ކ. މާލެ
|
29 ސެޕްޓެންބަރ 2023 | ހުކުރު 05:32
އައްޑޫ ސިޓީ
އައްޑޫ ސިޓީ
ސަން
އައްޑޫގައި މީހަކު ފޭރިގަތުން
އައްޑޫގައި ދުވަސްވީ މީހަކު ބަނދެ ފައިސާ ފޭރިގަތް މައްސަލައިގައި 50 އަހަރުގެ މީހަކު ހައްޔަރުކޮށްފި
 
މިމައްސަލައިގައި އަނިޔާ ލިބިފައިވަނީ އުމުރުން 81 އަހަރުގެ ދިވެހި ފިރިހެނަކަށް

އައްޑޫ ސިޓީ މަރަދޫގައި އުމުރުން ދުވަސްވީ މީހަކު ދިރިއުޅޭ ގެއަކަށް މީހަކު ވަދެ، އެމީހާ ބަނުމަށްފަހު ފޭރިގެންފައިވާ މައްސަލައިގައި 50 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މިމައްސަލައިގައި އަނިޔާ ލިބުނު މީހާ، ޓީޝާޓެއް ބޭނުންކޮށްގެން ބަނދެފައިވަނިކޮށް ސަލާމަތްވާން މަސައްކަތްކުރުމުގެ ތެރޭގައި އެމީހާގެ ހުންނަ ހަމުގެ ބައްޔެއްގެ ސަބަބުން އަތުގެ މުލައްދަނޑިއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަމަށެވެ. އަނިޔާވެފައިވަނީ އުމުރުން 81 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

މިމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 6:12 ހާއިރުއެވެ. މިމައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
100%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މޫސުން ގޯސް: ކޮންސްޓްރަކްޝަން ސައިޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
ހުޅުމާލޭގައި ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް ނެތް
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް ޖަހަައިފި
ބަނޑޭރިކޮށީގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން: ފުލުހުން
ބުޅަލަކަށް އަނިޔާކޮށް، އުސްފާރެއްގެ މަތިން ހޫރާލި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި