Advertisement
ކ. މާލެ
|
2 އޮކްޓޯބަރ 2023 | ހޯމަ 18:16
ފޭދޫ ދާއިރާގެ މެންބަރު، މުހައްމަދު ނިހާދަށް ހަމަލާދިނުމާ ގުޅިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި
ފޭދޫ ދާއިރާގެ މެންބަރު، މުހައްމަދު ނިހާދަށް ހަމަލާދިނުމާ ގުޅިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި
ރާއްޖެއެމްވީ
އެމްޑީޕީގެ މެމްބަރުންނާއި މުދަލަށް ގެއްލުންދިނުން
އިންތިޚާބަށްފަހު އެމްޑީޕީގެ މެމްބަރުންނަށާއި މުދަލަށް ގެއްލުންދިނުން އެ ޕާޓީން ކުށްވެރިކޮށްފި
ކާމިޔާބީ ފާހަގަކުރުމުގެތެރޭގައި މިފަދަ އަމަލުތައް ހިންގުމަކީ ޑިމޮކްރެޓިކް އުސޫލަތަކާ ބީރައްޓެހި ވަރަށް ނާތަހުޒީބު ދަށުދަރަޖައިގެ އަމަލުތަކެއް
މަޖިލިސް މެމްބަރުންނަށާއި ޕާޓީގެ އެކިއެކި އޮފީސްތަކަށް ގެއްލުންދިން ފަރާތްތައް ހޯދައި، އެކަންކަން ތަކުރާރުވިޔަނުދިނުމަށް ފުލުހުންނަށް އިލްތިމާސްކޮށްފައިވޭ

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި، އެމްޑީޕީގެ މަރަދޫ ދާއިރާގެ މެމްބަރާއި އިބްރާހީމް ޝަރީފާއި ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދަށް ބަޔަކު ބޮޑެތި އަނިޔާތަކެއް ދީ، އަދި އިންތިޚާބަށްފަހު ދ. ކުޑަހުވަދޫއާއި ގއ. ކޮލަމާފުށީގައި ހުންނަ އެމްޑީޕީގެ އޮފީސްތަކަށާއި ބައެއް ރަށްރަށުގައި ހުރި ކެމްޕެއިން ޕޯސްޓަރު ބިލްބޯޑު ފަދަ ތަކެއްޗަށް ގެއްލުން ދެމުންދާތީ، އެކަން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް (އެމްޑީޕީ)ގެ ފަރާތުން ކުށްވެރިކޮށްފިއެވެ.

އިންތިޚާބަށްފަހު އިދިކޮޅު ޕީޕީއެމް ޕީއެންސީއަށް ތާއީދުކުރާ ފަރާތްތަކުން ކާމިޔާބީ ފާހަގަކުރުމުގެތެރޭގައި މިފަދަ އަމަލުތައް ހިންގުމަކީ ޑިމޮކްރެޓިކް އުސޫލަތަކާ ބީރައްޓެހި، ވަރަށް ނާތަހުޒީބު އަމަލުތަކެއްކަމަށް އެމްޑީޕީން މިކަމާ ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

Advertisement

އެމްޑީޕީން ވަނީ، އެޕާޓީގެ މަޖިލިސް މެމްބަރުންނަށާއި ޕާޓީގެ އެކިއެކި އޮފީސްތަކަށް ގެއްލުން ދިން ފަރާތްތައް ހޯދައި، އެކަންކަން ތަކުރާރުވިޔަނުދިނުމަށް ފުލުހުންނަށް އިލްތިމާސްކޮށްފައެވެ.

ކެމްޕެއިން ތެރޭގައިވެސް އަދި އިންތިޚާބަށްފަހުވެސް، ޒިންމާދާރު ސިޔާސީ ޕާޓީއަކުން އަމަލުކުރަންވާނީ ސުލްހަވެރިކަމާއި ޑިމޮކްރެޓިކް ހަމަތަކުގެ ތެރެއިން އިންތިޚާބުން ނުކުންނަ ނަތީޖާއަށް އިހްތިރާމްކުރުމާއެކު، އެ ޕާޓީން ހިންގާ ހަރަކާތްތައް ހިންގުމަށް ކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް