ކ. މާލެ
|
11 އޮކްޓޯބަރ 2023 | ބުދަ 17:14
ވޭން ރޫނީ، ޑީސީ ޔުނައިޓެޑުގައި: ފޮޓޯ-ރޮއިޓަރސް
ވޭން ރޫނީ، ޑީސީ ޔުނައިޓެޑުގައި: ފޮޓޯ-ރޮއިޓަރސް
ރޮއިޓާސް
ބާމިންގަހަމް ކޯޗަކަށް ރޫނީ
ބާމިންގހަމް ސިޓީގެ ކޯޗަކަށް ރޫނީ ހަމަޖައްސައިފި
 
ރޫނީއަށް ދިނީ ތިން އަހަރާއި ބައިގެ އެއްބަސްވުމެއް

އިނގިރޭސި ދެވަނަ ޑިވިޝަންގެ ޗެމްޕިއަންޝިޕްގައި ވާދަކުރަމުން އަންނަ ބާމިންގހަމް ސިޓީގެ އާ ކޯޗަކަށް، އިނގިރޭސި ގައުމީ ޓީމްގެ ކުރީގެ ކެޕްޓަން ވޭން ރޫނީ ހަމަޖައްސައިފިއެވެ.

އިނގިރޭސި ގައުމީ ޓީމާއި މެންޗެސްޓަރ ޔުނައިޓެޑުގެ ކުރީގެ ފޯވާޑަށް ބާމިންގހަމް ސިޓީން ދިނީ ތިން އަހަރާއި ބައިގެ އެއްބަސްވުމެކެވެ. ބާމިންގހަމްއިން ރޫނީއަށް ކޯޗުކަން ދިނީ ކުރިން އެމަގާމުގައި ހުރި ޖޯން އެއުސްޓޭސް މަގާމުން ވަކިކުރުމަށްފަހުއެވެ. އޭނާ ވަކިކުރީ 15 މަސް ދުވަހަށް ފަހުއެވެ. މިއީ ކްލަބްގެ އެމެރިކާގެ ވެރިން ޖުލައި މަހު ކްލަބާ ހަވާލުވުމަށްފަހު ކޯޗު ބަދަލުކުރި ފުރަތަމަ ފަހަރެވެ. ރޫނީއަށް އެހީތެރިވުމަށް އޭނާއާއެކު ގައުމީ ޓީމަށް ކުޅުނު, މިހާރު އިނގިރޭސި 21 އަހަރުން ދަށުގެ ކޯޗަކަށް ހުރި އޭޝްލީ ކޯލްވެސް ޓީމާ ގުޅޭނެއެވެ. އަދި އަޔަލެންޑުގެ އެސިސްޓެންޓް ކޯޗަކަށް ހުރި ޖޯން އޯޝީވެސް ކޯޗިންގ ޓީމާ ގުޅޭނެއެވެ. މީގެއިތުރުން އެމެރިކާގެ ޑީސީ ޔުނައިޓެޑުގައި ރޫނީއާއެކު އެސިސްޓެންޓް ކޯޗުންގެ ގޮތުގައި މަސައްކަތްކުރި ދެ ކޯޗުންވެސް ބާމިންގހަމް ސިޓީގައި ރޫނީއާއެކު މަސައްކަތް ކުރާނެއެވެ.

ބާމިންގހަމް ސިޓީން ބުނީ، ރޫނީއަށް މިފަދަ ފުރުސަތެއް މިހާރު ހައްގުކަމަށާއި, ރޫނީގެ މޮޅުވުމުގެ ރޫހާއެކު ކްލަބް ދެން އޮތް ހަރުފަތަށް ގެންދެވޭނެކަމަށް ގަބޫލުކުރާ ކަމަށެވެ. އެކަމުގައި ކްލަބުގެ ބޯޑާއި, މުޅި ޓީމުގެ ސަޕޯޓް ރޫނީއާއި ކޯޗިންގ ޓީމަށް ލިބޭނެކަމުގެ ޔަގީންކަންވެސް ކްލަބުން ދިނެވެ. 37 އަހަރުގެ ރޫނީ ޑީސީ ޔުނައިޓެޑް ދޫކޮށްލީ ދެފަރާތް އެއްބަސްވެ އެއްބަސްވުން އުވާލައިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
100%
ކޮމެންޓް