ކ. މާލެ
|
8 އޮކްޓޯބަރ 2023 | އާދީއްތަ 22:05
ވޭން ރޫނީ ޑީސީ ޔުނައިޓެޑްގައި: ފޮޓޯ-ރޮއިޓަރސް
ވޭން ރޫނީ ޑީސީ ޔުނައިޓެޑްގައި: ފޮޓޯ-ރޮއިޓަރސް
ރޮއިޓާސް
ރޫނީގެ ކުރިމަގު
ވޭން ރޫނީގެ ޑީސީ ޔުނައިޓެޑް އެއްބަސްވުން ނިމުމަކަށް، ބާމިންގހަމް ސިޓީއާ ހަވާލުވަނީ
 
ޑީސީ ޔުނައިޓެޑާ ވަކިވާން ޖެހުނު ސަބަބަކީ ޕްލޭއޮފްގެ ޖާގަ ގެއްލުން

އެމެރިކާ ލީގުގެ ޑީސީ ޔުނައިޓެޑްގެ ކޯޗުކަމުން އިންގްލެންޑްގެ ކުރީގެ ކޯޗު ވޭން ރޫނީ ވަކިވެ, ޗެމްޕިއަންޝިޕްގެ ބާމިންގހަމް ސިޓީއާ ހަވާލުވާން ތައްޔާރުވެއްޖެއެވެ.

ސީޒަންގެ މެދުތެރެއިން ޑީސީ ޔުނައިޓެޑްގެ ކޯޗުކަން ރޫނީއަށް ގެއްލުނީ ނަތީޖާތައް ގޯސްވެ, ދެފަރާތުން ވާހަކަ ދައްކާ އެއްބަސްވެގެންނެވެ. ޑީސީ ޔުނައިޓެޑާ ވަކިވާން ޖެހުނު މައިގަނޑު ސަބަބަކީ މޭޖަރ ލީގު ސޮކަރގެ ޕްލޭއޮފްގެ ޖާގަ ގެއްލުމެވެ. ލީގުގައިވެސް ޑީސީ ޔުނައިޓެޑް އޮތީ ނުވަ ވަނައިގައެވެ. ރިޕޯރޓްތައް ބުނާގޮތުން ރޫނީއާއެކު އިނގިރޭސި ދެވަނަ ޑިވިޝަން ކަމަށްވާ ޗެމްޕިއަންޝިޕްގެ ބާމިންގހަމް ސިޓީގެ ކޯޗިންގ ޓީމާ އޭޝްލީ ކޯލްއާއި, ޖޯން އޯޝީވެސް ގުޅޭނެއެވެ. އެއީ ރޫނީއާއެކު އިނގިރޭސި ގައުމީ ޓީމަށް ކުޅުނު ދެ ކުޅުންތެރިންނެވެ.

37 އަހަރުގެ ރޫނީ އެންމެ ފުރަތަމަ ޑީސީ ޔުނައިޓެޑަށް ބަދަލުވީ ކުޅުންތެރިއެއްގެ ގޮތުގައެވެ. ކުޅުންތެރިއެއްގެ ގޮތުގައި ކްލަބްގެ ކޯޗިންގއާ ހަވާލުވުމުގެ އިތުރުން އެޓީމްގެ ކެޕްޓަންކަން ވެސް ކުރިއެވެ. މިދިޔަ ދޮޅު އަހަރު ހުރީ ހެޑް ކޯޗުގެ ގޮތުގައެވެ. ޑީސީ ޔުނައިޓެޑް ދޫކޮށްލަން ނިންމި ނިންމުމާ ގުޅޭގޮތުން ރޫނީ ބުނީ މިއީ އެކަމަށް އެންމެ ރަނގަޅު ވަގުތު ކަމަށާއި, ޕްލޭއޮފް ޖާގަ ހޯދައިދޭން އޭނާއަށް ކުރެވެންހުރި މަސައްކަތްތައް ކުރިކަމަށެވެ. އަދި ކްލަބް ދޫކޮށްލަން ނިންމި ނިންމުމަކީ ހަމައެކަނި ޕްލޭއޮފްއާ ގުޅުންހުރި ނިންމުމެއް ނޫންކަމަށްވެސް ރޫނީ ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް