Advertisement
ކ. މާލެ
|
29 ސެޕްޓެންބަރ 2023 | ހުކުރު 07:31
އުމަރު ނަސީރުގެ ރަނިންގމޭޓް އަހުމަދު ސަލީމް (މާޒް ސަލީމު)
އުމަރު ނަސީރުގެ ރަނިންގމޭޓް އަހުމަދު ސަލީމް (މާޒް ސަލީމު)
އެމްޑީޕީ
އެމްޑީޕީ ކަންމަތީ ޖަލްސާ
"އިންޑިޔާ އައުޓް" ސްލޯގަން އިދިކޮޅުން ޚިޔާރުކުރީ މުޒާހަރާތަކުގައި މީހުން މަދުވުމުން ޖޯޝް އިތުރުކުރުމަށް: މާޒް ސަލީމް
ރާއްޖެ އޮތީ އަމާންކޮށް ކަމަށް ސިފައިންގެ އިސް އޮފިސަރުން ވިދާޅުވާކަމަށް ސަލީމް ވިދާޅުވި

"އިންޑިޔާ އައުޓް" ސްލޯގަން އިދިކޮޅު ޕީޕީއެމް/ޕީއެންސީން ޚިޔާރުކުރީ އޭރުގައި މުޒާހަރާތަކަށް ދާ މީހުންގެ އަދަދު މަދުވުމުގެ ސަބަބުން ޖޯޝް އިތުރުކުރުމަށްކަމަށް ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި އުމަރު ނަސީރުގެ ރަނިންގމޭޓް އަހުމަދު ސަލީމް (މާޒް ސަލީމު) ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ބުރާސްފަތި ދުވަހުގެ ރޭ ސޯސަން މަގު ޖަގަހަ ކުރިމަތީގައި ކުރިޔަށްގެންދިޔަ ކަންމަތީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މާޒް ސަލީމު ވިދާޅުވީ އެ ސްލޯގަން ބޭނުންކުރަން ފެށީ މީހުންގެ މެދުގައި ގައުމީ ޖޯޝް އިތުރުކުރަން ކަމަށާއި އެ ސްލޯގަންގައި ވަރަށް ގިނަ މީހުން ޖެހުނުކަމަށެވެ.

Advertisement

ސަލީމް ވިދާޅުވީ އިދިކޮޅުން އޭރު ސްލޯގަން ބޭނުންކުރަން ފެށުމުންވެސް އެއީ ސަރުކާރަށް ޕްރެޝަރ ކުރަން ކުރާކަމެއްކަމަށް ވަރަށް ގިނަ މީހުން ގާތު ބުނިކަމަށެވެ.

މި ސްލޯގަން އިދިކޮޅުން ޚިޔާރުކުރީ ކީއްވެގެންތޯ އަޅުގަނޑުމެން ބަލާލަން ހިނގާ. މިސްލޯގަން އިދިކޮޅުން ޚިޔާރުކުރަން ޖެހުނު ސަބަބަކީ އިދިކޮޅުން އޭރުގައި މުޒާހަރާތައް ކުރަމުންދާއިރުގައި މީހުން މަދުވާތީވެ މީހުން ނާންނާތީވެ ވިއްސަކަށް ތިރީހަކަށް މީހުން އަންނާތީވެ ގައުމީ ޖޯޝުގައި މީހުން ނުކުންނަ ކަހަލަ ސްލޯގަނެއް ހޯދަންވެގެން އަބްދުﷲ ޝާހިދު ވިދާޅުވާހެން ފިތުނައިގެ ސްލޯގަން ނެރުނީ. އެސްލޯގަނުގައި ވަރަށް ގިނަ މީހުން ޖެހުނު. އަޅުގަނޑުމެން އެމީހުން ހިފަހައްޓަންވެސް ހިފެހެއްޓިން ނުހަދާށޭ ކިޔާފައި. ތިއީ މިކަމުގައި ކުރާކަމެކޭ. ފޮޓޯއަށް ކުރާކަމެކޭ. ސަރުކާރަށް ޕްރެޝަރ ކުރަން ކުރާކަމެކޭ. ހުދު އަޅުގަނޑު ވަރަށް ގިނަ މީހުން ކައިރީގައި އެވާހަކަ ދެންނެވިން. ކަން ހިނގީވެސް އެހެން. އެތައް ބަޔަކު އޭގައި ޖެހުނު.
އަހުމަދު ސަލީމް (މާޒް ސަލީމު)

ސަލީމް ވިދާޅުވީ އަމަން ބަލަހައްޓާ ފަރާތްތަކުން އެވާހަކަތައް ދޮގުކުރާކަމަށެވެ.

އަޅުގަނޑުމެންގެ އަމަން ބަލަހައްޓާ ފަރާތުން މިއަދު ނުކުމެ އެތަނުގެ ކޮމާންޑަރުން ނުކުމެ ވީޑިއޯ މެސެޖް އެބަދޭ ދިވެހި ރާއްޖެ އޮތީ އަމާންކޮށޭ. ދިވެހިރާއްޖޭގައި އެބުނާ ބަޔަކު ނެތޭ. އެހެން ބުނީމާ އަޅުގަނޑުމެން އެބަޖެހޭ އެކަން ގަބޫލުކުރަން. އެއީ ރާއްޖޭގެ އަމަން ބަލަހައްޓަން ތިބި މީހުން. އެއީކީ މާޒް ސަލީމް ބުނާ ވާހަކައެއް ނޫން. ނުވަތަ އަބްދުﷲ ޝާހިދު ވިދާޅުވާ ވާހަކައެއް ނޫން.
އަހުމަދު ސަލީމް (މާޒް ސަލީމު)

މާޒް ސަލީމު ވިދާޅުވީ ޕީޕީއެމް ސަރުކާރުގެ އަނިޔާވެރިކަން އިއާދަވާން ބޭނުންނުވާނަމަ ރައީސް ޞާލިހަށް ވޯޓު ލާންޖެހޭކަމަށެވެ. އެހެން ނޫންކަމަށްވާނަމަ އަނެއްކާވެސް އަނިޔާވެރިކަން އިއާދަވެދާނެކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް