ކ. މާލެ
|
1 އޮކްޓޯބަރ 2023 | އާދީއްތަ 12:47
ވައިގެ ދިފާއީ ނިޒާމުތަކުން ވަނީ 30 ޑްރޯންގެ ތެރެއިން 16 ޑްރޯނެއް ވައްޓާލާފައި
ވައިގެ ދިފާއީ ނިޒާމުތަކުން ވަނީ 30 ޑްރޯންގެ ތެރެއިން 16 ޑްރޯނެއް ވައްޓާލާފައި
ރޮއިޓާސް
ރަޝިއާ ޔޫކްރެއިން ހަނގުރާމަ
ޔޫކްރެއިނުން ރަޝިއާގެ 16 ޑްރޯނެއް ވައްޓާލައިފި
ޑްރޯން ޙަމަލާތަކަކީ ޔޫކްރެއިނުގެ ދެކުނާއި، ދެކުނު އިރުމައްޗާއި، އުތުރުގެ ހިސާބުތަކަށް އަމާޒުކޮށް ފޮނުވާލި ޙަމަލާތަކެއް
ދެކުނުގެ ބައެއް ސަރަޙައްދުތަކަށް ހަމަލާތައް އަމާޒުވެފައިވޭ
ރަޝިއާއިން ޔޫކްރެއިނުގެ ސަރަޙައްދުތަކަށް އަމާޒުކޮށް ފޮނުވާލި 30 ޑްރޯންގެ ތެރެއިން 16 ޑްރޯނެއް ވައްޓާލާފައިވޭ

ޔޫކްރެއިނުން ރަޝިއާގެ 16 ޑްރޯނެއް ވައްޓާލާފައިވާކަމަށް އެ ޤައުމުގެ ވައިގެ ދިފާއީ ބާރުތަކުން ބުނެފިއެވެ.

ޔޫކްރެއިނުގެ ވައިގެ ދިފާއީ ބާރާއި ޙަވާލާދީ ރޮއިޓަރސްގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ޤައުމުގެ ވައިގެ ދިފާއީ ނިޒާމުތަކުން ވަނީ ރަޝިއާއިން ޔޫކްރެއިނުގެ ސަރަޙައްދުތަކަށް އަމާޒުކޮށް ފޮނުވާލި 30 ޑްރޯންގެ ތެރެއިން 16 ޑްރޯނެއް ވައްޓާލާފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން އެ ޑްރޯން ޙަމަލާތަކަކީ ޔޫކްރެއިނުގެ ދެކުނާއި، ދެކުނު އިރުމައްޗާއި، އުތުރުގެ ހިސާބުތަކަށް އަމާޒުކޮށް ފޮނުވާލި ޙަމަލާތަކެކެވެ.

ރޮއިޓަރސްގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި ރަޝިއާގެ ޑްރޯން ޙަމަލާ އަމާޒުވި އެއް ސަރަޙައްދަކީ ޔޫކްރެއިނުގެ ޗަރކަސީ ސަރަޙައްދެވެ.

އޭގެ އިތުރުންވެސް ދެކުނުގެ ބައެއް ސަރަޙައްދުތަކަށް ހަމަލާތައް އަމާޒުވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް