވަނީ ބާމިންހަމަށް ކާމިޔާބު ހޯދައިދޭނެ ކޯޗަކަށްވާން ކަމަށެވެ.

އޭނާ ބުނީ އަމިއްލަ ނަފްސު ވެސް މިހާރަށްވުރެ އިތުރަށް ކުރިއަރުވަން ބޭނުންވާ ކަމަށާއި، އެކަމަށް ވަގުތު ނަގާނެކަން ޤަބޫލު ކުރާ ކަމަށެވެ. ބާމިންހަމް ސިޓީގެ ކޯޗުކަމާ ހަވާލުވެވުމުން އެކަމާ ވަރަށް އުފާވާ ކަމަށާއި، ފޯކަސް އޮންނާނީ ހަވާލު ކުރެވުނު މަސައްކަތަކަށް ކަމަށް ވެސް ރޫނީ ވަނީ ބުނެފަ އެެވެ. ކުރީގެ ކުލަބު ޑީސީ ޔުނައިޓެޑާ ގުޅޭ ގޮތުން ރޫނީ ބުނީ އެ ކުލަބާއެކު އަބަދު ވެސް ގާތް ގުޅުމެއް އޮންނާނެ ކަމަށާއި، މޭޖާ ލީގް ސޮކާ (އެމެރިކާ ލީގު)ގެ އެހެން ކުލަބަކަށް ބަދަލު ނުވީ ވެސް އެ ސަބަބާ ހުރެ ކަމަށެވެ.

ބާމިންހަމް އިން ރޫނީ އަށް ކޯޗުކަން ދިނީ ކުރިން އެމަގާމުގައި ހުރި ޖޯން އެއުސްޓޭސް މަގާމުން ވަކިކުރުމަށްފަހު އެވެ. އޭނާ ވަކިކުރީ 15 މަސް ދުވަހަށް ފަހު އެވެ. މިއީ އެ ކުލަބުގެ އެމެރިކާގެ ވެރިން ޖުލައި މަހު ކްލަބާ ހަވާލުވުމަށްފަހު، ކޯޗު ބަދަލުކުރި ފުރަތަމަ ފަހަރެވެ. ރޫނީ އާއެކު ބާމިންހަމް ސިޓީގައި މަސައްކަތް ކުރުމަށް ވެސް ވަނީ ވަކި ޓީމެއް ނަގައިފަ އެވެ. އޭގެ ތެރޭގައި ގިނައިން ހިމެނެނީ މީގެ ކުރިން އޭނާ އާއެކު މަސައްކަތް ކޮށްފައިވާ ފަރާތްތަކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް