ކ. މާލެ
|
22 ސެޕްޓެންބަރ 2023 | ހުކުރު 13:01
ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ ކުރީގެ މެންބަރު އިލްހާމް އަހުމަދު
ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ ކުރީގެ މެންބަރު އިލްހާމް އަހުމަދު
އެމްޑީޕީ
ޕީޕީއެމް
2018ގެ ޓޭޕް ރިވައިންޑް ކުރުމުން މާރީއްޗެއް ނޫން، ޕީޕީއެމްއާ ގުޅިފައި އޮތީ ވަރަށް ހަޑި މާޒީއެއް: އިލްހާމް
 
ފޮޓޯއެއް ކުރަހާލިޔަސް ފެންނަނީ މީހުން ޖަލުގެ ކުޑަގޮޅީގައި ތިބޭ މަންޒަރު

2018 ވަނަ އަހަރުގެ ޓޭޕް ރިވައިންޑް ކުރުމުން މާރީތި ނޫން ކަމަށާއި ޕީޕީއެމްއާ ގުޅިފައި އޮތީ ވަރަށް ހަޑި މާޒީއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ ކުރީގެ މެންބަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ހުވަދޫ ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިލްހާމް ވިދާޅުވީ 2018 ވަނަ އަހަރު އަނިޔާ ލިބުނު އާއިލާތަކުގެ ތެރޭގައި އެބޭފުޅާގެ އާއިލާ ހިމެނޭނެ ކަމަށާއި މި ސަރުކާރު ގެނައުމަށްޓަކައި އެބޭފުޅާގެ އާއިލާއިން ޤުރުބާންވި ކަމަށެވެ.

މިހާރު ވެސް ބަލާލުމުން ހިތި މާޒީގައި ލިބުނު އަނިޔާތައް ފެނިވަޑައިގަންނަވާ ކަމަށާއި ފޮޓޯއެއް ކުރަހާލިޔަސް ފެންނަނީ މީހުން ޖަލުގެ ކުޑަގޮޅީގައި ތިބޭ މަންޒަރު ކަމަށް އިލްހާމް ވިދާޅުވިއެވެ.

އިލްހާމް އިތުރަށް ވިދާޅުވީ ރައީސް ސާލިހުއާއެކު މަޖިލީހުގައި 10 ވަރަކަށް އަހަރު މަސައްކަތް ކުރައްވަން ފުރުސަތު ލިބިވަޑައިގެންނެވި ކަމަށާއި މަޖިލީސް އެންމެ ހޫނުވިއިރު ވެސް ރައީސް ސާލިހުގެ މަޑުމައިތިރިކަން ފެނިވަޑައިގަތް ކަމަށެވެ. އަދި އެމަނިކުފާނަކީ ވަރަށް ކެތްތެރި، ހިކުމަތްތެރި ބޭފުޅެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ޓީމު އޮތީ ގަދަކޮށް ކަމަށާއި އަނިޔާ ތަހައްމަލު ކުރަމުންދިޔަ އެއްވެސް އާއިލާއަކުން ޕީޕީއެމަށް ވޯޓް ނުދޭނެ ކަމަށް ވެސް އިލްހާމް ވިދާޅުވިއެވެ.

އިލްހާމް އިތުރަށް ވިދާޅުވި މުއިއްޒު ވެރިކަމަށް ގެނެސްފިނަމަ ފެނިގެންދާނީ ވަރަށް ނިކަމެތި ވެރިކަމެއް ކަމަށާއި ރައްޔިތުން ތިބޭނީ ނިކަމެތިކަން މަތީގައި ކަމަށެވެ.

ޕީޕީއެމަށް ވެރިކަން ލިބިއްޖެނަމަ ފުލުހުންގެ ދައުރަކަށްވާނީ މީހުން ހިފާ ހައްޔަރުކުރުން އަދި ރޭގަނޑު ދަންވަރު ކޯޓުން އަމުރު ނެރުން ކަމަށް ވެސް އިލްހާމް ވިދާޅުވިއެވެ. އަދި ކޯޓުގެ މުވައްޒަފުންނާއި ފަނޑިޔާރުންގެ މަސައްކަތަކަށް ވެސް އޭރު ވާނީ ހޭލާ ތިބިގެން ފަހަރަކު އަމުރެއް ނެރުން ކަމަށް އިލްހާމް ވިދާޅުވިއެވެ.

އިލްހާމް ވިދާޅުވީ ޕީޕީއެމްގެ ވެރިކަމެއް ރާއްޖޭގައި އަލުން ޤާއިމުވެއްޖެނަމަ ރާއްޖެ އޮންނާނީ ހަލަބޮލިކަމެއްގެ ތެރޭގައި ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ފާޑުކިޔުންތަކުން އަޑުކަނޑުވައެއް ނުލެވޭނެ: މާރިޔާ
ސަރުކާރުން ދަނީ ގަސްތުގައި މައުލޫމާތު ހިފަހައްޓައި، ސިއްރުކޮށް، މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅަމުން: އެމްޑީޕީ
އިންތިޚާބުތަކުން އެމްޑީޕީ ބަލިވި ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ކުރުމަށްފަހު މަގުޗާޓެއް އެކުލަވާލަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު
ޑިމޮކްރެޓްސް އާއި އެމްޑީޕީއިން ގުޅިގެން މަޖިލިސް އިންތިޚާބަށް ނުކުތް ނަމަ ފުދޭވަރެއްގެ ގިނަ ގޮނޑިތައް ކާމިޔާބުކުރެވުނީސް: މެންބަރު އާޒިމް
މަޖިލިސް ތެރެއިންނާއި ބޭރުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އެމްޑީޕީ ދެމިއޮންނާނެ: ޑީޑީ
ސުޕަރ މެޖޯރިޓީ ހޯދީ ވޯޓުގަނެގެންނާއި ދައުލަތުގެ ފައިސާއާއި މުދާ ނަހަމަގޮތުގައި ބޭނުންކޮށްގެން، ދެން ސަރުކާރު ޒިންމާދާރުކުރާނީ ކިހިނެއް؟