ކ. މާލެ
|
5 އޮކްޓޯބަރ 2023 | ބުރާސްފަތި 16:11
ވަރލްޑް ބޭންކް
ވަރލްޑް ބޭންކް
ގެޓީއިމޭޖަސް
ވަރލްޑް ބޭންކުގެ ރިޕޯޓް
ރާއްޖޭގެ މެދު ރާސްތާގެ އިގްތިސާދީ ތަސައްވަރު ރަނގަޅު: ވަރލްޑް ބޭންކް
 
ރާއްޖޭގެ އިގްތިސާދު މިއަހަރު 6.5 އިންސައްތަ ކުރިއަރާނެކަމަށް ލަފާކުރެވޭ

ރާއްޖޭގެ މެދު ރާސްތާގެ އިގްތިސާދީ ތަސައްވަރު ރަނގަޅު ކަމަށް، ވަރލްޑް ބޭންކުގެ ރިޕޯޓުން ބުނެފިއެވެ.

ވޯލްޑް ބޭންކުގެ ސައުތު އޭޝިއާގައި ނެރުނު، "ބެޓެން ޑައުން ދަ ހެޗަސް"ގެ ނަން ދީފައިވާ އެންމެ ފަހުގެ، މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް ރިޕޯޓުގައި ވާގޮތުން، ރާއްޖޭގެ އިގްތިސާދު މިއަހަރު 6.5 އިންސައްތަ ކުރިއަރާނެކަމަށް ލަފާކުރެވުނު ނަމަވެސް ހަރުދަނާ މާލީ ފިޔަވަޅުތައް އަވަހަށް އަޅަން ޖެހެއެވެ.

މި ރިޕޯޓުގައި ވާގޮތުން ރާއްޖޭގެ ރިއަލް ޖީޑީޕީ މިއަހަރު 6.5 އިންސައްތަ އަދި 2024ން 2025ށް އެވްރެޖްކޮށް 5.4އިންސައްތަ ކުރިއަރާނެ ކަމަށް ބެލެވުނު ނަމަވެސް، އަގުބޮޑުކޮށް ދަރަނި ނެގުން ކުރިއަށް ގެންދާނަމަ، މާލީ ގޮންޖެހުންތައް ބޮޑުވެ އޭގެ އަސަރު އިގްތިސާދަށް ކުރާނެއެވެ.

ރާއްޖޭގެ ޑެފިސިޓް ދަށްވާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، ރާއްޖޭގެ ޖުމްލަ ދަރަނި ޖީޑީޕީގެ ނިސްބަތުން 115 އިންސައްތައަށްވުރެ މަތީގައި ހުންނާނެ ކަމަށް ބެލެވެއެވެ. ސަރުކާރުން މި އަހަރުގެ ކުރީކޮޅު މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) ރޭޓް ބޮޑުކުރި ނަމަވެސް، 2023 ވަނަ އަހަރަށް ރާވާފައިވާ ސަބްސިޑީ އިސްލާހުތައް ލަފާކުރި ގޮތަށް ތަންފީޒުކުރެވެމުން ނުދާތީ، މިއަށްވުރެ ބޮޑު، އަދި އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭކަމަށް ވޯލްޑް ބޭންކުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ރާއްޖޭގެ އިގްތިސާދު ކުރިއަށް ގެންދިއުމަށް ހުރި ގޮންޖެހުންތަކުގެ ތެރޭގައި ދުނިޔޭގައި ތަކެތީގެ އަގު ބޮޑުވުމާއި، ކެޕިޓަލް ޚަރަދާއި ސަބްސިޑީއަށް ކުރާ ހޭދަ އިތުރުވުމާއި، ބަޖެޓް ޑެފިސިޓް ފޫބައްދަން މަރުކަޒީ ބޭންކުން ފައިސާ ދޭން ޖެހުމާއި، އިންފްލޭޝަން މަތިވުން ހިމެނޭކަމަށް މި ރިޕޯޓުގައިވެއެވެ. އަދި މިގޮންޖެހުންތަކުގެ ސަބަބުން މާލީ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށްޓަކައި، އަވަސް އަދި ހަރުދަނާ މާލީ ފިޔަވަޅުތަކެއް އެޅުމާއެކު، ޒިންމާދާރު ގޮތެއްގައި ދަރަނި ބެލެހެއްޓުން މުހިންމުކަމަށްވެސް މިރިޕޯޓުގައިވެއެވެ.

މާލީ ދެމެހެއްޓެނިވިކަން ކަށަވަރު ކުރުމަށްޓަކައި ރާއްޖެއިން އާމްދަނީ އިތުރުކުރުމާއެކު ޚަރަދުތައް ރަނގަޅަށް ބަލަހައްޓަން ޖެހޭކަމަށް ބުނެފައިވެއެވެ. ރިޕޯޓުގައި ފާހަގަކޮށްފައިވާ މުހިންމު އިސްލާހުތަކުގެ ތެރޭގައި އާސަންދަ ހެލްތު އިންޝުއަރެންސް ސްކީމް ފަދަ ޕްރޮގްރާމްތައް މުރާޖައާކޮށް، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް (ޚާއްސަކޮށް ތެލާއި ކާބޯތަކެއްޗަށް ދޭ ސަބްސިޑީތައް) ރަނގަޅަށް އެކަށައަޅައި، ބެލެހެއްޓި، އަދި ރަނގަޅަށް އިންތިޒާމްވެގެން، އުމްރާނީ ތަރައްގީގެ އިންވެސްޓްމަންޓްތައް ކުރުމަށް ވަރުގަދަ ޕަބްލިކް އިންވެސްޓްމަންޓް މެނޭޖްމަންޓް ނިޒާމެއް ގާއިމްކުރުން ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް