ކ. މާލެ
|
3 އޯގަސްޓް 2023 | ބުރާސްފަތި 12:27
ކޮމިއުނިޓީ ފަންޑުގެ އެހީގައި ތަރައްގީ ކޮށްފައިވާ ކުޑަ ކުދިންގެ ޕާކެއް
ކޮމިއުނިޓީ ފަންޑުގެ އެހީގައި ތަރައްގީ ކޮށްފައިވާ ކުޑަ ކުދިންގެ ޕާކެއް
ރާއްޖެ އެމްވީ ބީއެމްއެލް
ކޮމިއުނިޓީ ފަންޑު
ކޮމިއުނިޓީ ފަންޑަށް ހުށަހެޅުމުގެ ފުރުސަތު 10 އޯގަސްޓަށް ހަމަވާނެ: ބީއެމްއެލް
 
ކޮމިއުނިޓީ ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު ލިބިގެން ދަނީ ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާތަކަށް
 
10 ޕްރޮޖެކްޓެއް ހިންގުމަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެ

ބީއެމްއެލް ކޮމިއުނިޓީ ފަންޑަށް ހުށަހެޅުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހުގެރޭ ހަމަވާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.

ބީއެމްއެލުން ބުނީ މިއަހަރުގެ ދެވަނަ ފިޔަވަހީގައި ބީއެމްއެލް ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު 10 އޮގަސްޓް 2023 ދުވަހުގެ ރޭ 11:59 އަށް ހަމަވާނެ ކަމަށެވެ.

ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް އާއި އެޕްލިކޭޝަން ފޯމުގެ އިތުރުން ގުޅޭ ލިޔެކިޔުންތައް ހުޅަހެޅޭނީ އީމެއިލް މެދުވެރިކޮށެވެ. އީމެއިލް ފޮނުވާނީ [email protected] އަށެވެ.

ބީއެމްއެލުން ބުނީ ކޮމިއުނިޓީ ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު ލިބިގެން ދަނީ ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާތަކަށް ކަމަށެވެ. އަދި ތިމާވެށްޓާ ގުޅުންހުރި ޕްރޮޖެކްޓް ތަކަށާއި، ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން މުޖުތަމައުގެ ލާބަޔާއި މަންފާއަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓްތަކުގެ ތެރެއިން ހޮވޭ ކޮންމެ ޕްރޮޕޯސަލްއެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50،000 ރުފިޔާއާ ހަމަޔަށް އެހީ ދިނުމަށް ކަނޑައަޅާފައިވާ ކަމަށް ބީއެމްއެލުން ބުނެއެވެ.

މި ފިޔަވަހީގައި ޖުމްލަ 10 ޕްރޮޖެކްޓެއް ހިންގުމަށް މާލީ އެހީތެރިކަން ފޯރުކޮށްދެވިގެންދާނެ ކަމަށް ބީއެމްއެލުން ބުނެއެވެ.

ކޮމިއުނިޓީ ފަންޑާ ގުޅޭ އިތުރު މައުލޫމާތު ބޭންކުގެ ވެބްސައިޓް www.bankofmaldives.com.mv/community-fund އިން ލިބޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް