ކ. މާލެ
|
25 ސެޕްޓެންބަރ 2023 | ހޯމަ 18:52
އްޒާގެ އާދާކާދަ އޮންނަ ގޮތުން، ކުޅިވަރުގެ މައިދާނުގައި ނަގާ ކިޔަމުން ދަނީ ފިރިހެނުން
އްޒާގެ އާދާކާދަ އޮންނަ ގޮތުން، ކުޅިވަރުގެ މައިދާނުގައި ނަގާ ކިޔަމުން ދަނީ ފިރިހެނުން
ރޮއިޓާސް
ބޭސްބޯލް5 އެތުލީޓު ލަމާ
ކުޅިވަރަކީ އަންހެން ކުދިންނަށް އޮތް ކަމެއް ނޫން ކަމަށް ބުނަމުން ދާ ބަޔަކަށް ގޮންޖެހުމުގައި ލަމާ ދެމި ހުރީ ސާބިތުކަމާއެކު!
 
މިދިޔަ 12 އަހަރެއްހާ ދުވަހުގެ ތެރޭގައި ޣައްޒާގައި ބޭއްވި ކުޅިވަރުގެ އެކިއެކި މުބާރާތްތަކުން ލަމާ ވަނީ އެތައް މެޑަލްއެއް ހޯދާފައި
 
ފަލަސްޠީނުގެ ބޭސްބޯލް5 ޓީމުގެ ކެޕްޓަން ޢަމާޒު ހިފާފައި ހުރީ، އޭނާގެ މެޑަލް ހަރުގަނޑަށް، ބައިނަލްއަޤުވާމީ ސިއްކަ ޖެހި މެޑަލްތައްވެސް އިތުރު ކުރުމަށް

ފަލަސްޠީނުގެ ޣައްޒާއަށް އުފަން، ޢުމުރުން 21 އަހަރުގެ ލަމާ އަލް-މަޞްރީ ދެކެމުން ދަނީ ހަމަ އެންމެ ހުވަފެނެކެވެ. ބޭސްބޯލްގެ ރޮނގުން މަޝްހޫރު ކުޅުންތެރިއަކަށްވެ، ބައިނަލްއަޤުވާމީ ފެންވަރުގައި ވާދަ ކުރުމަކީ، އެ ޒުވާން އެތުލީޓު ދެކެމުންދާ ހަމަ އެކަނި ހުވަފެނެވެ.

މިދިޔަ 12 އަހަރެއްހާ ދުވަހުގެ ތެރޭގައި ޣައްޒާގައި ބޭއްވި ކުޅިވަރުގެ އެކިއެކި މުބާރާތްތަކުން ލަމާ ވަނީ އެތައް މެޑަލްއެއް ހޯދާފައެވެ. ފަލަސްޠީނުގެ ބޭސްބޯލް5 ޓީމުގެ ކެޕްޓަން ޢަމާޒު ހިފާފައި ހުރީ، އޭނާގެ މެޑަލް ހަރުގަނޑަށް، ބައިނަލްއަޤުވާމީ ސިއްކަ ޖެހި މެޑަލްތައްވެސް އިތުރު ކުރުމަށެވެ.

ވަރަށް ކުޑަދުވަހުން ފެށިގެންވެސް އަހަންނަކީ ކުޅިވަރަށް ގަޔާވާ ކުއްޖެއް. ކުޅިވަރަށް ލޯބިކުރާ ކުއްޖެއް. ހުރިހާ ކަހަލަ ކުޅިވަރެއްވެސް ކުޅެން. ފުޓުބޯޅަ، ބޭސްބޯލް5، ޓޭބަލްޓެނިސްވެސް. ވަރަށް ކުޑަ ދުވަހުން ފަށައިގެންވެސް އަހަންނަކީ ޓީމު ކެޕްޓަން. އަހަރެންގެ ހުވަފެނަކީ، ޣައްޒާގެ އަންހެން ޓީމު ގޮވައިގެން ބައިނަލްއަޤުވާމީ ކުޅިވަރު މުބާރާތްތަކާ ހިސާބަށް ގޮސް، އެ މުބާރާތްތަކުގަ ވާދަކުރުން.
ލަމާ އަލް-މަޞްރީ؛ ބޭސްބޯލް5 އެތުލީޓެއް

ޣައްޒާގެ އާދާކާދަ އޮންނަ ގޮތުން، ކުޅިވަރުގެ މައިދާނުގައި ނަގާ ކިޔަމުން ދަނީ ފިރިހެނުންނެވެ. އަންހެން އެތުލީޓުންނަށް ތަފާތު އެކި ކަހަލަ ހުރަސްތަކާއި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހެއެވެ. ތަމްރީނުތައް ކުރިއަށް ގެންދާނެ ތަންތަން ނުލިބުމާއި، ވަޞީލަތްތަކުގެ މަދު ކަމާއި، ފަންޑުގެ ދަތިކަމަކީ ޣައްޒާގެ އަންހެން އެތުލީޓުންނަށް ކުރިމަތިލާން ޖެހޭ ބައެއް ގޮންޖެހުންތަކެވެ. ކަން އެހެން އޮތް ނަމަވެސް، ފުޓުބޯޅަ، ބާސްކެޓްބޯޅަ، ބޭސްބޯލް އަދި ބޮކްސިންގްގައި ބައިވެރިވާ އަންހެނުންގެ ޢަދަދު ދަނީ އިތުރު ވަމުން ކަމަށް ޕަލަސްޓީނިއަން ފެޑަރޭޝަން އޮފް ބޭސްބޯލް އެންޑް ސޮފްޓްބޯލްގެ ރެކޯޑްތަކުން ދައްކައެވެ.

އަހަރެން ބޮޑުވަމުން އައި މުޖުތަމަޢާއި އަހަރެންގެ ވަށައިގެން އުޅުނު މީހުން އާންމުކޮށް ބުނަމުން ދިޔައީ އަހަންނަކަށް ކުޅިވަރެއް ނުކުޅެވޭނެއެވޭ. ކުޅިވަރު ކުޅުމަކީ އަންހެން ކުދިންނަށް އޮތް ކަމެއް ނޫނޭ. އެކަމަކު، ނަޞީބަކުން، އަހަރެންގެ ޢާއިލާ، މަންމައާއި ބައްޕަވެސް، ނުވިތާކަށް ކާފައަކީވެސް ކުޅިވަރާ ހިސާބަށް އަންނައިރު އަހަންނަށް ވަރަށް ހިތްވަރު ދޭ ބައެއް. އެކަމަށްޓަކައި ޝުކުރުވެރިވަން. މުބާރަތްތަކުގަ ވާދަކުރާއިރު އެމީހުން އަންނާނެ ތަރުޚީބުދޭންވެސް.
ލަމާ އަލް-މަޞްރީ؛ ބޭސްބޯލް5 އެތުލީޓެއް

ޣައްޒާއަށް އެންމެ ފުރަތަމަ ބޭސްބޯލް ތަޢާރަފު ވެގެން ދިޔައީ 2017 ވަނަ އަހަރުގެ ތެރޭގައެވެ. އެކަމުގައި އިސްކޮށް ހުރީ ޣައްޒާއަށް ނިސްބަތްވާ ކޯޗެކެވެ. އޭނާ ވަނީ ޣައްޒާގެ ފުރަތަމަ އަންހެން ޓީމުވެސް އެކުލަވާލާފައެވެ. ޣައްޒާގެ އަންހެން ޓީމުން ބޭސްބޯލް5 ކުޅެން ފެށީ ދާދިފަހުންނެވެ. ބޭސްބޯލް5 އަކީ އެތައް ޒަމާނެއް ވަންދެން ޣައްޒާގެ މަގުތަކުގައި ކުޅެމުން ދިޔަ ކުޅިވަރެއްގެ ޒަމާނީ ވާޜަންއެއް ކަމަށް ލަމާ ސިފަ ކުރިއެވެ.

މީ ފަލަސްޠީނުގަ ކުޅޭތާ އެތައް ޒަމާނެއް ވީ ކުޅިވަރެއް. ޓީމެއްގެ ގޮތުގައި ކުޅެން އިންތިހާއަށް މަޖުބޫރު ކުރާ ކުޅިވަރެއް. ވަކިވަކި ކުޅުންތެރިންގެ ގޮތުގައި އެންމެ ފިޔަވަޅެއް އަޅާނެ ފުރުޞަތުވެސް ނޯންނާނެ. މުޅި ޓީމު ކުޅެން ޖެހޭނީ އެއް ޔުނިޓެއްގެ ގޮތުގަ. މި ކުޅިވަރަކީ ވަރަށް ބޮޑަށް ވިސްނުން ބޭނުން ކުރަންޖެހޭ ކުޅިވަރެއް. މީ ހަމައެކަނި ބޯޅަތަކެއް އުކުމެއް ނޫން… ރޭވުންތަކަކާއި އިސްތިރާޖުތަކެއް ހުންނާނެ.
ލަމާ އަލް-މަޞްރީ؛ ބޭސްބޯލް5 އެތުލީޓެއް

ބޭސްބޯލް5 ނުވަތަ ބީ5 އަކީ ޒަމާނުއްސުރެ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުޅެމުން އަންނަ ބޭސްބޯލްއާއި ސޮފްޓްބޯލް ގޭމްތަކުގެ އަޕްޑޭޓްއެކޭވެސް ބުނެވިދާނެއެވެ. 5 އިނިންގްސް ކުޅޭ ބީ5 މެޗެއްގައި ކުޅޭ ކޮންމެ ޓީމެއްގައި ހިމެނޭނީވެސް 5 ކުޅުންތެރިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް