ކ. މާލެ
|
14 ސެޕްޓެންބަރ 2023 | ބުރާސްފަތި 07:26
މިދިޔަ އަހަރުގެ ފައިނަލް މެޗަށް އެޑަމްއާއި ކުޑަކާއްޓޭ ތައްޔާރުވަނީ
މިދިޔަ އަހަރުގެ ފައިނަލް މެޗަށް އެޑަމްއާއި ކުޑަކާއްޓޭ ތައްޔާރުވަނީ
ކާވާ ބީޗު ވޮލީ ޓުއާ
ފުރަތަމަ ދެ މެޗުން ކުޑަކާއްޓޭ އާއި އެޑަމް މޮޅުވެއްޖެ
ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ކުޑަކާއްޓޭ އާއި އެޑަމް ނުކުންނާނީ ބުރާސްފަތި ދުވަހުގެ ހެނދުނު އިންޑިއާއާ ދެކޮޅަށް

ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ބީޗު ވޮލީ ބޯޅަ ޓުއާގައި ރާއްޖޭގެ އިސްމާއީލް ސާޖިދު (ކުޑަކާއްޓޭ) އާއި އާދަމް ނަސީމް (އެޑަމް) ކުޅުނު ދެ މެޗުން ވެސް މޮޅުވެއްޖެ އެވެ.

ބަންގްލަދޭޝްގައި ކުރިއަށްދާ މި މުބާރާތުގެ ފުރަތަމަ މެޗުގައި ކުޑަކާއްޓޭ އާއި އެޑަމް ނުކުތީ ބޫޓާންގެ ޕެއާއާ ދެކޮޅަށެވެ. އެއީ ބޫޓާންގެ ސޯނަމް އަދި ރާމްގެ ޕެއާ އެވެ. މި މެޗު ކުޑަކާއްޓޭ އާއި އެޑަމް ވަނީ ފަސޭހަކަމާއެކު ސީދާ ދެ ސެޓުން ކާމިޔާބުކޮށްފަ އެވެ. މެޗުގެ ސެޓުތައް ކުޑަކާއްޓޭ އާއި އެޑަމް ހޯދީ، 21-05 އަދި 21-08 އިންނެވެ. ދެ ވަނަ މެޗުގައި ކުޑަކާއްޓޭ އާއި އެޑަމް ނުކުތީ ބަންގްލަދޭޝްގެ މަންސޫރު އަދި ޝާޖަހާން ޕެއާއާ އެވެ. މި މެޗު ވެސް ކުޑަކާއްޓޭ އާއި އެޑަމް ކާމިޔާބު ކުރީ ސީދާ ދެ ސެޓުންނެވެ. އެއީ ފުރަތަމަ ސެޓު 21-13 އަދި ދެ ވަނަ ސެޓު 21-19 އިންނެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ކުޑަކާއްޓޭ އާއި އެޑަމް ނުކުންނާނީ ބުރާސްފަތި ދުވަހުގެ ހެނދުނު އިންޑިއާއާ ދެކޮޅަށެވެ. ކުޑަކާއްޓޭ އާއި އެޑަމްގެ ޕެއާ އަކީ މިދިޔަ އަހަރުގެ މުބާރާތް ކާމިޔާބު ކުރި ޕެއާ އެވެ. އެ ޕެއާ އިން މުބާރާތް ކާމިޔާބު ކުރީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ.

- ކޮމެންޓް