Advertisement
ކ. މާލެ
|
24 ސެޕްޓެންބަރ 2023 | އާދީއްތަ 18:15
ބަންޑާރަ ގޯތި ދޫކުރާ ސަރަހައްދުގެ ޗާޓު
ބަންޑާރަ ގޯތި ދޫކުރާ ސަރަހައްދުގެ ޗާޓު
ބިންވެރިޔާ އަދި ގެދޮރުވެރިޔާގެ 2 ވަނަ ފިޔަވަހި
ބިންވެރިޔާ އަދި ގެދޮރުވެރިޔާގެ 2 ވަނަ ފިޔަވަހި - ބަންޑާރަ ގޯތި ދޫކުރާ ސަރަހައްދުގެ ޗާޓެއް އާންމުކޮށްފި
މި ޗާޓުގައި ވާގޮތުން، ގޯތި ދިނުމަށް ހަމަޖެހިފައިވަނީ 215 ހެކްޓަރުގެ ބިމުން
މި ސްކީމުގެ ދަށުން ގޯތި ދޫކުރަން ކަނޑައަޅާފައިވާ ބިމުގެ ޖުމުލަ ބޮޑުމިނަކީ 5,525,000 އަކަފޫޓް
ގެދޮރުވެރިޔާ ޕްރޮގްރާމުގެ 2 ވަނަ ފިޔަވަހި ވަނީ އިއުލާންކޮށްފައި

ބިންވެރިޔާ އަދި ގެދޮރުވެރިޔާގެ 2 ވަނަ ފިޔަވަހިން ބަންޑާރަ ގޯތި ދޫކުރާ ސަރަހައްދުގެ ޗާޓެއް ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އާންމުކުރައްވައިފިއެވެ.

މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށްޓަކައި ސަރުކާރުން އެކުލަވާލާފައިވާ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، ބިންވެރިޔާ އަދި ގެދޮރުވެރިޔާ ޕްރޮގްރާމުގެ 2 ވަނަ ފިޔަވަހިން ގޯއްޗާއި ފްލެޓް އުތުރުތިލަފަޅުން ދޫކުރުމަށް ހަމަޖެހިފައިވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެގޮތުން "ގެދޮރުވެރިން" މި ނަމުގައި ކުރިޔަށްގެންދާ ޕްރޮގްރާމުގެ ތެރެއިން ހިންގާ "ބިންވެރިޔާ" ސްކީމުގެ ދެވަނަ ފިޔަވަހިން ބަންޑާރަގޯތި ދޫކުރުމާއި، އަދި "ގެދޮރުވެރިޔާ" ސްކީމުން ދެވަނަ ފިޔަވަހިން ފުލެޓު ދޫކުރުމަށް ނިންމެވި ނިންމެވުމާ ގުޅިގެން, ބިން ދޫކުރުމަށް ހަމަޖެހިފައިވާ ގިރާވަރު އުތުރު ފަޅު ނުވަތަ އުތުރު ތިލަފަޅުގެ ޗާޓެއް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވަނީ ސޯޝަލް މީޑިއާގައި ހިއްސާކުރައްވާފައެވެ.

Advertisement

މި ޗާޓުގައި ވާގޮތުން، ގޯތި ދިނުމަށް ހަމަޖެހިފައިވަނީ 215 ހެކްޓަރުގެ ބިމުންނެވެ. އަދި މި ޕްރޮގްރާމް އިއުލާންކޮށް، ގެޒެޓްގައިވާ އިއުލާނުގައިވާ ގޮތުން މި ސްކީމުގެ ދަށުން ގޯތި ދޫކުރަން ކަނޑައަޅާފައިވާ ބިމުގެ ޖުމުލަ ބޮޑުމިނަކީ 5,525,000 އަކަފޫޓެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް