ކ. މާލެ
|
5 ޖުލައި 2023 | ބުދަ 12:00
މިލަންދޫގައި ގާއިމުކުރި ރީޑިންގ ޕާކުގައި އެ ރަށު ސްކޫލް ދަރިވަރުންތަކެއް ފޮތް ކިޔަނީ
މިލަންދޫގައި ގާއިމުކުރި ރީޑިންގ ޕާކުގައި އެ ރަށު ސްކޫލް ދަރިވަރުންތަކެއް ފޮތް ކިޔަނީ
ބީއެމްއެލް
ބީއެމްއެލް ކޮމިއުނިޓީ ފަންޑު
ބީއެމްއެލްގެ އެހީގައި މިލަންދޫ ސްކޫލުގައި އައުޓްޑޯ ރީޑިންގ ޕާކެއް
 
ކޮމިއުނިޓީ ފަންޑުން ކޮންމެ ފިޔަވައްސެއްގައި 10 ޕްރޮޖެކްޓަށް އެހީވޭ
 
މިއީ މިލަންދޫ ސްޕޯޓްސް ކްލަބުން ހެދި ޕާކެއް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކޮމިއުނިޓީ ފަންޑުގެ ދަށުން ށ. މިލަންދޫ ސްކޫލުގައި ފޮތް ކިއުމަށް ހާއްސަކޮށް އައުޓްޑޯ ރީޑިންގ ޕާކެއް ގާއިމްކޮށްފިއެވެ.

މި ޕާކު ތަރައްގީކޮށްފައިވަނީ މިލަންދޫގައި ހަރަކާތްތެރިވާ ޖަމިއްޔާއެއްކަމަށްވާ މިލަންދޫ ސްޕޯޓްސް ކްލަބުންނެވެ. މި ޕާކު ތަރައްގީކޮށްފައިވަނީ މިލަންދޫ ސްކޫލުގެ 75 ވަނަ އަހަރީ ދުވަހާ ގުޅުވައިގެންނެވެ.

މި ޕްރޮޖެކްޓް ގެ މަގްސަދަކީ ދަރިވަރުންނާއި ރަށުގެ ރައްޔިތުން ފޮތް ކިއުމުގެ ޝައުގުވެރިކަން އުފެއްދުމާއި ފަސޭހަކަމާއެކު ފޮތް ކިޔޭނެ މާހައުލެއް ގާއިމްކުރުން ކަމަށް ބީއެމްއެލުން ބުނެފައިވެއެވެ.

ކޮމިއުނީ ފަންޑުގެ ދަށުން މި ޕްރޮޕޯސަލް ކާމިޔާބު ކުރި މިލަންދޫ ސްޕޯޓްސް ކްލަބް ގެ ނައިބު ރައީސް އަހުމަދު ސަމީހު ބީއެމްއެލް އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ އެ ޖަމިއްޔާގެ އުންމީދަކީ މި ޕްރޮޖެކްޓްގެ ސަބަބުން ދަރިވަރުންނަށް ފޮތް ކިއުމަށް އެކަށީގެންވާ ރަނގަޅު މާހައުލެއް ގާއިމްކުރެވި ފޮތް ކިއުމުގެ މުހިންމުކަން ދަސްވާނެ ކަމަށެވެ. އަދި  މި ޕްރޮޖެކްޓް ނިންމުމަށް ބީއެމްއެލް އާއި އެ ރަށުގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިން ކަމަށް އޭނާ ވިދާޅުވިއެވެ.

ބީއެމްއެލް އިން ހިންގާ ކޮމިއުނިޓީ ފަންޑުގެ ދަށުން މިއަހަރުގެ ފުރަތަމަ ފިޔަވަހީގައި ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު 10 ޕްރޮޖެކްޓް ވަނީ ދާދި ފަހުން ހޮވާފައެވެ. މި ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލާފައިވާ ފަންޑެކެވެ. މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 90 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ވަނީ ފޯރުކޮށްދީފައެވެ.

ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޖެކްޓުގެ ތެރެއިން ހޮވޭ ކޮންމެ ޕްރޮޖެކްޓަކަށް 50،000 ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދޭނެއެވެ. މި ޕްރޮޖެކްޓްތައް ހޮވުމުގައި ބަލާ ކަންކަމުގެ ތެރޭގައި ތަޢުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
50%
50%
0%
0%
0%
ކޮމެންޓް