ކ. މާލެ
|
2 އޮކްޓޯބަރ 2023 | ހޯމަ 05:40
ޔުނައިޓެޑާއި އާސެނަލް ބައްދަލުކުރި މެޗުގައި ލިސަންދްރޯ (6) އޮޑެގާޑާ ސަލާމް ކުރަނީ
ޔުނައިޓެޑާއި އާސެނަލް ބައްދަލުކުރި މެޗުގައި ލިސަންދްރޯ (6) އޮޑެގާޑާ ސަލާމް ކުރަނީ
ގޫގުލް
މެންޗެސްޓާ ޔުނައިޓެޑް
ލިސަންދްރޯގެ ފައިތިލަ އަނެއްކާ ވެސް އޮޕަރޭޝަން ކުރަނީ
ކޯޗު ބުނަނީ އަވަސް އަވަހަށް އިންޖަރީ ވަނީ މާގިނަ މެޗު ކުޅޭތީ ކަމަށް

މެންޗެސްޓާ ޔުނައިޓެޑްގެ އާޖެންޓީނާގެ ޑިފެންޑަރު ލިސަންދްރޯ މާޓިނޭޒްގެ ފައިތިލަ އަނެއްކާ ވެސް އޮޕަރޭޝަންކުރަން ޖެހިއްޖެ އެވެ.

އޭނާގެ ފައިތިލަ އަށް އަލުން ތަދުވީ މިދިޔަ ހޯމަ ދުވަހު ޕްރެމިއާ ލީގުގައި ކުޅެނިކޮށެވެ. މި އަނިޔާ އަކީ މިދިޔަ އޭޕްރީލް މަހު ފައިތިލައިގެ ކަށިގަނޑެއްގައި ރެނދުލައިގެން އެކަމަށް ފަރުވާކުރަން 11 ހަފުތާ ނުކުޅެ ހުރުމަށްފަހު އެނބުރި އައިތަނާ ލިބުނު އަނިޔާއެކެވެ. މެންޗެސްޓާ ޔުނައިޓެޑުން ބުނީ އަލުން ފައިތިލަ އަށް ލިބުނު އަނިޔާ ރަނގަޅުވާން ތިން ހަފުތާ ހޭދަވާނެ ކަމަށެވެ.

ލިސަންދްރޯ އަކީ މިދިޔަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑްކަޕުގައި މޮޅަށް ކުޅުނު ޑިފެންޑަރެކެވެ.

ޔުަނއިޓެޑްގެ ކޯޗު އެރިކް ޓެންހަގް ބުނީ ކުޅުންތެރިޔާ ލައްވައި ކުޅުވަން ފެށީ މެޑިކަލް ޓެސްޓްތަކުން މުޅިން ފިޓްކަމަށް ދެއްކުމުން ކަމަށެވެ. ނަމަވެސް ކުޅުންތެރިންނަށް އަވަސް އަވަހަށް އަނިޔާވަމުންދަނީ ގާތްގާތުގައި މެޗުތައް ކުޅެން ޖެހުމުން އޯވަލޯޑް ވެގެން ކަމަށެވެ.

"މިގޮތަށް އަބަދަލު ކުޅުންތެރިންނަށް ނުހިފެހެއްޓޭނެ. މާގާތްގާތުގައި ގިނަ މެޗުތަކެއް ކުޅެން ޖެހުން ނިމުމަކަކަށް ގެންނަންޖެހޭ. ގައުމީ ޓީމާއި ކުލަބު މެޗުތައް މި އޮންނަނީ ވެސް މާ ގާތުގައި. ބޮޑެތި މުބާރާތްތަކުގެ މެޗުތަކާއި ބައެއް ބޭކާރު މެޗުތައް ވެސް ކުޅުންތެރިން ލައްވައި ކުޅުވުމަކީ މައްސަލައެއް،"
ކޯޗު ބުންޏެވެ.
- ކޮމެންޓް