ކ. މާލެ
|
22 ސެޕްޓެންބަރ 2023 | ހުކުރު 07:32
ގދ. ހޯނޑެއްދޫ އޮޅަމައްތާ އިކޯ ޕާކު
ގދ. ހޯނޑެއްދޫ އޮޅަމައްތާ އިކޯ ޕާކު
ބީއެމްއެލް
ބީއެމްއެލް ކޮމިއުނިޓީ ފަންޑު
ގދ. ހޯނޑެއްދޫ އޮޅަމައްތާ އިކޯ ޕާކުގެ ދެވަނަ ފިޔަވަހި ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީގައި ތަރައްޤީކޮށްފި
 
ޕާކުގައި ހަޓެއް ބަހައްޓައި، ކުޅީގައި ހެދޭ ގަސްގަހާގެއްސަށް ނާސަރީ އެއް ގާއިމްކޮށްފައިވޭ

ގދ. ހޯނޑެއްދޫ ސްޕޯޓްސް އިން ތަރައްޤީ ކުރި އޮޅަމައްތާ އިކޯ ޕާކު އާންމުންނަށް ހުޅުވާލާއިފިއެވެ.

އެގޮތުން ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ކޮންމެ އަހަރަކު އެ ސަރަހައްދަށް ދިމާވަމުންދާ އުދަ އެރުމުގެ ސަބަބަން ކުރިމަތިވާ މައްސަލަތައް މި ޕްރޮޖެކްޓްގެ އަޕްގްރޭޑް އަދި އެކްސްޓެންޝަން މަސައްކަތްތަކުގެ ދަށުން ވަނީ ފުރިހަމަކޮށް ނިންމާލާފައެވެ.

މި ޕްރޮޖެކްޓްގެ ދަށުން އަތިރިމަތީގައި ގަސް އިންދާ، މި ޕާކުގެ ވޯކްވޭ ސާފުކޮށް، 5 ބެންޗު އަދި ސޯލާ ލައިޓް ހަރުކޮށް، ހަޓެއް ބަހައްޓައި، ކުޅީގައި ހެދޭ ގަސްގަހާގެއްސަށް ނާސަރީ އެއް ވަނީ ގާއިމްކޮށްފައެވެ.

މި ޕްރޮޖެކްޓާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ހޯނޑެއްދޫ ސްޕޯޓްގެ ފަރާތުން މަހްދޫން އާދަމް ވިދާޅުވީ މި ޕްރޮޖެކްޓްގެ ސަބަބުން އާއިލީ ގުޅުން ބަދަހި ކުރުމަށް ޚާއްސަ ސަރަހައްދެއް ޤާއިމްވެ، އިކޯ ޓުއަރިޒަމްގެ ފުރުސަތުތައް ފުޅާވެ، އާންމުންގެ މެދުގައި ތިމާވެއްޓާ ގުޅުންހުރި ކަންކަމުގައި ހޭލުންތެރިކަން އިރުތުވެގެންދާނެ ކަމަށެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ.

މިހާތަނަށް އެ ބޭންކުގެ ކޮމިއުނިޓީ ފަންޑުގެ ދަށުން 90 ޕްރޮޖެކްޓު ހިންގުމަށް ފައިސާގެ އެހީ ފޯރުކޮށްދެވިފައިވާ ކަމަށް ބީއެމްއެލްއިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
50%
0%
50%
0%
0%
ކޮމެންޓް