ކ. މާލެ
|
29 ސެޕްޓެންބަރ 2023 | ހުކުރު 16:10
ލ. ގަން ލިންކް ރޯޑް
ލ. ގަން ލިންކް ރޯޑް
އެޑިޝަން.އެމްވީ
މުންޑޫ/ކަޅައިދޫން ގަމަށް ބަދަލުވި އާއިލާތައް
މުންޑޫ/ކަޅައިދޫން ގަމަށް ބަދަލުވި އާއިލާތަކަށް 50،000ރ ގެ އިނާޔަތެއް ދޭން ރައީސް ނިންމަވައިފި
އަންނަ މަހު 5ން ފެށިގެން އަންނަ މަހު 21 ގެ ނިޔަލަށް ކައުންސިލަށް ސިޓީ ހުށަހެޅޭނެ

ސުނާމީ ކާރިސާއަށް ފަހު ލ. މުންޑޫ އާއި ކަޅައިދޫން އެ އަތޮޅު ގަމަށް ބަދަލުވި އާއިލާތަކަށް 50،000  ރުފިޔާގެ އިނާޔަތެއް ދޭން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ނިންމަވައިފިއެވެ.

ގަމު ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ އެކި ސަބަބުތަކާ ހެދި ސަރުކާރުން އެއް ރަށުން އަނެއް ރަށަށް ބަދަލުކުރާ މީހުންނަށް ދެމުން އަންނަ ފައިސާގެ އެހީ، 2004 ސުނާމީ ކާރިސާއާ ގުޅިގެން މުންޑޫ އަދި ކަޅައިދޫން ގަމަށް ބަދަލުވި އާއިލާތަކަށް ހަމަޖެހިފައިނުވާ ކަމުގެ ޝަކުވާ އެ އާއިލާތަކުން ސަރުކާރަށް ހުށަހެޅި ކަމަށެވެ.

އެ ޝަކުވާތަކަށް ހައްލެއް ގެނެސްދިނުމުގެ ގޮތުން، ގަމަށް ބަދަލުވި ކޮންމެ ގެއަކަށް 50،000 ރުފިޔާގެ އިނާޔަތެއް ދިނުމަށް ރައީސް ނިންމަވާފައިވާ ކަމަށް އެ އިއުލާނުގައިވެއެވެ. އެ އިއުލާނުގައި ބުނީ އެ އިނާޔަތް ބޭނުންވާ އާއިލާތަކުން ކައުންސިލަށް ސިޓީއަކުން އެކަން ހުށަހަޅަން މިހާރު ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އިނާޔަތަށް އެދި ހުށަހަޅާނީ އެ ގެއެއްގެ (މުންޑޫ/ކަޅައިދޫގައި ހުރި ގޭގެ) ވެރިމީހާ ކަމަށާއި ވެރިމީހާ ދުނިޔޭގައި ނެތް ނަމަ ނުވަތަ އެކަމަށް ނުކުޅެދިއްޖެ ނަމަ، ވާރިސުންގެ ތެރެއިން ކޮންމެވެސް އެކަކު ކަމަށް ކައުންސިލުން ބުނެފައިވެއެވެ.

ފުރުސަތު ހުޅުވާލާނީ އަންނަ މަހު 5ން ފެށިގެން އަންނަ މަހު 21 ގެ ނިޔަލަށެވެ. ސުނާމީގައި ބޮޑެތި ގެއްލުންތަކެއް ލިބުނު އަދި ކުޑަ އާބާދީއެއް އޮތް މުންޑޫ އާއި ކަޅައިދޫގައި ދިރިއުޅުނު މީހުން 2015 ވަނަ އަހަރު ސަރުކާރުން ވަނީ ގަމަށް ބަދަލުކޮށްފައެވެ.

- ކޮމެންޓް