ކ. މާލެ
|
24 ސެޕްޓެންބަރ 2023 | އާދީއްތަ 05:42
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ
އެމްޑީޕީ
ރިޔާސީ އިންތިހާބު
ޕީޕީއެމްގެ ވެރިކަމުގެ ކަޅު ދުވަސްތައް ކިޔައިދެއްވާ އިމްރާން ވިދާޅުވީ ވޯޓުލާންވީ ނުރައްކަލާއި ބިރުވެރިކަމާއި ނާމާންކަމުން ގައުމު ސަލާމަތްކުރުމަށް ކަމަށް
 
ބޮޑެތި ކުށްކުރާ ޖަމާއަތްތަކުގެ މައްޗަށް ވެރިކަން ދޫކޮށްލައިފިނަމަ ގައުމުގެ މަގުތައް ލެއިން ތަތްތެޅިގެންދާނެ

2013ން 2018ށް އޮތް އިދިކޮޅު ޕީޕީއެމްގެ ވެރިކަމުގެ ކަޅު ދުވަސްތައް ހަނދާންކޮށްދެއްވާ ވޯޓުލާންވީ ނުރައްކަލާއި ބިރުވެރިކަމާއި ނާމާންކަމުން ގައުމު ސަލާމަތްކުރުމަށް ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ އިންތިހާބު ކާމިޔާބުކުރެވުމުން އުފާވެރި އަމާން ރާއްޖެއަށް ދެވޭނެ ކަމަށެވެ. ނަމަވެސް އިންތިހާބުގައި ވޯޓުލާންވީ އުފާވެރި އަމާންރާއްޖެ އަކަށް ނޫން ކަމަށާއި، ވޯޓުލާންވީ ނުރައްކަލާއި ބިރުވެރިކަމާއި ނާމާންކަމުން ގައުމު ސަލާމަތްކުރުމަށް ކަމަށެވެ.

އަޅުގަނޑުމެންނަށް އަދިވެސް ބައެއް ފަހަރު ފަރުވާކުޑަކޮށްލެވިގެން ތިބެވިދާނެ. ބައްލަވާ ކަންތައްތައް ދިޔަ ހިސާބު. މިއަދުވެސް އަޅުގަނޑުމެންނަށް އެބަފެނޭ އެ މަންޒަރު. އިންތިހާބުގެ ކަންތައްތައް ދިޔަގޮތުން ފަހަރެއްގައި ގާސިމް އިބްރާހިމަށް ދައުވަތު ލިބުނު އެ ބޭފުޅުންނާއެކު ކުރިއަށްދާން. އަޅުގަނޑަށް އެނގުނު ގޮތުން ފާރިސްއާއި ރައީސް މައުމޫނަށް ވެސް ދައުވަތު ދެވުނު. އެކަމަކު ކީއްވެތޯ މިއިން އެއްވެސް ބޭފުޅަކަށް އެދިމާލަށް ޖެހިލަން ކެރިވަޑައިނުގަތީ. އެ ހުރިހާ ބޭފުޅުންނަށް ޔަގީންވޭ މި ގައުމު އެއްކޮށް ބިރުވެރިކަމާއި ނާމާންކަމުގެ ތެރެއަށް ވައްޓާލާނެކަން.
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ

މިނިސްޓަރ ވިދާޅުވީ ގައުމުގައި ތިއްބެވި ހުރިހާ މަސްވެރިން، ހުރިހާ ވިޔަފާރިވެރިންނާއި، މަސައްކަތްތެރިންނާ ސިޔާސީ ފިކުރެއް ކިރިޔާވެސް ގެންގުޅޭ ބޭފުޅެއްނަމަ މިއަދު ކޯލިޝަނާއި ބައިވެރިވަޑައިގަތުމަށެވެ.

މިނިސްޓަރ ވިދާޅުވީ ބޮޑެތި ކުށްކުރާ ޖަމާއަތްތަކުގެ މައްޗަށް ވެރިކަން ދޫކޮށްލައިފިނަމަ ގައުމުގެ މަގުތައް ލެއިން ތަތްތެޅިގެންދާނެ ކަމަށެވެ. ގެއްލޭނީ ކާކު ކޮން ގަޑިއަކު ކަމެއް ނޭނގޭނެ ކަމަށާއި، އެ ހާލަތަށް ގައުމުދާން ފަރުވާކުޑަކޮށްލާފައި އަރާމުގައި ނިދަން އެއްވެސް ބޭފުޅަކު އޮވެއްޖެނަމަ އެކަމާއި ކަރުނައަޅާ ރޮއި ހިތާމަކުރާނެ 5 އަހަރު ބައްދަލުކުރާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިއީ ބިރުވެރި ވާހަކަތަކެއް ކަމަށާއި، އެންމެން އެކީގައި ނުކުމެ 30 ވަނަ ދުވަހު ވޯޓު ދެއްވުމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
50%
50%
0%
ކޮމެންޓް