ކ. މާލެ
|
11 އޮކްޓޯބަރ 2023 | ބުދަ 21:12
ދިވެހި ފުލުހުންތަކެއް
ދިވެހި ފުލުހުންތަކެއް
މަކަރާއި ހީލަތުން ފައިސާ ނެގުން
މަކަރާއި ހީލަތުން 56 މިލިއަނަށްވުރެ ގިނަ ރުފިޔާ ނަގާފައިވާކަމަށް ތުހުމަތުކުރެވޭ މީހެއްގެ ވަނަވަރު ފުލުހުން ހާމަކޮށްފި
 
މުދާ ގެނެސްދޭނެކަމަށް ބުނެ، ގިނަ ބައެއްގެ އަތުން ފައިސާ ނަަގާފައިވޭ
 
އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ނަންބަރު 9790048ށް ގުޅައި، ހިއްސާކުރުމަށް އެދިފައިވޭ

މަކަރާއި ހީލަތުން އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން 56 މިލިއަނަށްވުރެ ގިނަ ރުފިޔާ ނަގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާގުޅޭ މީހެއްގެ ވަނަވަރު، ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.

ފުލުހުން ބުނީ، ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައެއްގައި ހިމެނޭ، ށ. ފޭދޫ / ފުރެސްހާޓް، ހުސައިން އިޔާޒް އަހުމަދު ނަމަކަށް ކިޔާ މީހަކު، މުދާ ގެނެސްދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނަަގާފައިވާކަމަށެވެ.

އެހެންކަމުން، މަކަރާއި ހީލަތުން، އެއްވެސް މީހެއްގެ އަތުން އޭނާ ފައިސާ ނަގާފައިވާނަމަ އެ މައުލޫމާތު ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048ށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
40%
15%
8%
25%
6%
6%
ކޮމެންޓް