Advertisement
ކ. މާލެ
|
20 ސެޕްޓެންބަރ 2023 | ބުދަ 17:25
ބިލެތްދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ހަލީމު (ދޮންބިލެތް)
ބިލެތްދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ހަލީމު (ދޮންބިލެތް)
އެމްޑީޕީ
ޕާޓީ ތެރޭގައި އޮތް ޚިޔާލު ތަފާތުވުންތައް
މިހާރު ޕާޓީ ތެރޭގައި އޮތް ޚިޔާލު ތަފާތުވުންތަކުގެ ފައިދާ ނަގަނީ އިދިކޮޅު މީހުން، ގުއިރޯނުގައި ނުޖެހޭތި: ދޮންބިލެތް
ވަކިވެގެންދިޔަ މީހުން އަލުން އަނބުރާ އެމްޑީޕީއަށް އައުމަށް އެދެން
ގުއިރޯނުގައި ނުޖެހޭތި
ހީލަތްތެރި ރޭވުމެއްގެ ތެރެއިން ޕާޓީ ރޫޅާލުމަށް ބަޔަކު މީހުން މަސައްކަތްކުރޭ

މިހާރު އެމްޑީޕީ ތެރޭގައި އޮތް ޚިޔާލު ތަފާތުވުންތަކުގެ ފައިދާ ނަގަނީ އިދިކޮޅުގެ މީހުން މެދުވެރިކޮށް ކަމަށާއި، ޚިޔާލު ތަފާތުވި މީހުން މުއިއްޒަށް ވޯޓްލައިގެން މި ސަރުކާރު ބަދަލު ކުރުމަށް މަސައްކަތް ކުރުމަކީ އެއީ ގުއި ރޯނުގައި ޖެހުން ކަމަށް، ބިލެތްދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ހަލީމު (ދޮންބިލެތް) ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހުގެ ރޭ ގަލޮޅު ކަންމަތީގައި ކުރިޔަށްގެންދިޔަ ކަންމަތީ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ހަލީމް ވިދާޅުވީ އެއީ ބުއްދިވެރިކަމެއް ނޫންކަމަށާއި، އެކަން އެގޮތަށް ނުކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ހީލަތްތެރި ރޭވުމެއްގެ ތެރެއިން ޕާޓީ ރޫޅާލުމަށް ބަޔަކު މީހުން މަސައްކަތްކުރަމުން ދާކަމަށް ހަލީމް ތުހުމަތު ކުރެއްވިއެވެ. ހަލީމް ވިދާޅުވީ އެ ހީލަތްތެރި ރޭވުމުގެ ގުއިރޯނުގައި އެމްޑީޕީން ނުޖެހޭނެ ކަމަށެވެ.

Advertisement

އެމްޑީޕީގެ އެކި މަސައްކަތްތަކުގައި ހަލީމުއާއެކު އުޅުއްވި ވަރަށް ގާތް އެކުވެރި ބައެއް މީހުން ދުރަށް ޖެހިފައިވާކަމަށާއި އެ ރައްޓެހިންނަށް މެސެޖެއް ދޭން ބޭނުންވާކަމަށް ހަލީމު ވިދާޅުވިއެވެ.

އަޅުގަނޑު ވިދާޅުވާނީ ގުއި ރޯނުގަ ނުޖެހޭށޭ. ގުއި ރޯނަކީ ވަރަށް ބޮޑަށް ދިވެހިންގެ ތެރޭގައި ވަރަށް މަޝްހޫރު ވާހަކައެއް، ގުއި ރޯނުގަ ޖެހުމުން ވާ ގޮތް ތިބޭފުޅުންނަށް އެނގޭނެ. ލޯ މެރުމަށްފަހު މީގެ ފަސް އަހަރު ފަހަތަށް ވަޑައިގަންނަވާ، 2018 ވަނަ އަހަރު ބާއްވަން އުޅުނު ރިޔާސީ އިންތިޚާބުގަ އަޅުގަނޑުމެން އެންމެންހެން އިއްތިފާގުވި އަޅުގަނޑުމެންގެ ކެންޑިޑޭޓަކީ ރައީސް ނަޝީދު ކަމަށް. އަޅުގަނޑުމެން އުވަގަށާ މެޝިނަށާ ތެލިތައްޓަށް ވޯޓްލައިގެން ރިޔާސީ ކެންޑިޑޭޓް ހޮވީ ޕްރައިމަރީއަކުން. އެހެންނަމަވެސް ރައީސް ޔާމީނާ ޑރ. މުއިއްޒުގެ ސަރުކާރުގަ އެމަނިކުފާނު (ރައީސް ނަޝީދު) އެލުވައިގެން ގެންގޮސް ކޯޓަށް ވައްދާ، ހުކުމްކުރީ. އެއީ ވަރަށް އަސަރުކުރި ދުވަހެއް. އެދުވަހު މަޖުބޫރުވި އެ ޓިކެޓް އެހެން ފަރާތަކަށް ހަވާލުކުރަން.
އަހުމަދު ހަލީމު

ހަލީމު ވިދާޅުވީ އެ ދުވަހަކީ ބިރުވެރި ދުވަހެއް ކަމަށާއި، އޭރު މާގިނަ ކެންޑިޑޭޓުން ކުއްލިއަކަށް ނިކުމެ ރައީސްކަން ކުރަން ތައްޔާރަށްވެސް ނެތް ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ކެންޑިޑޭޓެއްގެ ގޮތުގައި އެމްޑީޕީން ނެރުމަށް ވަރަށް ގިނަ މަޝްވަރާތައް ކުރެއްވިކަމަށާއި، އެމަނިކުފާނު އެއްބަސްވެވަޑައިގަތީ ވަރަށް ވަރުން ކަމަށް ވެސް ވިދާޅުވިއެވެ.

އެމްޑީޕީގެ އެތެރޭގައި އުފެދުނު ޚިޔާލު ތަފާތުވުންތަކާއެކު ވަކިވެގެންދިޔަ މީހުން އަލުން އަނބުރައި އެމްޑީޕީއަށް އައުމަށް ހަލީމް ވަނީ އެދިވަޑައިގެންފައެވެ. އަދި ގުއިރޯނުގައި ނުޖެހުމަށް އެދިވަޑައިގެންނެވިއެވެ. މެމްބަރު ހަލީމް ވިދާޅުވީ، ރައީސް ސާލިހު ވިދާޅުވި ގޮތަށް، ތާއީދު ލިބެމުންދާ މަންޒަރު މިހާރު ފެންނަމުންދާކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް