ކ. މާލެ
|
30 ސެޕްޓެންބަރ 2023 | ހޮނިހިރު 23:00
ރިޔާސީ ބަހުސްގައި ރައީސް ޞާލިޙު، ޑރ މުއިއްޒުއާ ސަލާމް ކުރައްވަނީ
ރިޔާސީ ބަހުސްގައި ރައީސް ޞާލިޙު، ޑރ މުއިއްޒުއާ ސަލާމް ކުރައްވަނީ
އެމްޑީޕީ
ރިޔާސީ އިންތިޚާބު 2023
ރައީސް، މުއިއްޒުއަށް މަރުހަބާ ވިދާޅުވެއްޖެ
 
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި މުއިއްޒަށް 128,000 އަށްވުރެ ގިނަ ވޯޓު ލިބިވަޑައިގެންނެވި
 
އެމަނިކުފާނަށް ވޯޓުދެއްވި ހުރިހާ ރައްޔިތުންނަށް ރައީސް ޝުކުރު އަދާ ކުރެއްވި
 
ރައީސް ވަނީ އިންތިޚާބުގައި ރައްޔިތުން ދެއްކި ޑިމޮކްރެޓިކް ރީތި ނަމޫނާއަށް ޝުކުރުއަދާ ކުރައްވާފަ

ރިޔާސީ އިންތިޚާބު 2023 ކާމިޔާބު ކުރެއްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުޙައްމަދު މުއިއްޒުއަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހު ހޮނިހިރު ދުވަހުގެ ރޭ ކުރެއްވި ޓްވީޓުގައި ވަނީ އިންތިޚާބުގައި ރައްޔިތުން ދެއްކި ޑިމޮކްރެޓިކް ރީތި ނަމޫނާއަށް ޝުކުރުއަދާ ކުރައްވާފައެވެ. އަދި އެކުގައި މަސައްކަތް ކުރި އެމްޑީޕީއާއި އަދާލަތު ޕާޓީގެ މެމްބަރުންނާއި އެމަނިކުފާނަށް ވޯޓުދެއްވި ހުރިހާ ރައްޔިތުންނަށް ރައީސް ޝުކުރު އަދާ ކުރެއްވިއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި މުއިއްޒަށް 128,000 އަށްވުރެ ގިނަ ވޯޓު ލިބިވަޑައިގެންނެވިއެވެ. އަދި ރައީސް ޞާލިހަށް 110,000 އަށްވުރެ ގިނަ ވޯޓް ލިބިވަޑައިގެންނެވިއެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި 282،804 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބުނުއިރު 86 އިންސައްތައަށް ވުރެ ގިނަ މީހުން ވޯޓުލި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
54%
15%
8%
0%
8%
15%
ކޮމެންޓް