Advertisement
ކ. މާލެ
|
21 ސެޕްޓެންބަރ 2023 | ބުރާސްފަތި 23:33
ހުވަދޫ ޖަގަހައިގައި ބޭއްވި ކެމްޕޭން ޖަލްސާގައި އިލްހާމް، ރައީސާއި ފޯމް ހަވާލުކުރައްވަނީ
ހުވަދޫ ޖަގަހައިގައި ބޭއްވި ކެމްޕޭން ޖަލްސާގައި އިލްހާމް، ރައީސާއި ފޯމް ހަވާލުކުރައްވަނީ
އެމްޑީޕީ
އިލްހާމް އެމްޑީޕީއަށް
އިލްހާމް އެމްޑީޕީއަށް ސޮއިކުރައްވައިފި
ރައީސަށް ތާއިރު ކުރައްވަން ނިންމެވީ ގައުމު މިއަދު މި އޮތް ހާލަތަށް ބަލައި، އަނިޔާވެރިކަމާއި ބަދަލުހިފުމުގެ ރޫހު މާޒީން ފެނިފައިވާތީ

ރައްޔިތުންގެ މަޖިލީހުގެ ދަނގަތި ދާއިރާގެ ކުރީގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ސްޕެޝަލް އެންވޯއީއެއްގެ ގޮތުގައި މަސައްކަތްކުރެއްވި އިލްހާމް އަހުމަދު އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.

އިލްހާމް އެމްޑީޕީއަށް ސޮއިކުރެއްވީ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ހުވަދޫ ޖަގަހަ ޖަލްސާގައެވެ. އެ ޖަލްސާގައި އެމްޑީޕީއަށް ސޮއިކުރައްވައި، އިލްހާމް ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާ ފޯމު ހަވާލުކުރައްވާފައެވެ.

Advertisement

އިލްހާމް އެމްޑީޕީއަށް ސޮއިކުރައްވާފައިވާއިރު އޭނާ ވަނީ އެމްޑީޕީއަށް ސޮއިކުރެއްވުމުގެ ކުރިން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް ސާލިހަށް ތާއީދުކުރައްވާކަން ހާމަކުރައްވާފައެވެ.

އިލްހާމް ބުރާސްފަތި ދުވަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސަށް ތާއީދުކުރައްވަން ނިންމެވީ ގައުމު މިއަދު މި އޮތް ހާލަތަށް ބަލައި، އަނިޔާވެރިކަމާއި ބަދަލުހިފުމުގެ ރޫހު މާޒީން ފެނިފައިވާތީ އާއި ބަދަލުހިފުމުގެ ގޮތުން ކަންކަން ކުރާނެ ކަމަށް މިހާރުވެސް ބުނަމުންދާތީ، އެފަދަ ބަޔަކު ވެރިކަމަށް އައިސްފިނަމަ ނުކުންނާނެ ނަތީޖާއާމެދު ވިސްނަވައި، ސިޔާސީ ބޭފުޅުންނާއި އެހެނިހެން ފަރާތްތަކާ މަޝްވަރާކުރެއްވުމަށްފަހު ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް